ކުޅުދުއްފުށީގައި ހިނގި އެކްސިޑެންޓުގައި ހަތަރު މީހަކަށް އަނިޔާވި.

ކުޅުދުއްފުށި އެކްސިޑެންޓް: ޒުވާނާގެ ހާލު ރަނގަޅު؛ ހޮސްޕިޓަލުން ދޫކޮށްލައިފި

ހޮސްޕިޓަލަށް ގެންދިޔަ މީހުންގެ ތެރެއިން ހާލު ސީރިއަސް ވެގެން ފަރުވާދެމުން ދިޔައީ 19 އަހަރުގެ ފިރިހެނަކަށް

ހދ. ކުޅުދުއްފުށީގައި ހަތަރު މީހަކަށް އަނިޔާވި އެކްސިޑެންޓުގައި ހާލު ސީރިއަސް ވެގެން ފަރުވާ ދެމުން ދިޔަ ޒުވާނާގެ ހާލު މިހާރު ރަނގަޅު ކަމަށާއި އޭނާ ހޮސްޕިޓަލުން ދޫކޮށްލާފައިވާ ކަމަށް އެ ރަށު ހޮސްޕިޓަލުން މިއަދު ބުނެފި އެވެ.

ވީ ކިހިނެއް؟ -  މި އެކްސިޑެންޓު ހިނގާފަައިވަނީ މިދިޔަ ބުދަ ދުވަހުގެ ހެނދުނު އެ ރަށުގެ މަގެއްގެ މަތިން ދުއްވާފައި ދިޔަ ތިން ސައިކަލް ޖެހިގެންނެވެ. މި އެކްސިޑެންޓުގައި އަނިޔާވެގެން ހަތަރު މީހަކު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދީފައިވެ އެވެ.

ހޮސްޕިޓަލަށް ގެންދިޔަ މީހުންގެ ތެރެއިން ހާލު ސީރިއަސް ވެގެން ފަރުވާދެމުން ދިޔައީ 19 އަހަރުގެ ފިރިހެނަކަށެވެ.

ބުނީ ކީކޭ؟ - ކުޅުދުއްފުށީ ހޮސްޕިޓަލުގެ އޮފިޝަލަކު މިއަދު 'ދައުރު'އަށް ވިދާޅުވި ގޮތުގައި، ބޮލަށް ގެއްލުން ލިބުމާ ގުޅިގެން ފަރުވާ ދެމުން ދިޔަ އެ މީހާގެ ހާލު މިހާރު ރަނގަޅެވެ. އޭނާ ހޮސްޕިޓަލުން ދޫކޮށްލާފައި ވާއިރު، ބޮލަށް ލިބުނު ގެއްލުމާ ގުޅިގެން އޭނާއަށް އިތުރު ފަރުވާއެއް ބޭނުންވާ ކަމަށް އެ ހޮސްޕިޓަލުގެ ސާޖަރީ ޑޮކްޓަރު ލަފާދީފައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެނގުން މުހިންމު - އަކްސިޑެންޓުގައި އަނީޔާވީ:

  • 19 އަހަރުގެ ފިރިހެނެއް

  • 66 އަހަރުގެ ފިރިހެނެއް

  • 66 އަހަރުގެ އަންހެނެއް

  • 30 އަހަރުގެ އަންހެނެއް

އެކްސިޑެންޓުގައި އަނިޔާވެގެން ގެންދިޔަ ހަތަރު މީހުންނާ އެކު އިތުރު މީހަކު ވެސް ހޮސްޕިޓަލަށް ގެންދިޔަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް