އެމްޑީޕީން ބޭއްވި ޕްރައިމަރީއެއްގައި މީހާކު ވޯޓުލަނީ: ހުސްވެފައިވާ ކ. ގުރައިދޫ ދާއިރާގެ މެންބަރުކަމަށް އެ ޕާޓީން ކުރިމަތިލާ ކެންޑިޑޭޓަކު ހޮވުން އޮތީ ޕްރައިމަރީއަކުން (ދައުރު ފޮޓޯ/ އަބްދުﷲ އިޔާން)

ގުރައިދޫ ބައި-އިލެކްޝަންގެ އެމްޑީޕީ ޕްރައިމަރީއަށް ކުރިމަތިލީ 4 ބޭފުޅުން

މި ޕްރައިމަރީ އޮންނާނީ މި މަހުގެ 11ގައި

ރައްޔިތުންގެ މަޖިލީހުން ހުސްވެފައިވާ ގުރައިދޫ ދާއިރާގެ މެންބަރު ކަމަށް އެމްޑީޕީގެ ފަރާތުން ކުރިމަތިލައްވާ ބޭފުޅަކު ހޮވުމަށް ބާއްވާ އެ ޕާޓީގެ ޕްރައިމަރީއަށް ހަތަރު ބޭފުޅުން ކުރިމަތިލައްވައިފި އެވެ.

ވީ ކިހިނެއް؟ - ގުރައިދޫ ދާއިރާގެ ގޮނޑި ހުސްވީ، މިިދިޔަ ތިން ދައުރު އެ މަގާމު ފުރުއްވި އިބްރާހިމް ރިޒާ، ކެންސަރު ބައްޔަަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މިދިޔަ މަހުގެ ފަހުކޮޅު އަވަހާރަވުމާ ގުޅިގެންނެވެެ. އެއާ އެކު، އިލެކްޝަންސް ކޮމިޝަނުން ވަނީ އެ ދާއިރާގެ ބައި-އިލެކްޝަން 15 އޭޕްރީލްގައި ބޭއްވުމަށް ނިންމާފަ އެވެ.

ތަފްސީލު - މި ދާއިރާގެ ޕްރައިމަރީއަށް ކުރިމަތިލުމަށް އެމްޑީޕީން ހުޅުވާލީ މިދިޔަ ހޯމަ ދުވަހު އެވެ. ކުރިމަތިލުމަށް ހުޅުވާލި މުއްދަތު މިއަދު ހަވީރު 4އަށް ވަނީ ހަމަވެފަ އެވެ.

ޕްރައިމަރީއަށް ކުރިމަތިލެއްވި ބޭފުޅުން:

  • 1-

    މުހައްމަދު މުސްތަފާ. ވިވިޑް/ކ. މާފުށި

  • 2-

    ސަލްމާން ރަޝީދު، މާފަރިވާގެ/ކ. މާފުށި 

  • 3-

    އިބްރާހިމް ޝާޒް، ހ. ތާޅަފިލިގެ/މާލެ 

  • 4-

    އަބްދުﷲ ސައީދު، ވެލި/ކ. ގުރައިދޫ

ފާހަގަކޮށްލެވޭ ކަމެއް - އިދިކޮޅު ޕީޕީއެމްގެ ސަޕޯޓު ބޮޑު މި ދާއިރާއަށް މިހާތަނަށް ޕްރައިމަރީއަށް އިއުލާން ކުރީ އެމްޑީޕީން އެކަންޏެވެ. މި ދާއިރާއަށް ކުރިމަތިލާން އަދި އެހެން ޕާޓީއަކުން އިއުލާންކޮށްފައެއް ނުވެ އެވެ.

ކޮމެންޓް (1)

އަފީފާ

2 މާރިޗު 2023
ތި ލިޔާ އެއްޗެއްސައް ކޮމެންޱު ކުރަން ވެއްޖެ މީހަކު އަވަދި ވެދާނެ. ވަކިފަރަ ތަކަށް ޖެހި އަވަދި ވެފަ.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް