މިއަދު ހެނދުނު މާލެއަށް ވެހުނު ވާރޭގައި މަޖީދީ މަގު، މާފަންނު ކޮޅުގައި ފެންބޮޑުވެފައި: މެޓުން ބުނަނީ މިހާރު މޫސުން އަލިވާން ފަށާފައިވާ ކަމަށް - ދައުރު ފޮޓޯ

މޫސުން

ވިލާގަނޑުގައި މާލެއަށް 48.5 މިލިމީޓަރުގެ ވާރޭ ވެހުނު؛ މޫސުން އަލިވެއްޖެ

މެޓުން ބުނީ ބޯކޮށް ވާރޭ ވެހުނީ އެވަގުތު ނެގި ވިލާގަނޑެއްގެ ސަބަބުން ކަމަށް

މިއަދު ހެނދުނު މާލެ އަށް 48.5 މިލިމީޓަރުގެ ވާރޭ ވެހުނު ކަމަށާއި ނަމަވެސް މިއަދު ދެން ވާރޭ ވެހޭނެ ކަމަށް ނުބެލެވޭ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން އިން މިއަދު ބުނެފި އެވެ.

ވީ ކިހިނެއް؟ - މިއަދު ހެނދުނު ނެގި ވިލާގަނޑެއްގައި މާލެ ސަރަހައްދަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހި މާލޭގައި ވަނީ ފެން ބޮޑުވެ މާފަންނުގެ ބައެއް ގެތަކަށް ވަނީ ގެއްލުންވެފަ އެވެ.

ތަފްސީލު - މެޓު އޮފީހުން ބުނީ މިއަދުގެ އެ ވަގުތުކޮޅުގައި 48.5 މިލިމީޓަރުގެ ވާރޭ ވެހުނު ކަމަށް ރެކޯޑު ކުރެވިފައިވާ ކަމަށެވެ. ބޯކޮށް ވާރޭ ވެހުނީ އެވަގުތު ނެގި ވިލާކޮޅެއްގެ ސަބަބުން ކަމަށް ވެސް މެޓުން ބުންޏެވެ.

"މޫސުން ރީތިކޮށް ދައްކަނީ. އެގަޑީގައި އުފެދުނު ކުޑަ ވިލާކޮޅެއްގެ ސަބަބުން ހެނދުނު ބޯކޮށް ވާރޭ ވެހުނީ. މިހާރު ހަމަ ކްލިއާ ވަމުން ދަނީ،" މެޓުން ބުންޏެވެ.

ފާހަގަ ކުރެވޭ ކަމެއް - މި ފަހުން އެންމެ ގިނައިން މާލެއަށް ވާރޭ ވެހުނު ކަމަށް ރެކޯޑު ކޮށްފައިވަނީ 5 ޑިސެމްބަރު 2018ގަ އެވެ. އެ ދުވަހު 223.5 މިލިމީޓަރުގެ ވާރޭ ވެހުނު ކަމަށް މެޓުގެ ތަފާސް ހިސާބުތައް ދައްކަ އެވެ.

ކޮމެންޓް (1)

ސަމީރާ

1 އޭޕްރީލު 2023
މެޓުން ކީކޭ ބުންޏޭ؟ ކާކަށްތަ ނޭނގެނީ ވިލާގަނޑުން ކަމެއް ވާރޭ ވެހެނީ؟ އަހަރުން ހިއެއް ނުކުރަމޭ މަތިން ދިޔަ ދޫނިތަކެއް އެޅި ކަރުނަތަކެއް ކަމަކަށް
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް