ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން އެމްއާރުއެމްގެ ޒައީމް، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްއާ ބައްދަލުކުރެއްވުމަށް އިއްޔެ ވަޑައިގަންނަވަނީ. ދައުރު ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

ގާސިމް ހެވިފައި ވިދާޅުވީ ދީފައި ހުރި ރަށްތައް 'ނަގަންވީ، ނަގަންވީ' ކަމަށް

އޭނާއަށް މާތްﷲ މިންވަރު ކުރައްވާ ކަމެއް އެއްވެސް މީހަކަށް ބަދަލު ނުކުރެވޭނެ ކަމަށް ވިދާޅުވެ ގާސިމް ފޮނުއްވީ އިމޯޖީތަކެއް

އޭނާގެ ވިޔަފާރި ކުންފުންޏަށް ދީފައި ހުރި ރަށްތައް ސަރުކާރުން އަނބުރާ އަތުލިޔަސް މައްސަލައެއް ނެތް ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އެމަނިކުފާނާ އެކު ކޯލިޝަން ހެދުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ދައުވަތު ދެއްވާފައި ވަނިކޮށް ޖޭޕީން ރިޔާސީ ރޭހަށް ނުކުންނަން ނިންމުމާ ގުޅިގެން، މިހާރު ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިބި އެ ޕާޓީގެ މީހުން މަގާމުން ވަކިކުރުމަށާއި ގާސިމަށް ސަރުކާރުން ދީފައިވާ ރަށްތައް އަތުލުމަށް އެމްޑީޕީގެ ބައެއް މެންބަރުން ދަނީ ގޮވާލަމުންނެވެ. މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އަނެއްކާވެސް ވަނީ ރައްޔިތުންގެ މަޖިލީހުގެ ވަޓްސްއެޕް ގުރޫޕުގައި އެ ވާހަކަތަކަށް ރައްދުދެއްވާފަ އެވެ.

ތަފްސީލު - ގާސިމް މިފަހަރު ރައްދުދެއްވީ، އޭނާގެ ކުންފުންޏަކަށް ދީފައިވާ ށ. ކީކިމިނި އަތުލަން ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުލް މުގުނީ ގޮވާލެއްވި ކަމަށް ބުނާ ހަބަރެއް ވަޓްސްއެޕް ގުރޫޕަށް ލުމުންނެވެ.

"ކީކިމިނި ވެސް ނަގަންވީ، ނަގަންވީ. އަވަހަށް ނަގަންވީ، ބާރަށް ނަގަންވީ. ނަގަންވީ، ނަގަންވީ،" ފަސް ރިސޯޓުގެ ވެރިޔާ ގާސިމް ވިދާޅުވި އެވެ.

ރާއްޖޭގެ އެންމެ ބޮޑެތި މަހުޖަނުންގެ ތެރޭގައި ހިމެނޭ ގާސިމް ވިދާޅުވީ، އޭނާއަށް "ﷲގެ މިންވަރުފުޅުގައި އޮތް ތަނެއް އަދި ކަމެއް ވިޔަސް" އެއްވެސް މީހަކަށް ނުހުއްޓުވޭނެ ކަމަށެވެ.

"އެއީ ކުރެވޭނެ ކަމެއް ނޫން. އެކަން ޔަގީން،" އަނެއްކާވެސް ވެރިކަމަށް ކުރިމަތިލާނެ ކަމަށް ބެލެވޭ ގާސިމް ވިދާޅުވި އެވެ.

އެ މެސެޖާ ވިއްދައި ގާސިމް ވަނީ ހީހީހަލާކުވުން ރަމްޒުކޮށްދޭ އިމޯޖީތަކެއް ވެސް ވަޓްސްއެޕް ގްރޫޕަށް ފޮނުއްވާފަ އެވެ.

ކޮމެންޓް (4)

ހުމޭ

4 އޭޕްރީލު 2023
ގާސިމަށް ރަނގަޅުވާނީ ނެގއްޔާ. އޭރުން ދެން އަންނަ ސަރުކާރަކުން އޭގެ ހަތަރު ގުނަ ދަމައިގަންނާނެ. ބަލަ ދީނުގައި އޮވޭ ތިމާވާ އެއްބަސްވުންތަކާ އެއްގޮތަށް ކަންތައްކުރަން. ކިތައް ރަށް ކިތައް ބިން ނަގާފަ އެތަންތަން ނަހަދާ ރައްޔިތުންނަށް ގެއްލުންދެމުން ތިހިރަ ދަނީ.
0 0

ސަޖޯ

25 މާރިޗު 2023
ދިވެހިރައްޔިތުން ރަހުނުކޮށްފަ މައުމޫނު ވާލްޑްބޭންކުން ހޯދައިދިން 200 މިލިޔަން ޑޮލަރުގެ މުއްސަންދި ކަމެއް ގާސިމަށް ލިބިފައޮތީ ލަދުހަޔާތް ކޮބާ މިކަލޭގެ
2 0

ފއތހ

23 މާރިޗު 2023
ގާސިމަށްހީވަނީމިހާރު ރައީސްކައް ތިމަންމަނިކުފާނައްލިބުނީހެންހީވާކަހަލަ
6 0

ޔާމީން

21 މާރިޗު 2023
ނަގައިފިއްޔާ ... ނިކަން ރޯނެ
9 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް