ސްޓެލްކޯގެ ޑިސްޓްރިބިއުޝަން ކޭބަލަކަށް ދިމާވި މައްސަލައެއް ހައްލުކުރުމުގެ މަސައްކަތް ކުރަނީ. (ފޮޓޯ/ސްޓެލްކޯ

ސްޓެލްކޯ

އަމީނީ މަގުގެ މަސައްކަތް ކުރާއިރު ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ

ހިދުމަތް މެދުކެނޑޭ ސަރަހައްދުތަކަށް އަލުން ހިދުމަތް ދިނުމަށް ކުރަން ޖެހޭ މަސައްކަތްތައް ވަގުތުން ވަގުތަށް ކުރަމުން އަންނަ ކަމަށް ސްޓެލްކޯ އިން ބުނޭ

އަމީނީ މަގު ހެދުމުގެ ކުރުމުގެ މަސައްކަތް ކުރަމުންދާއިރު އެ ސަރަހައްދުން ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯ އިން މިއަދު ބުނެފި އެވެ.

ވީ ކިހިނެއް؟ - އަމީނީ މަގު ޒަމާނީ ފެންވަރަކަށް ހެދުމުގެ މަސައްކަތް ކުރަމުން އަންނައިއިރު، އެ މަސައްކަތް ހިނގާ ސަރަހައްދުތަކުގައި އަޅާފައިވާ ކަރަންޓު ކޭބަލްތަކަށް ގެއްލުން ލިބި، ކަރަންޓު ކެނޑޭ މައްސަލަ ދޭތެރެ ދޭތެރެއިން ދިމާވެ އެވެ.

ތަފްސީލު - އެކަމާ ގުޅޭ ގޮތުން ސްޓެލްކޯ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އަމީނީ މަގު ހެދުމުގެ މަސައްކަތް ކުރަމުން އަންނައިރު ދިމާވާ އެކި ކަންކަމާ ގުޅިގެން އެ މަސައްކަތް ހިނގަމުން އަންނަ ސަރަހައްދުތަކުން ކަރަންޓުގެ ހިދުމަތް ކެނޑޭކަން ފާހަގަވާ ކަމަށެވެ.

ސްޓެލްކޯ އިން ބުނީ:

  • ހިދުމަތް މެދުކެނޑޭ ސަރަހައްދުތަކަށް އަލުން ހިދުމަތް ދިނުމަށް ކުރަން ޖެހޭ މަސައްކަތްތައް ވަގުތުން ވަގުތަށް ކުރަމުން އަންނަ ކަމަށް

  • ހިދުމަތް މެދުކެނޑޭ ވަގުތު ދިމާވާ އުނދަގޫތަކަށް މައާފަށް އެދޭ ކަމަށް

  • އެފަދަ ކަންތައްތައް ދިމާވިޔަނުދިނުމަށް ކުރަން ޖެހޭ ހުރިހާ މަސައްކަތް ކުރާނެ ކަމަށް

ފާހަގަކޮށްލެވޭ ކަމެއް - އަމީނީ މަގު ތަރައްގީ ކުރަނީ މާލޭ ސްޓްރީޓް ސްކޭޕިން މަޝްރޫއުގެ ދަށުން އާރްޑީސީއާ ހަވާލުކޮށްގެންނެވެ. އެގޮތުން،

  • މަސައްކަތް ހަވާލުކުރީ 84.4 މިލިއަން ރުފިޔާއަށް

  • 210 ދުވަހުގެ ތެރޭގައި ނިންމަން ޕްލޭނިން މިނިސްޓްރީން އާރުޑީސީއާ މިދިޔަ ޖުލައި 3ގައި ހަވާލުކުރި މަސައްކަތް ލަސްވެ، މިހާރު ދީފައިވާ ތާރީހަކީ އަންނަ ސެޕްޓެމްބަރު

  • މިހާރު ކުރިއަށް ދަނީ ފަސް ވަނަ ސެގްމެންޓުގެ މަސައްކަތް؛ އެއީ އަމީނީ މަގު ކޮއިމަލާ ހިނގުމާ ހިސާބުން ގާކޮށި ފްލެޓާއި ހަމައަށް

  • އަމީނީ މަގު ދަރުބާރުގެ ކައިރިން ފެށިގެން ސްޓެލްކޯއާ ހަމައަށް ތާރު އަޅައި މަގުގެ އެބައި ވަނީ ވަގުތީ ގޮތުން ހުޅުވާލައިފައި

  • މިހާރު ހަދާ ސަރަހައްދުގައި ގާ އަތުރައި ރޯދައަށް އެބައިވެސް ހުޅުވަން އަންނަނީ ތައްޔާރުވަމުން

އިތުރު އާޓިކަލް

އިތުރު އާޓިކަލް