ޖުމްހޫރީ ޕާޓީގެ ހަރަކާތެއްގެ ތެރެއިން މިނިސްޓަރު ނަހުލާ އަދި އެޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް (ފައިލް ފޮޓޯ/ ސަން)

ޖުމްހޫރީ ޕާޓީ

ޖޭޕީގެ ލީޑަރު ކަމަށް ގާސިމް؛ ނައިބަކަށް ނަހުލާ ކުރިމަތިލައްވައިފި

ލީޑަރު ކަމަށް ގާސިމް އެކަނި ކުރިމަތިލެއްވި އިރު، ނައިބި ލީޑަރުގެ މަގާމުގެ ވާދަވެރިކަން ވަނީ ބޮޑުވެފައި

ޖުމްހޫރީ ޕާޓީގެ ލީޑަރުގެ ކަމުގެ މަގާމު އިތުރު ދައުރަކަށް އެ ޕާޓީގެ ފައުންޑަރު، ގާސިމް އިބްރާހިމް ކުރިމަތިލައްވައިފި އެވެ. އޭގެ އިތުރުން، ނައިބު ލީޑަރު ކަމަށް އޭނާގެ އަނބިކަބަލުން، ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވެސް ވަނީ ކުރިމަތިލައްވައިފަ އެވެ.

ތަފްސީލު - މި މަހު 24ގައި ބާއްވާ އެ ޕާޓީގެ ގައުމީ މަޖިލިސްގައި ހޮވާ މި ދެ މަގާމަށް ގާސިމް އާއި ނަހުލާ ވާދަ ކުރައްވާކަން އެޕާޓީގެ ތަރުޖަމާނު އަލީ ސޯލިހް ވަނީ މިއަދު ކަށަވަރުކޮށްދެއްވާފަ އެވެ.

ޖުމްހުރީ ޕާޓީ އުފެއްދެވި ގާސިމްއަކީ މިހާތަނަށް އެޕާޓީގެ ހަޔާތުގައި ވެސް ލީޑަރުގެ މަގާމު ފުރުއްވި ހަމައެކަނި ބޭފުޅާ އެވެ. ފަސް އަހަރުގެ ދައުރަކަށް އިންތިހާބު ކުރާ މިމަގާމަށް މިހާތަނަށް ކުރިމަތިލައްވާފައިވަނީ ވެސް ގާސިމް އެކަންޏެވެ.

ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި މި ސަރުކާރުގެ ޓްރާންސްޕޯޓް މިނިސްޓަރު ކަމަށް ވަޑައިގެންނެވި ނަހުލާ، އެޕާޓީގެ އިންތިހާބީ މަގާމަށް ކުރިމަތިލެއްވި، މިއީ ފުރަތަމަ ފަހަރެވެ. ޖޭޕީގެ ވަޒީރެއްގެ ހައިސިއްޔަތުން މިހާރު ވެސް އެ ޕާޓީގެ ކައުންސިލްގައި ނަހުލާ ހިމެނިވަޑައިގަންނަވަ އެވެ. މިދިޔަ ސަރުކާރުގައި ގާސިމް ޖަލަށްލުމާ އެކު، ސިޔާސީ މަސައްކަތަށް ނުކުންނެވި ނަހުލާ، ދޭތެރެ ދޭތެރެއިން އެ ޕާޓީގެ ހަރަކާތްތަކުގައި އިސްކޮށް އުޅުއްވަ އެވެ.

ޓްރާސްޕޯޓް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނަހުލާ (ދައުރު ފޮޓޯ/ މުަޒައްޔިން ނާޒިމް)

ޖުމްލަ ފަސް ބޭފުޅުން ހޮވާ ނައިބު ލީޑަރުގެ މަގާމަށް ނަހުލާގެ އިތުރުން، މިހާތަނަށް ކުރިމަތިލައްވާފައި ވަނީ:

  • ޖޭޕީގެ މިހާރުގެ ނައިބު ލީޑަރު، ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު އަމީން އިބްރާހިމް

  • ކުރީގެ ހޯމް މިނިސްޓަރު އަޒްލީން އަހްމަދު

  • އިމިގްރޭޝަންގެ ވެރިޔާ، މުހައްމަދު އަހްމަދު (ހަނަފީ)

  • ޖޭޕީގެ ނައިބު ރައީސް އަހްމަދު ސައުދު 

  • އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު  ހަސަން މުގުނީ

  • ފެނަކައިގެ ކުރީގެ ޗެއާމަން އިގްބާލް އާދަމް

  • އިސްދޫ ދާއިރާގެ މަޖިލިސް މެންބަރު އަލީ ހަމީދު

  • ފުވައްމުލަކު އުތުރު ދާއިރާގެ ކުރީގެ މެންބަރު އަލީ ޝާހް 

  • ތިނަދޫ އުތުރު ދާއިރާގެ ކުރީގެ މެންބަރު އަބުދުﷲ އަހްމަދު (އަބުޅޯ)

  •  ކެޔޮދޫ ދާއިރާގެ ކުރީގެ މެންބަރު ސައިޚް މޫސާ ނިޒާރު ވާހަކަ ލިޔުންތެރިޔާ ޔަޝްފާ އަބުދުލްގަނީ

  • ޖޭޕީގެ މިހާރުގެ ނައިބު ލީޑަރު، ކުރީގެ މިނިސްޓަރު އަމީން އިބްރާހިމް

އެނގުން މުހިންމު - މިދިޔަ ހަފްތާ އަންގާރަ ދުވަހު ޖޭޕީގެ ލީޑާޝީޕް މަގާމުތަކަށް ކުރިމަތިލުމުގެ ހުޅުވާލި މުއްދަތު ހަމަވާނީ މިއަދަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް