ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރުކަމަށް ކުރިމަތިލައްވާފައިވާ ބޭފުޅުން

ޖުމްހޫރީ ޕާޓީ

ޖޭޕީގެ ނައިބު ލީޑަރުގެ މަގާމަށް ވާދަވެރިކަން ބޮޑުވެއްޖެ

ފަސް ބޭފުޅުން ހޮވާ މި މަގާމަށް މިހާތަނަށް ހަތް މީހަކު ވަނީ ކުރިމަތިލާފައި

ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރުގެ މަގާމަށް ކުރިމަތިލީ މީހުން އިތުރުވެ، އެ މަގާމުގެ ވާދަވެރިކަން ބޮޑުވެއްޖެ އެވެ.

ވީ ކިހިނެއް؟ - މި މަހު 24 ވަނަ ދުވަހު ދަރުބާރުގޭގައި ބާއްވާ އެޕާޓީގެ ގައުމީ މަޖިލީސް ޖަލްސާގައި އިންތިހާބު ކުރާ އެ މަގާމަށް ކުރިމަތިލުމަށް އެޕާޓީން ވަނީ މިދިޔަ އަންގާރަ ދުވަހު ހުޅުވާލާފަ އެވެ. އެ ޖަލްސާގައި ޖުމްލަ ފަސް މީހަކު، ފަސް އަހަރުގެ ދައުރަކަށް މި މަގާމަށް އިންތިހާބު ކުރާނެ އެވެ.

ތަފްސީލު - ޖުމްހޫރީ ޕާޓީގެ ތަރުޖަމާނު އަލީ ސޯލިހް މިއަދު 'ދައުރު'އަށް ވިދާޅުވީ، މިހާތަނަށް ހަތް ބޭފުޅުން މި މަގާމަށް ކުރިމަތިލައްވާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • ކުރީގެ ހޯމް މިނިސްޓަރު އަޒްލީން އަހްމަދު

  • އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު އަހްމަދު ހުސައިން (ހަނަފީ)

  • އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހަސަން މުގުނީ

  • ޖޭޕީގެ ލީޑަރުގެ އެގްޒެކްޓިވް ސެކެޓްރީ އިގްބާލް އާދަމް

  • ޖޭޕީގެ ނައިބު ރައީސް އަހުމަދު ސައުދު

  • ތިނަދޫ އުތުރު ދާއިރާގެ ކުރީގެ މެންބަރު އަހްމަދު އަބްދުﷲ (އަބްޅޯ)

  • ފުވައްމުލަކު އުތުރު ދާއިރާގެ ކުރީގެ މެންބަރު އަލީ ޝާހް

ޖުމްހޫރީ ޕާޓީގެ ކައުންސިލް ބައްދަލުވުމުގެ ތެރެއިން (ފޮޓޯ/ ޖުމްހޫރީ ޕާޓީ)

ބުނީ ކީކޭ؟ - އަލީ ސޯލިހް ވިދާޅުވި ގޮތުގައި މަގާމަށް ކުރިމަތިލުމުގެ ފޯމު އަދި ހުށަހަޅާފައި ނުވި ނަމަވެސް ގާތްގަނޑަކަށް 12 ވަަރަކަށް މެންބަރުން ޝައުގުވެރިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު އަދި ޖޭޕީގެ ނައިބު ލީޑަރު އަމީން އިބްރާހިމް

  • ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު 

  • އިސްދޫ ދާއިރާގެ މެންބަރު އަލީ ހަމީދު

ނައިބު ރައީސް ކަމަށް ކުރިމަތިލުމުގެ މުއްދަތު ހަމަވަނީ މި މަހު18ގަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް