ސިޓީ ކައުންސިލްގެ ތަރުޖަމާނު ޝިއުނާ. (ދައުރު ފޮޓޯ/މުޒައްޔިން ނާޒިމް)

ޓުވިޓާ

ލޭ އޮހޮރުވުމަކަށް ގޮވާލި ޝިއުނާގެ ޓުވިޓާ އެކައުންޓް ސަސްޕެންޑްކޮށްފި

އޭނާގެ ޓުވިޓާ އެކައުންޓް ސަސްޕެންޑްކޮށްފައިވަނީ ކިހާ ދުވަހަކަށް ކަމެއް ނޭނގެ

ލޭއޮހޮރުވުމަކަށް ގޮސްގެން ވިޔަސް ރައީސް އިބްރާހީމް މުހަންމަދު ސޯލިހުގެ ސަރުކާރު ބަދަލުކުރަން ވެއްޖެ ކަމަށް ގޮވާލި، މާލޭ ސިޓީ ކައުންސިލްގެ ތަރުޖަމާނު މަރިޔަމް ޝިއުނާ(ނަންނަ)ގެ ޓުވީޓާ އެކައުންޓު މިއަދު ސަސްޕެންޑްކޮށްފި އެވެ.

ވީ ކިހިނެއް؟ - ޝިއުނާ ލޭއޮހޮރުވުމަކަށް ގޮވާލީ މިދިޔަ ބުރާސްފަތި ދުވަހު ކުރެއްވި ޓުވީޓެއްގަ އެވެ. ނަމަވެސް ފަހުން، އެ ޓުވީޓް އޭނާ ވަނީ ޑީލީޓްކޮށްލާފަ އެވެ.

ތަފްސީލު - "ނަންނަޒީވް" ނަމުގައި ޝިއުނާ ބޭނުން ކުރަމުން އައި އެކައުންޓް، ޓުވިޓާއިން ސަސްޕެންޑް ކުރީ ސީދާ ކޮން ސަބަބަކާ ހުރެ ކަމެއް އަދި ކިހާ މުއްދަތަކަށް ކަމެއް ސާފެއް ނުވެ އެވެ. ބެލެވޭ ގޮތުގައި އޭނާގެ ޓުވީޓާ އެކައުންޓް ސަސްޕެންޑް ކޮށްފައި ވަނީ، ޓުވިޓާގެ އާންމު މިންގަނޑުތަކާ ހިލާފަށް ލޭއޮހޮރުމަކަށް ގޮވާލި ޓުވީޓްއާ ގުޅިގެންނެވެ.

އެ ޓުވީޓްގައި ޝީއުނާ ވިދާޅުވީ ބަޔަކު ވަރަށް ހަރުކަށިކަމާ އެކު ނިކުމެ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ނިމުމަކަށް ގެންނަން ވެއްޖެ ކަމަށެވެ. ރައީސް ސޯލިހު ގެންދަވަނީ "މުސްލިމުންގެ މައްޗަށް އަނިޔާވެރިކަން ހިންގަމުން" ކަމަށް ތުހުމަތުކުރައްވައި "ލޭއޮރޮރުވުމަކުން ވެސް [ސަރުކާރު] ބަދަލުކުރަން ވެއްޖެ" ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.

އެ ޓުވީޓް ޑިލީޓް ކުރުމަށް ފަހު، ޝިއުނާ އެ ދުވަހު ކުރެއްވި އެހެން ޓުވީޓެއްގައި ވިދާޅުވީ ފުރަތަމަ ކުރެއްވި ޓުވީޓް ޑިލީޓުކޮށްލެއްވީ ބައެއް މީހުންނަށް އޭގެން "ނުބައި މާނައެއް ނެގިގެން އުޅޭތީ" ކަމަށެވެ.

އެ ޓުވީޓުން "ހަރުކަށި މާނަ ނެގުން ނަމަ މައާފު،" ޝިއުނާ މެންދުރު ކުރެއްވި ޓުވީޓުގައި ވިދާޅުވި އެވެ.

އެކަމުގައި ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. 

ކޮމެންޓް (1)

ސޯ ޕޮލިޓިކަލް

7 ފެބްރުއަރީ 2023
ތާކުންތާކު ނުޖެހޭ ނާތަހުޒީބު މީހުން ބޮޑު މުސާރަ ދީފައި މަގާމުތަކަށް ލީމަ ވާގޮތް މީ. އެއިރެއްގައއި ހުންނަ ރައީސެއް ކަމުނުދިޔަނަމަވެސް، ސަރުކާރުގެ ވަޒީފާގައި އުޅޭ ހިނދު ރައީސްއަށާއި ސަރުކާރަށް އެއްބާރުލުންދޭންޖެހޭނެ.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް