ކްރިމިނަލް ކޯޓު. (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

ކްރިމިނަލް ކޯޓު

ކްރިމިނަލް ކޯޓުގެ ގާޒީ ކަމާއި އިސް ގާޒީގެ މަގާމަށް ކުރިމަތިލާން ހުޅުވާލައިފި

ކްރިމިނަލް ކޯޓުގެ ބެންޗުން މަގާމެއް ހުސްވީ އެ ކޯޓުގެ އިސް ގާޒީގެ މަގާމުގައި ވެސް ހުންނެވި އަހުމަދު ޝަކީލް ހައި ކޯޓަށް އައްޔަންކުރުމުން

ކްރިމިނަލް ކޯޓުގެ ގާޒީ ކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އިއްޔެ ހުޅުވާލައިފި އެވެ.

ވީ ކިހިނެއް؟ - ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އިއްޔެ ހުޅުވާލީ އެ ކޯޓުގެ ބެންޗުން ހުސްވެފައިވާ އެއް ޖާގައަށް ކުރިމަތިލުމަށެވެ.

ތަފްސީލް - މީގެ އިތުރުން، ކްރިމިނަލް ކޯޓުގެ އިސް ގާޒީގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ވެސް ޖޭއެސްސީން ވަނީ އިއްޔެ ހުޅުވާލާފަ އެވެ. ނަމަވެސް، އިސް ގާޒީ ކަމަށް ކުރިމަތިލެވޭނީ އެ ކޯޓުގައި މަސައްކަތް ކުރައްވަމުން ގެންދަވާ ގާޒީންނަށް އެކަންޏެވެ.

މި ދެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ 3ގެ މެންދުރު 12އަށް ހަމަވާނެ އެވެ. ޖޭއެސްސީން ބުނީ އެ މަގާމުތަކަށް ކުރިމަތިލާން ހުށަހަޅަން ޖެހެނީ އެ ކޮމިޝަނުގެ ފަހިރެސް ޕޯޓަލް މެދުވެރިކޮށް ކަމަށެވެ.

އެނގުން މުހިންމު - އިސް ގާޒީއެއްގެ މުސާރަ އާއި އިނާޔަތްތައް:

  • އަސާސީ މުސާރަ - 31،000ރ.

  • ލިވިން އެލަވަންސް - 15،000ރ.

  • ރިސްކް އެލަވަންސް - 3،300ރ.

  • މެޑިކަލް އިންޝުއަރެންސް

  • ފޯން އެލަވަންސް

ގާޒީއެއްގެ މުސާރަ އާއި އިނާޔަތްތައް:

  • އަސާސީ މުސާރަ - 30،000ރ.

  • ލިވިން އެލަވަންސް - 15،000ރ.

  • ރިސްކް އެލަވަންސް - 3،300ރ.

  • މެޑިކަލް އިންޝިއުރެންސް

  • ފޯން އެލަވަންސް

ފަސް މަންޒަރު - ކްރިމިނަލް ކޯޓުގެ ބެންޗުން މަގާމެއް ހުސްވީ އެ ކޯޓުގެ އިސް ގާޒީގެ މަގާމުގައި ވެސް ހުންނެވި އަހުމަދު ޝަކީލް ހައި ކޯޓަށް އައްޔަންކުރުމުންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް