ގާސިމް (ކ) އާއި ނަޝީދު މިއަދު ބައްދަލުކުރައްވަނީ

ސިޔާސީ

ނަޝީދު މާމިގިއްޔަށް ވަޑައިގެން ސަން އައިލެންޑްގައި ގާސިމާ ބައްދަލު ކުރައްވައިފި

ނަޝީދު ގާސިމްއާ ބައްދަލުކުރެއްވި އިރު އެމަނިކުފާނު ވަނީ ބަރުލަމާނީ ނިޒާމަކަށް ތާއީދު ހޯއްދެއްވުމަށް މަސައްކަތް ފައްޓަވާފައި
25 އޮކްޓޯބަރު 2021

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް، ގާސިމްގެ ރިސޯޓެއްގައި މިއަދު ބައްދަލު ކުރައްވައިފި އެވެ.

ވީ ކިހިނެއް؟ - ގާސިމްގެ އުފަން ރަށް އދ. މާމިގިއްޔަށް ނަޝީދު މިއަދު މެންދުރު ފަހު ވަޑައިގެންނެވި އެވެ. ނަޝީދާއި ގާސިމް ބައްދަލު ކުރެއްވީ މާމިގިއްޔަށް ވަޑައިގަތުމަށް ފަހު ދެ ބޭފުޅުން ގާސިމްގެ ސަން އައިލެންޑް ރިސޯޓަށް ވަޑައިގެންނެވެ.

ނަޝީދު އަރިހުގައި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފާއި ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒާއި އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަލީ އާޒިމް އެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި އެވެ.

އެ ބައްދަލުވުމުގެ ތަފްސީލެއް އަދި ނޭނގެ އެވެ.

އެނގުން މުހިންމު - ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ނަޝީދު އިސްވެ ފައްޓަވާފައިވާ މަސައްކަތަށް ތާއީދު ހޯއްދެވުމަށް އެމަނިކުފާނު ގެންދަވަނީ އެކި ބޭފުޅުންނާ ބައްދަލު ކުރައްވަމުންނެވެ. އެގޮތުން އިއްޔެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލު ކުރައްވާ ވެސް އެ މަޝްވަރާ ކުރެއްވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް