އެމްއާރުއެމްއިން މަޖިލިސް އިންތިހާބަށް ކެންޑިޑޭޓުން ނެރުމަށް ބޭއްވި ބައްދަލުވުމެއްގެ ތެރެއިން އެ ޕާޓީގެ ޒައީމް، ކުރީގެ ރައީސް މައުމޫން އަދި އެ ޕާޓީގެ ރައީސް ފާރިސް (ފައިލް ފޮޓޯ/ ޕީއެސްއެމް)

ފާރިސް މައުމޫން

ފާރިސް މައުމޫން ވެރިކަމަށް ކުރިމަތިލާން ގޮވާލައި ކެމްޕޭނެއް

'ފާރިސް ފޯ ޕްރެޒިޑެންޓު' އަދި 'ފާރިސް2023'ގެ ނަމުގައި ޓުވިޓާގައި #ފާރިސް2023 ހޭޝްޓެގާ އެކު ކުރާ ޕޯސްޓުތައް ވެސް ފެންނަ މިންވަރު ވަނީ އިތުރުވެފައި

މި އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ކުރީގެ މަޖިލިސް މެންބަރު އަދި ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމްގެ ދޮށީ ފިރިހެން ދަރިކަލުން ފާރިސް މައުމޫނު ވާދަކުރައްވަން ގޮވާލައި ސޯޝަލް މީޑިއާގައި ކެމްޕޭނެއް ފަށައިފި އެވެ.

ވީ ކިހިނެއް؟ - ސަރުކާރު ހިންގާ ކޯލިޝަންގައި ވެސް ހިމެނޭ އެމްއާރުއެމްގެ ރައީސްކަން ކުރައްވާ ފާރިސް ފަދަ "ޒުވާން، 'އިހުލާސްތެރި" ވެރިޔަކު ރާއްޖޭގެ ވެރިކަމަށް ގެންނަން ޖެހޭ ކަމަށް ބުނެ ކެމްޕޭނު ކުރާ އަޑު މި ދެތިން ހަފްތާގެ ތެރޭގައި ގަދަ ވެފައި ވާއިރު، ފާރިސްއަށް ތާއީދުކޮށް ސޯޝަލް މީޑިއާގައި ޕޯސްޓުތައް ކުރާ ޕޭޖުތަކާއި އެކައުންޓުތައް ވެސް ވަނީ ހަދައިފަ އެވެ.

ތަފްސީލް - 'ފާރިސް ފޯ ޕްރެޒިޑެންޓު' އަދި 'ފާރިސް2023' ގެ ނަމުގައި ޓުވިޓާގައި #ފާރިސް2023 ހޭޝްޓެގާ އެކު ކުރާ ޕޯސްޓުތައް ވެސް ފެންނަ މިންވަރު ވަނީ އިތުރުވެފަ އެވެ.

އެމްއާރުއެމްގެ ބަސް - ފާރިސް ވެރިކަމަށް ކުރިމަތިލައްވަން ތާއީދުކޮށް ސޯޝަލް މީޑިއާގައި ކުރާ ކެމްޕޭނާ ގުޅޭ ގޮތުން ސުވާލުކުރުމުން އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަބްދުލް އަލީމް މިއަދު 'ދައުރު'އަށް ވިދާޅުވީ އެ ޕާޓީގެ ފަރާތުން އިންތިހާބުގައި ވާދަކުރުމާ ގުޅޭ ގޮތުން އަދި ގޮތެއް ނުނިންމާ ކަމަށެވެ.

"މަޝްވަރާތައް ކުރިއަށް ދަނީ. އަދި ރަސްމީކޮށް ވަކި ގޮތެއް ނުނިންމާ. މި މަސް ނިމޭއިރަށް ޑެސިޝަންއެއް ނެގޭނެ ކަމަށް ބަލަނީ،" އޭނާ ވިދާޅުވި އެވެ.

އެނގުން މުހިންމު - މައުމޫންގެ އެއްބަފާ ކޮއްކޯފުޅު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވަކި ހިސާބަކުން ޔާމީނާ ދެކޮޅަށް މައުމޫން ނުކުންނަވައި އެ ސަރުކާރާ ދެކޮޅަށް މިހާރުގެ ވެރިކަންކުރާ ކޯލިޝަނާ ގުޅިގެން ކުރި މަސައްކަތުގައި ފާރިސް އިސް ދައުރެއް އަދާކުރެއްވި އެވެ.

އޭގެ ފަހުން، 2019ގައި ބޭއްވި މަޖިލިސް އިންތިހާބުގައި އަމިއްލަ ގޮތުން މައްޗަންގޮޅި އުތުރު ދާއިރާއަށް ފާރިސް ކުރިމަތިލެއްވި އެވެ. ނަމަވެސް، އެ އިންތިހާބުން ބަލިވުމާ އެކު، އޭނާ ވަނީ ސިޔާސީ މައިދާނުން އެކީހެން ގެއްލިފަ އެވެ.

ގުޅުން ހުރި ކަމެއް - އަންނަ ސެޕްޓެމްބަރު 9ގައި ބާއްވާ އިންތިހާބުގައި ވާދަކުރައްވާނެކަން މިހާތަނަށް އިއުލާނުކުރައްވާފައިވަނީ:

  • ރައީސް އިބްރާހިމް މުހައްމަދު ސޯލިހް 

  • މިހާރު 11 އަހަރުގެ ޖަލު ހުކުުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެެ ރައީސް ޔާމީން

  • ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް 

  • ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު

އިންތިހާބުގައި ވާދަކުރުމާ ގުޅޭ ގޮތުން ޖުމްހޫރީ ޕާޓީން ވަކި ގޮތެއް އަދި ނުނިންމަ އެވެ.

ކޮމެންޓް (8)

ދދދދދދދދދދދދދދދދދ

14 ފެބްރުއަރީ 2023
ހެހެހެ. ނުހޮވޭނެ. މައުމޫން މެން ތީ ބައެއް ނޫން މިހާރު
2 2

ތެފައާސާ ފޯ ޕްރެޒިޑެންޓް 2023 ބައި ތެފައާސާ

14 ފެބްރުއަރީ 2023
ހެހެހެ. ނޯ ކޮމެންޓް.
4 1

ނިިޝް

13 ފެބްރުއަރީ 2023
ކްރިކެޓްއާއި އެ ވެރިންނާއި މި ވެރިންނާއި ވަރަށް ގުޅުން އެބަހުރި! ނޫސްލިޔާ މީހުން ނިކަން ކަޅި ހިންގައިލަގަ މިވާގޮތަށް!
3 1

ނސބސޅޮލް

13 ފެބްރުއަރީ 2023
އަސްލުވެސް ވަރަށް ތަފާތު ވިސްނުމެއްގެ މީހެއް. ބައްޕަގެ ގޮތް ގަނޑެއް ނެތުމީ އެންމެ ލަމުދާ ކަންތަށް. އާ ވިސްނުމަކަށް ދަންޏާ ރަނގަޅު ޗޮއިސް އެއް. ބަރުލަމާނީ އަކަށް ބަދަލުކޮށް ވެރިކަން ތަފާތު ވެގެން ދާ ވިސްނުމަކަށް އޮތްއިރު މީނާގެ ދައުރެ ބޮޑު އޮތުން މުހިންމު
3 3

ޚައްދަ

13 ފެބްރުއަރީ 2023
ޓިކެޓުގައި ފާރިސްގެ ނަން އޮތަސް، ވެރިކަން ކުރާނީ ރައީސް މައުމޫން. ދިގު ތިރީސް އަހަރުގެ ކޮންޓިނުއޭޝަނެއް. މީ ދިވެހިން ބޭނުންވި ކަމެއްނޫން.
4 2

ރަހްމަ

13 ފެބްރުއަރީ 2023
ޤައުމުގެ މަސްލަހަތާއި. ޚާރިޖީ. ހައްޤުތަކާ. މުޅި ދުނިޔޭގެކުރިމަތީ މިޤައުމު. ނެގެހެއްޓުމުގަ ހަރުދަނާ. ޤާބިލްބޭފުޅަކީ. ފާރިސް މައުމޫން. ފާރިސް. އިސްނަންގެވުމަށްގޮވާލަން
10 13

30 އަހަރު

13 ފެބްރުއަރީ 2023
@ރަހްމަ 30 އަހަރު އަލުން އިއާދަ ކުރާކަށް ބޭނުމެއްނޫން
4 4

ޙައްގުބަސް

13 ފެބްރުއަރީ 2023
@ރަހްމަ ތިކަން ގަބޫލުކޮށްފާނެ ރާއްޖޭގެ އާބާދީގެ ކޮންމެ 150 މީހަކުން އެކަކު މާނައަކީ ފަސް ލައްކަ އާބާދީއަކުން ގިނަ ވެގެން ތިކަން ގަބޫލުކުރާނީ 3000 ހާސް މީހުނޭ. ޢެވަރުން ވެރިކަން ކީތް ކުރަން ރަށެއްގެ ގަބުޅި ކަތީބުކަންވެސް ނުލިބޭނެ
4 2

އިތުރު އާޓިކަލް

އިތުރު އާޓިކަލް