ދިވެހި ހައްޖުވެރިން އަރަފާތު ބިމުގައި (ފޮޓޯ/އިސްލާމިކް މިނިސްޓްރީ)

ހައްޖު ކޯޓާގެ %5 ބޮޑެތި ބަލިތަކަށް ފަރުވާ ހޯދާ މީހުންނަށް

އެ ފުރުސަތު ދެނީ މީގެ ކުރިން ފަރުލު ހައްޖު އަދާކޮށްފައިނުވާ ފަރާތްތަކަށް

ރާއްޖެ އަށް މި އަހަރު ލިބިފައިވާ ހައްޖު ކޯޓާގެ %5 ބޮޑެތި ބަލިތަކަށް ފަރުވާ ހޯދާ މީހުންނަށް ހާއްސަ ކުރަން ނިންމައިފި އެވެ.

ވީ ކިހިނެއް؟ - ސަރުކާރުގެ ހައްޖު ކުންފުނި، މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އިއްޔެ ކުރި އިއުލާނެއްގައި ބުނީ އެ ކުންފުންޏަށް މި އަހަރު ލިބޭ ހައްޖު ކޯޓާގެ %5 ފުރާނަ އަށް ނުރައްކާވާ ފަދަ ބޮޑެތި ބަލިތައް ތަހައްމަލުކުރާ މީހުންނަށް ހާއްސަކުރަން ނިންމާފައިވާ ކަމަށެވެ.

ތަފްސީލު - ހައްޖު ކޯޕަރޭޝަނުން ބުނީ އެގޮތަށް ހޮވާ މީހުންނަކީ އެ ކުންފުނި މެދުވެރިކޮށް ހައްޖަށް ދިއުމަށް ފައިސާ ދައްކާ، ހައްޖު ޖާގަ ލިސްޓަށް އަރާފައިވާ ފަރާތްތަކަށް ވާންޖެހޭނެ ކަމަށެވެ.

އެފަދަ ފަރާތްތަކަކީ ފަރުލު ހައްޖު އަދާކޮށްފައިނުވާ ފަރާތްތަކަށް ވާން ޖެހޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

އިއްޔެގެ ނިޔަލަށް އެ ކުންފުނީގެ ހައްޖު ޖާގަ ލިސްޓްގައި ހިމެނިފައިވާ މީހުންގެ އެ ޝަތުރު ހަމަވާ ފަރާތްތަކަށް ޖާގަ އަށް އެދުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ. ހުށަހެޅުންތައް ބަލައިގަންނާނީ މި މަހުގެ 21 ވަނަ ދުވަހުގެ މެންދުރު 2 އާ ހަމައަށެވެ.

ޖާގަ ހަމަޖައްސައިދިނުމަށް އެދި ހުށަހަޅާއިރު ހުށަހަޅަން ޖެހޭނީ:

އެނގުން މުހިއްމު - ހައްޖަށް ދިޔުމަށް މި އަހަރު ރާއްޖެ އަށް1،000 ކޯޓާ ލިބިފައިވާއިރު އެ އަދަދު2،500 އަށް އިތުރު ކުރަން މަސައްކަތް ކުރަމުންދާ ކަމަށް އިސްލާމިކް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް