މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަހުމަދު ހައިތަމް
ހައިތަމްގެ ކުރީގެ ދޮންދަރިފުޅަށް ދައުވާކުރަން ނިންމައި މައްސަލަ ކޯޓަށް
ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަހުމަދު ހައިތަމްގެ ދެކަނބަލުންނަށް މަގުމަތިން އިންޒާރު ދިން ކަމަށް ބުނާ މައްސަލައިގައި ދައުވާ ކުރަން ފޮނުވި ދެ މީހުންގެ ތެރެއިން އެކެއްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ޕްރޮސެކިޔުޓާ ޖެނެރަލްގެ އޮފީހުން ހުޅުމާލޭ ކޯޓަށް މައްސަލަ ފޮނުވައިފި އެވެ.
މައްސަލައިގެ ފެށުން - ހައިތަމް އާއި އޭނާގެ އަނބިކަނބަލުން ޝަޖާން މުއާޒަށް އިންޒާރު ދިން ކަމަށް ބުނާ މައްސަލަ ފުލުހުންނަށް ހުށަހެޅީ މިދިޔަ ޖޫން މަހުގެ ތެރޭގަ އެވެ.
ތަފްސީލު - ފުލުހުން މި މަހުގެ 5 ގައި ހައިތަމަށް ފޮނުވި ލިޔުމުގައި ބުނީ، ހައިތަމްގެ ކުރީގެ އަންހެނުން ނަޖުމާ މޫސާ އާއި ދޮންދަރި ދިފްލާ ޖުނައިދުގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި މި މަހުގެ 3ގައި ޕީޖީ އޮފީހަށް މައްސަލަ ފޮނުވާފައިވާ ކަމަށެވެ.
ޕީޖީ އޮފީހުން މިއަދު ބުނީ އެ މައްސަލާގައި ދައުވާކޮށްދިނުމަށް އެދިފައިވަނީ އޭގެ ތެރެއިން އެކެއްގެ މައްޗަށެވެ. އަނެއް މީހާގެ މައްޗަށް ދައުވާ ނުކުރަން ނިންމާފައިވާ ކަމަށްވެސް ވެސް ބުންޏެވެ.
އެނގިފައިވާ ގޮތުގައި ދައުވާ ކުރަން ފޮނުވީ ދިފްލާގެ މައްޗަށެވެ.
ދިފްލާއަށް ކުރާ ތުހުމަތުތަކަކީ:
-
ހަޑިހުތުުރު ބަހުން އެއްޗެހި ކިޔައި ހައިތަމަށް އިންޒާރު ދިނުން
-
ހައިތަމްގެ އަންހެނުން މާބަނޑުވެފައި ހުއްޓާ ބަޑުގައި ކޮޅުފައިން ޖަހައި މާރާމާރީ ހިންގަން އުޅުން
ހައިތަމާއި ޝަޖާން ކައިވެނި ބައްލަވައިގަތީ މިދިޔަ އަހަރުގެ އޮކްޓޯބަރުގެ ތެރޭގަ އެވެ. އޭގެ ކުރިން އޭނާ އާއި ނަޖުމާ ވަނީ ވަރިވެފަ އެވެ. މަޖިލީހަށް އިންތިހާބުވެވަޑައިގެންނެވި އިރު ވެސް ހައިތަމް ކައިވެނި ބައްލަވައިގެން އުޅުއްވީ ނަޖުމާއާ އެވެ.
ކޮމެންޓް (1)
ދިފޫ ފޭން