ހުކުރު މިސްކިތުގެ މަހާނަ ގާތަކުގެ ތެރޭ ގަސް ހެދި ބޮޑުވުމުގެ ސަބަބުން، އެ ގާތަކަށް ގެއްލުންވެފައި: ގަސްތައް އެެހެން ތަނަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައި (ފޮޓޯ/ހެރިޖޭޖް މިނިސްޓްރީ)

ހުކުރު މިސްކިތުގެ މަހާނަ ގާތަކަށް ގެއްލުންވާތީ ގަސްތައް ބަދަލުކުރަނީ

މި ގަސްތައް ބަދަލުކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭ ދެވަނަ ފިޔަވައްސަށް

މާލޭ ހުކުރު މިސްކިތުގެ މަހާނަ ގާތަކަށް ގެއްލުންވާތީ، އެތަނުގެ ގަސްތައް އެހެން ތަނަކަށް ބަދަލު ކުރުމަށް ނިންމާފައިވާ ކަމަށް ތާރީހާއި ސަގަފަތާ ބެހޭ މިނިސްޓްރީން މިއަދު ބުނެފި އެވެ.

ވީ ކިހިނެއް؟ - ގިނަ އިއްޒަތްތެރިންތަކެއް ފަސްދާނުލާފައިވާ ހުކުރު މިސްކިތުގެ ގަސްތައް އެހެން ތަނަކަށް ބަދަލު ކުރުމަށް ނިންމިކަން ހާމަކޮށްފައިވަނީ، އެ މިނިސްޓްރީން ކުރި ޓްވީޓެއްގަ އެވެ.

ބުނީ ކީކޭ؟- "މާލޭ ހުކުރު މިސްކިތުގެ ދެކުނު ފަރާތަށްވާ ގޮތަށް ހުރި ގަސްތަކުގެ ސަބަބުން ޤަބުރުސްތާނުގެ މަހާނަ ގައުތަކަށް އެކި ވަރުގެ ގެއްލުން ލިބެމުންދާތީ މި ގަސްތައް އެހެން ތަނަކަށް ބަދަލުކުރުމުގެ މަސައްކަތް މި މަރުކަޒާއި އެޗް.ޑީ.ސީއާއި ގުޅިގެން ކުރިޔަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ،" މިނިސްޓްރީގެ ޓްވީޓްގައި ބުނެފައިވެ އެވެ.

މިނިސްޓްރީގެ ޓްވީޓް

މިނިސްޓްރީން ބުނި ގޮތުގައި އެ ގަސްތައް ބަދަލުކުރުމަށް ހަމަޖެހިފައި ވަނީ، ހުޅުމާލެ ފޭސް ދޭއްގެ ހިޔާ ޓަވަރު ޕާކަށެވެ.

އެނގުން މުހިންމު - މާލޭ ހުކުރު މިސްކިތަކީ ދުނިޔޭގެ ތަރިކައިގެ ވަގުތީ ލިސްޓުގައި ހިމަނާފައިވާ ތަނެކެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް