ހުޅުމާލޭ މަގުމަތީގައި އުޅޭ ބުޅާތަކެއް: މާލޭގެ މަގުތައް މަތީގައި ގިނައިން ބުޅޭ އުޅޭ. (ދައުރު ފޮޓޯ)
މަގުމަތީ އުޅޭ ބުޅާތަކަށް ވާ ގޮތެއް ނޭނގި ބަލިވުމާއި ގެއްލޭ ކަމުގެ ކަންބޮޑުވުން
މާލެ ސަރަހައްދުގެ އެކި ތަންތަނުގައި އުޅޭ ބުޅާތައް، ވާ ގޮތެއް ނޭނގި ބަލިވުމާއި ގެއްލޭ ކަމުގެ ކަންބޮޑުވުން ބައެއް މީހުން ފާޅުކުރަން ފަށައިފި އެވެ.
ވީ ކިހިނެއް؟ - މާލެތެރޭގައި ބުޅާ ގިނަވުމުގެ ޝަކުވާ ގިނަ މީހުން ކުރެ އެވެ. އެ އެއްޗެހި އުޅޭނެ ތަނެއް ހޯދައިދިނުމާއި ވަސީލަތްތައް ގާއިމުކޮށްދިނުމަކީ، ޖަނަވާރުންގެ ހައްގުގައި އަޑުއުފުލާ ގިނަ ބައެއްގެ އެދުމެއް ވެސް މެ އެވެ. އެކަމަކު މިހާތަނެއް ހައްލެއް ނުލިބި، މާލެ ސަރަހައްދުގައި ވަނީ ބުޅާ ގިނަވެފަ އެވެ.
މި ގޮތަށް ބުޅާ އެންމެ އާއްމުކޮށް އުޅޭ ތަނަކީ އިންޑަސްޓްރިއަލް ޒޯން ސަރަހައްދެވެ. ނަމަވެސް، މިހާރު އެ ތަނުގައި އުޅޭ ބުޅާތައް ބަލިވުމާއި ވީނުވީއެއް ނޭނގި އެ ޖަނަވާރުތައް ގެއްލޭ ކަމުގެ ކަންބޮޑުވުން ބައެއް މީހުން ފާޅުކުރެ އެވެ.
"މިއަދު ވެސް ވަރަށް ގިނަ ބުޅާ އިންޑަސްޓްރިއަލް ޒޯނުން ގެއްލިއްޖެ،" ބުޅާ ގެންގުޅޭ މީހުން ހިންގާ ފޭސްބުކް ގުރޫޕު 'ކެޓަހޮލިކްސް މޯލްޑިވްސް'ގައި މީހަކު ބުންޏެވެ.
ތަފްސީލް - އެހެން މީހަކު ބުނި ގޮތުގައި، އާއްމުކޮށް ހުޅުމާލޭ ބީޗު ސަރަހައްދުގައި އުޅޭ ބުޅާތައް ވެސް މިހާރު ނުފެނެ އެވެ.
އެ ގުރޫޕުގައި ކަންބޮޑުވުން ފާޅުކުރި މީހުން ބުނި ގޮތުގައި:
-
އިންޑަސްޓްރިއަލް ޒޯނުގައި އުޅޭ ބުޅާތައް ތިބެނީ މިހާރު ވަރަށް ބޮޑަށް ބަލިވެފައި
-
ބުޅަލަށް ލޯބިކުރާ މީހުން ކޮންމެ ދުވަހަކު އެ ސަރަހައްދަށް ގޮސް ކާންދޭ
-
ކާންދިނަސް ބުޅާތައް ތިބެނީ ބަލިކޮށް އަދި ވަރުބަލިވެފައި
ބައެއް މީހުން ތުހުމަތު ކުރާ ގޮތުގައި، ބަޔަކު ބުޅާތަކަށް ޒަހަރު ލަނީ އެވެ. އަދި އެއަށް ފަހު އެ އެއްޗެހި އެ ތަނުން ގެންދަނީ ކަމަށް އެ މީހުން ބުނެ އެވެ.
"ޒަހަރު ލައިގެން މަރާ ނަމަ އޭގެ ހަށިގަނޑު އެ ތަނުގައި އޮންނާނެތާ. އެކަމަކު މަރުވެފައިވާ ބުޅަލެއް ވެސް އެ ތަނަކުން ނުފެނޭ. ހަމަ ގެއްލެނީ،" ގުރޫޕުގައި ކަންބޮޑުވުން ފާޅުކުރި އެހެން މީހަކު ބުންްޏެވެ.
އެނގުން މުހިއްމު - މާލޭގެ މަގުތައް މަތީގައި ގިނަވެފައިވާ ބުޅަލުގެ މައްސަލަ ހައްލުކުރަން، ބުޅާ ގެންގުޅޭ މަރުކަޒެއް ގާއިމްކުރާނެ ކަމަށް މާލޭ ސިޓީ ކައުންސިލުން ވަނީ ބުނެފަ އެވެ. އެކަމަކު ވިލިމާލޭގައި ހަދަން ނިންމާފައިވާ އެ ތަނާ ގުޅޭ އިތުރު ތަފްސީލެއް މި ފަހުން ހާމަކޮށްފައެއް ނުވެ އެވެ.
ބުޅާ ގެންގުޅޭ ފެސިލިޓީއެއް އަމިއްލަ ހަރަދުގައި ހަދައި ހިންގަން ޝައުގުވެރިވާ ފަރާތްތަކަށް ބިޑު ހުށަހަޅަން މިދިޔަ އަހަރުގެ މާޗު މަހު ކައުންސިލުން ހުޅުވާލި އެވެ. ނަމަވެސް، އެ ފަހަރު އެ ކަމަށް ރަނގަޅު ހުށަހެޅުމެއް ލިބިފައި ނުވާ ކަމަށް އެ ތަނުން ބުންޏެވެ.
ކޮމެންޓް (18)
ބުސްބުސް
ކޮންމެސް މީހެއް
ހުރައިރު
ބުޅާގޯނި
އަޖައިބު
ކެޓަހޮލިކް
އައިޝަތު
ފާތިމަތު
ޕީނަޓް ބްްރެއިން
ހޫކެއާސް
ޕީނަޓް ބްރެއިން
ބުޅާ މެން
ކެއާބެއާ
އަހަރުން
ކަލޭ މަނމި
މޮޔަ ދިވެހިން
އުންމު ހުރައިރާ
ވާނުވާ