މިދިޔަ އަހަރުގެ ބޮޑު އީދު ބަންދާ ދިމާކޮށް މީގެ ކުރިން ބަޔަކު މާލެއިން ބޭރަށް ފުރަނީ. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)
އީދުގައި މޫސުން ރަނގަޅުވާނެ: މެޓް
ކުރިއަށް އޮތް ފިތުރު އީދު ބަންދުގައި ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް މޫސުން އާންމު ގޮތެއްގައި ރަނގަޅުވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ އިން މިއަދު ބުނެފި އެވެ.
ވީ ކިހިނެއް؟ - ކަލަންޑަރުން ދައްކާ ގޮތުން، ފިތުރު އީދު ދިމާވަނީ އަންނަ ހުކުރު ދުވަހާ އެވެ. އީދާ ދިމާކޮށް ގިނަ ބަޔަކު އެކި ސަރަހައްދުތަކަށް ޗުއްޓީއަށް ފުރާއިރު، މެޓުން މިއަދުު ބުނީ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވެސް އާންމު ގޮތެއްގައި މޫސުން ރަނގަޅުވާނެ ކަމަށެވެ.
ތަފްސީލު - އީދު ބަންދުގައި މޫސުން ލަފާކުރެވެނީ، މެޓުން ބުނި ގޮތުގައި:
-
މެދު ރާއްޖެތެރެ އާއި ދެކުނަށް ކެރީގެ އަސަރު ކުރާނެ
-
އުތުރަށް މޫސުން ރަނގަޅު ވާނެ
-
ހުރިހާ ސަރަހައްދެއްގެ ކަނޑުތައް ވެސް އާންމު ގޮތެއްގައި މަޑުވާނެ
-
ވައި ވެސް މަޑުވާނެ