ރިޒާ މަޖިލީހުގެ ޖަލްސާއެއްގައި. (ފޮޓޯ/މަޖިލިސް)

ގުރައިދޫ ދާއިރާގެ މެމްބަރު ރިޒާ އަވަހާރަވެއްޖެ

އޭނާ އަވަހާރަވީ ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަނިކޮށް
23 ފެބްރުއަރީ 2023

ރައްޔިތުންގެ މަޖިލީހުގެ ކ. ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާ ރޭ އަވަހާރަ ވެއްޖެ އެވެ.

ވީ ކިހިނެއް؟ - މިދިޔަ އަހަރުން ފެށިގެން ރިޒާ ގެންދަވަނީ ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުންނެވެ. އޭނާ އަވަހާރަވީ ފަރުވާ ހޯއްދަވަން މެލޭޝިޔާގައި ހުންނަވަނިކޮށެވެ.

ގުރައިދު އާއި އެ އަތޮޅު ގުޅި އަދި މާފުށި ތަމްސީލު ކުރައްވާ ޕީޕީއެމް މެމްބަރު، އާލާސްކަންފުޅާ އުޅުއްވާތީ މިދިޔަ އަހަރުގެ ގިނަ ޖަލްސާތަކަށް ވެސް ވަޑައެއް ނުގަންނަވަ އެވެ. ބައްޔަށް ފަރުވާ ކުރައްވަން އޭނާ ގިނައިން އުޅުއްވީ ރާއްޖޭން ބޭރުގަ އެވެ.

އެނގުން މުހިއްމު - މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ މެމްބަރު ހުސެން ވަހީދު ވެސް 2021 ވަނަ އަހަރު އަވަހާރަވީ ކެންސަރަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ. އޭނާ ދެ އަހަރު ވާންދެން އެ ބައްޔަށް ފަރުވާ ހޯއްދެވި އެވެ.

ރިޒާ އަވަހާރަވުމާ އެކު، މަޖިލީހުގެ ގިނަ މެމްބަރުން ގެންދަވަނީ އޭނާއަށް ހެޔޮ ދުއާކޮށްދެއްވައި އާއިލާއަށް ތައުޒިޔާ ވިދާޅުވަމުންނެވެ. 

މިއީ ފޫނުބެއްދޭ ވަރުގެ ގެއްލުމެއް: ޕީޕީއެމް

ރިޒާ އަވަހާރަވުމާ ގުޅިގެން ރޭ ޕީޕީއެމުން ނެރުނު ނޫސް ބަޔާނެއްގައި ބުނި ގޮތުގައި، އޭނާއަކީ އެ ޕާޓީ އުފެދުނީއްސުރެ ގިނަ އަގުހުރި ހިދުމަތްތަކެއް، އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް ކޮށްދެއްވި ބޭފުޅެކެވެ. އަދި ރިޒާ އަކީ ޑީއާރުޕީ އާއި ޕީޕީއެމް އުފެެއްދުމުގައި ވެސް ގިނަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެއްކަން ޕީޕީއެމުން ފާހަގަކުރި އެވެ.

ޕީޕީއެމުން ބުނި ގޮތުގައި:

  • މަޖިލިސް މެމްބަރެއްގެ ގޮތުގައި ހުންނަވައިގެން ވެސް އަދި ވަކީލެއްގެ ގޮތުގައި ވެސް ރިޒާ ވަނީ ދައުލަތަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައި

  • ރިޒާ އަވަހާރަވުމަކީ ޕީޕީއެމް ކޯލިޝަނާއި އިދިކޮޅު ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ވެސް ލިބިވަޑައިގެންނެވި ފޫނުބެއްދޭނެ ވަރުގެ ގެއްލުމެއް

އިތުރު އާޓިކަލް

އިތުރު އާޓިކަލް