ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ޝާޒް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކު

ގުރައިދޫ ދާއިރާގެ އެމްޑީޕީ ޓިކެޓް ޝާޒް ކާމިޔާބުކުރައްވައިފި

މީގެ ކުރިން 2019ގެ މަޖިލިސް ޕްރައިމަރީގައި ވާދަކުރައްވައި ޝާޒްއަށް ނާކާމިޔާބުވި

ކ. ގުރައިދޫ ދާއިރާގެ އެމްޑީޕީ ޓިކެޓް، 2019ގައި ވެސް އެ ދާއިރާގެ މަޖިލިސް ޕްރައިމަރީގައި ވާދަކުރެއްވި އިބްރާހިމް ޝާޒް މިއަދު ކަށަވަރުކުރައްވައިފި އެވެ.

ވީ ކިހިނެއް؟ -  ގުރައިދޫ ދާއިރާގެ ބައި- އިލެކްޝަންގައި އެމްޑީޕީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓަކު ހޮވަން ބޭއްވި އެ ޕާޓީގެ ޕްރައިމަރީގެ ވަގުތީ ނަތީޖާ މިހާރު ވަނީ އިއުލާންކޮށްފަ އެވެ. އެ ނަތީޖާ ދައްކާ ގޮތުން ޝާޒަށް %53 ވޯޓު ލިބިވަޑައިގަތެވެ.

ތަފްސީލު - ޖުމްލަ ހަތަރު ކެންޑިޑޭޓަކު ވާދަކުރެއްވި މި ޕްރައިމަރީގައި ވޯޓު ލީ 590 މީހުންނެވެ. އެއީ، ވޯޓުލުން ހައްގުވާ 844 މީހުންގެ %70 އެވެ.

ވަގުތީ ނަތީޖާ:

  • 1-

    މުހައްމަދު މުސްތަފާ. ވިވިޑް/ކ. މާފުށި - 66 ވޯޓު (%11)

  • 2-

    ސަލްމާން ރަޝީދު، މާފަރިވާގެ/ކ. މާފުށި - 190 ވޯޓު (%33)

  • 3-

    އިބްރާހިމް ޝާޒް، ހ. ތާޅަފިލިގެ/މާލެ - 311 ވޯޓު (%53)

  • 4-

    އަބްދުﷲ ސައީދު، ވެލި/ކ. ގުރައިދޫ -15 ވޯޓު (%3)

ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން ޕްރައިމަރީގެ ވޯޓު ލުން

މީގެ ކުރިން ގުރައިދޫ ދާއިރާގެ މަޖިލިސް ޕްރައިމަރީގައި ޝާޒް ނާކާމިޔާބުވީ، ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު އާދިލް ސަލީމްއާ ވާދަކުރައްވައިގެންނެވެ. ޝާޒް ވަނީ އޮކްޓޯބަރު 2021ގައި ބޭއްވި އެމްޑީޕީގެ ގުރައިދޫ ދާއިރާގެ ރައީސްކަމަށް ވެސް ވާދަކުރައްވައިފަ އެވެ.

އެނގުން މުހިންމު - އިދިކޮޅު ޕީޕީއެމްގެ ތާއީދު ބޮޑު މި ދާއިރާގެ މަޖިލިސް ގޮނޑި ހުސްވީ، މިިދިޔަ ތިން ދައުރު އެ މަގާމު ފުރުއްވި އެ ޕާޓީއަށް ނިސްބަތްވާ އިބްރާހިމް ރިޒާ، ކެންސަރު ބައްޔަަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މިދިޔަ މަހުގެ ފަހުކޮޅު އަވަހާރަވުމާ ގުޅިގެންނެވެެ. އެއާ އެކު، އިލެކްޝަންސް ކޮމިޝަނުން ވަނީ އެ ދާއިރާގެ ބައި-އިލެކްޝަން 15 އޭޕްރީލްގައި ބާއްވަން ނިންމާފަ އެވެ.

މި ދާއިރާއަށް ޕީޕީއެމްގެ ފަރާތުން ވާދަކުރައްވަނީ، ރިޒާގެ ކޮއްކޮ ހުސައިން ރިޒާ އެވެ.

އެމްއެންޕީގެ ފަރާތުން ވާދަކުރައްވަނީ ގުރައިދޫ ސްކޫލްގައި ޓިޗަރެއްގެ ވަޒީފާ ގިނަ ދުވަސްތަކެއް ވަންދެން ފުރުއްވި، އަލީ އަރީފް އެވެ.

އޭގެ އިތުރުން އެމްޓީޑީން ވެސް ވަނީ މި ދާއިރާއަށް ކުރިމަތިލާން އިއްޔެ ނިންމާފަ އެވެ.

ކޮމެންޓް (1)

އަންނި

11 މާރިޗު 2023
މި ކާކު ސައިޑު ބޭފުޅެއްތޯ؟
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް