ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ރިޒާ. (ފައިލް ފޮޓޯ/މަޖިލިސް)

ގުރައިދޫ ދާއިރާގެ ޕީޕީއެމް ޓިކެޓު ރިޒާގެ ކޮއްކޮއަށް ދީފި

ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގެ ޕްރައިމަރީއަށް ޕީޕީއެމް އިން ހުޅުވާލުމުން ކުރިމަތިލެއްވީ ހަސަން ރިޒާ އެކަނި

ރައްޔިތުންގެ މަޖިލީހުން ހުސްވެފައިވާ ކ. ގުރައިދޫ ދާއިރާގެ ގޮނޑިއަށް ވާދަކުރުމަށް ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ޓިކެޓު، އެ ދާއިރާގެ ކުރީގެ މެންބަރު އިބްރާހިމް ރިޒާގެ ކޮއްކޮ ހުސެއިން ރިޒާއަށް ދީފި އެވެ.

ވީ ކިހިނެއް؟ - ކެންސަރުގެ އާލާސްކަންފުޅާ އުޅުއްވުމަށް ފަހު ރިޒާ އަވަހާރަވީ މިދިޔަ މަހުގެ 23 ވަނަ ދުވަހު އެވެ. އޭނާ އަވަހާރަވުމުން، އެ ދާއިރާގެ މަޖިލިސް ގޮނޑިއަށް މެންބަރަކު އިންތިހާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަން އިލެކްޝަންސް ކޮމިޝަނުން ތާވަލުކޮށްފައި ވަނީ އަންނަ މަހުގެ 15 އަށެވެ.

ތަފްސީލު - ޕީޕީއެމް އިން ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގެ ޕްރައިމަރީއަށް ހުޅުވާލުމުން ކުރިމަތިލެއްވީ ހުސެއިން ރިޒާ އެކަންޏެވެ. އެހެންކަމުން، އިންތިހާބަކާ ނުލައި އޭނާއަށް ޓިކެޓު ދޭން ނިންމާފައިވާ ކަމަށް ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ތޮލާލް މިރޭ 'ދައުުރު'އަށް ވިދާޅުވި އެވެ.

ގުޅުން ހުރި ކަމެއް - އިދިކޮޅު ޕީޕީއެމްގެ ސަޕޯޓު ބޮޑު ގުރައިދޫ ދާއިރާއަށް ވާދަކުރުމަށް، ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީންނާއި ސަރުކާރާ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ އެމްއެންޕީން ވެސް ވަނީ ހުޅުވާލާފަ އެވެ. އެގޮތުން:

  • އެމްޑީޕީގެ ޕްރައިމަރީއަށް ހަތަރު ބޭފުޅަކު ކުރިމަތިލެއްވި 

  • އެމްއެންޕީގެ ޓިކެޓު އިންތިހާބަކާ ނުލާ ކުރީގެ ދިވެހި ޓީޗަރެއް ކަމަށްވާ އަލީ އަރީފް ވަނީ ކަށަވަރުކުރައްވާފައި

އިތުރު އާޓިކަލް

އިތުރު އާޓިކަލް