ބީއެމްއެލްގެ މުވައްޒަފުން 'ފިޔަވަތި' ކުޑަކުދިންގެ ހިޔާއަށް އެހީ ދިނުން. (ފޮޓޯ/ބީއެމްއެލް)

ބީއެމްއެލް

ބީއެމްއެލް މުވައްޒަފުން ފިޔަވައްޗަށް އެހީ ދީފި

މިއީ މުޖުތަމައަށް ހެޔޮ ބަދަލެއް ގެނައުމަށް އެ ބޭންކުން ކުރަމުން އަންނަ މަސައްކަތްތަކުގެ ދަށުން ފޯރުކޮށްދިން އެހީއެއް ކަމަށް ބީއެމްއެލް އިން ބުނޭ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ މުވައްޒަފުންގެ ފަރާތުން، އުނގެނުމަށާއި ހުނަރު ދަސްކުރުމަށް ބޭނުންކުރާ ކުޅޭ ތަކެއްޗާއި ފޮތް ކުޑަކުދިންގެ މަރުކަޒު 'ފިޔަވަތި'އަށް މިއަދު ހަދިޔާކޮށްފި އެވެ.

ވީ ކިހިނެއް؟ - މިއީ މުޖުތަމައަށް ހެޔޮ ބަދަލެއް ގެނައުމަށް އެ ބޭންކުން ކުރަމުން އަންނަ މަސައްކަތްތަކުގެ ދަށުން ފޯރުކޮށްދިން އެހީއެއް ކަމަށް ބީއެމްއެލް އިން ބުންޏެވެ.

ބީއެމްއެލްގެ މުވައްޒަފުން 'ފިޔަވަތި' ކުޑަކުދިންގެ ހިޔާއަށް އެހީ ދިނުން. (ފޮޓޯ/ބީއެމްއެލް)

ތަފްސީލު - މި އެހީތެރިކަމުގެ ދަށުން ފިޔަވަތީގައި ދިރިއުޅެމުން އަންނަ ކުދިންނަށް ދިން ތަކެތީގެ ތެރޭގައި ހިމެނެނީ:

  • ކިޔެވުމަށް ބޭނުންވާ ކުޅޭ ސާމާނު

  • ވާހަކަ ފޮތް 

  • ކުލަޖައްސާ ފޮތް 

  • ކްރާފްޓް ސެޓް 

  • ބޯޑު ގޭމްސް

  • ސްޓޭޝަނަރީ

  • ޕަޒްލް

ފާހަގަކޮށްލެވޭ ކަމެއް - މިދިޔަ އަހަރުގެ ރޯދަ މަހު ބޭންކުގެ މުވައްޒަފުން ވަނީ އަސާސީ ބޭނުންތައް ފުއްދުމަށް ދަތި އާއިލާތަކަށް އެހީވުމަށް 'މަމްސް' ޖަމިއްޔާ އިން ހިންގާ 'ހެލްޕް އަ ފެމިލީ' ޕްރޮގްރާމަށް އަސާސީ ކާބޯތަކެތީގެ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.

އަސާސީ ބޭނުންތައް ފުއްދުމަށް ދަތި އާއިލާތަކަށް އެހީވުމަށް ފާއިތުވި ތިން އަހަރުގެ ރޯދަމަހު ބޭންކުން ވަނީ އާކް އެއިޑް ޕްރޮގްރާމަށް ވެސް މާލީ  އެހީތެރިކަން ފޯރުކޮށްދީފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް