ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ސައީދު. (ފޮޓޯ/ޖޭއެސްސީ)

އުސޫލާ ހިލާފު ކައިވެންޏެއްގެ މައްސަލައިގައި ގާޒީ ހަސަން ސައީދު ސަސްޕެންޑުކޮށްފި

މުސާރަ އާއި އިނާޔަތްތައް ލިބޭ ގޮތަށް އޭނާ ސަސްޕެންޑު ކުރީ، ކޯޓުން ބޭރުގައި ކުރުވި ކައިވެންޏެއްގެ މައްސަލައިގައި

އުސޫލާ ހިލާފަށް ކައިވެންޏެއް ކޮށްދިނުމަށް މަގުފަހިވިކަން ސާބިތުވެ، ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ސައީދު، މުސާރަ އާއި އިނާޔަތްތައް ލިބޭ ގޮތަށް 14 ދުވަހަށް ސަސްޕެންޑުކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އިއްޔެ ނިންމައިފި އެވެ.

ވީ ކިހިނެއް؟ - ހަސަން ސައީދު ސަސްޕެންޑުކުރަން ޖޭއެސްސީން ނިންމާފައިވަަނީ ފެމެލީ ކޯޓުގެ އިސް ގާޒީގެ މަގާމުގައި ހުންނެވިއިރު، އެ ކޯޓުގެ ކައިވެނީގެ ރަޖިސްޓްރާއަށް އޭނާ ދެއްވި ލަފައެއްގެ ސަބަބުން، ކޯޓުގެ އުސޫލުތަކާ ހިލާފަށް ކައިވެންޏެއް ކޮށްދިނުމަށް މަގުފަހިވެފައިވާކަން ސާބިތުވެފައިވާތީ އެވެ.

ތަފްސީލު - ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި:

  • ކޯޓުން ބޭރުގައި ކައިވެނިކޮށްދޭ އުސޫލުގެ މަތިން އިންތިޒާމްތައް ހަމަޖައްސައިގެން ކުރިއަށް ގެންދިއުމަށް ފެމިލީ ކޯޓުގެ އިސް ގާޒީގެ ހައިސިއްޔަތުން، ހަސަން ސައީދު އެ ކޯޓުގެ ކައިވެނީގެ ރަޖިސްޓްރާއަށް ލަފާދީފައިވޭ

  • ފެމިލީ ކޯޓަށް ހުށަހެޅޭ ކައިވެނިތައް ކޮށްދިނުމާ މެދު ގޮތް ނިންމުމުގެ ގާނޫނީ ހައިސިއްޔަތު އޮންނަ ފަރާތަކީ އެ ކޯޓުގެ ކައިވެނީގެ ރަޖިސްޓްރާ

  • ހަސަން ސައީދު ދެއްވި ލަފާގެ ސަބަބުން ގާނޫނާއި ގަވައިދާ ހިލާފަށް އަދި ފެމެލީ ކޯޓުގައި އަމަލުކުރާ އުސޫލުތަކާ ހިލާފަށް ކައިވެންޏެއްކޮށްދިނުމަށް މަގުފަހިވެފައިވާކަން ސާބިތުވެފައިވޭ

އެ އަމަލަކީ ފަނޑިޔާރުންގެ ގާނޫނާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފަށް ކޮށްފައިވާ ކަމެއް ކަމަށްވާތީ، ޖޭއެސްސީގެ ގާނޫނުގައިވާ ގޮތުގެ މަތިން، 14 ދުވަހަށް ވަޒީފާއަށް ނިކުތުން މަނާކުރީ އިއްޔެ ބޭއްވި ޖޭއެސްސީގެ ބައްދަލުވުމުގަ އެވެ.

ކޮމެންޓް (3)

ސުލައިމާން

16 ފެބްރުއަރީ 2023
ތިޔަ ސަސްޕެންޝަނުން އެތައް މައްސަލައެއް ކެންސަލް ވާނެއެވެ. އެތަކެއް ރައްޔިތުންނާއި އަދި ވަކީލުންގެ ލިބުނު ގެއްލުމެކެވެ. ގާޒީއަށް ޗުއްޓީން އުނި ނުވާގޮތަށް ލިބުނު ދުވަސްތަކެކެވެ.
1 0

ޙަސަން

16 ފެބްރުއަރީ 2023
މި ގާޒީ އަށް ހާދަ ވަރެކޭ އަރުވަނީ..... އިރު އިރުކޮޅާ
0 0

އަސްލު

16 ފެބްރުއަރީ 2023
އަސްލު ތި ދިނީ 15 ދުވަހުގެ ޗުއްޓީއެއް ދޯ.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް