ކ. ތުލުސްދޫގައި ބަޔަކު މޫދު ކުޅިވަރު ކުޅެނީ. (ފޮޓޯ/ޓްރިޕް އެޑްވައިޒާ)

ގައިމައްޗަށް ލޯންޗެއް އެރި ފަތުރުވެރިއަކު މަރުވެއްޖެ

ފަތުރުވެރިޔާގެ ގައިމަތިން ލޯންޗު ދިޔުމުގެ ސަބަބުން އޭނާގެ އެއް އަތް ވެސް ނެތް ކަމަށާއި ބަނޑު ގެ ބައިތައް ކެހި، ގޮހޮރުން ބަޔެއް ވެސް މަދު ކަމަށް ކައުންސިލުން ބުނި

ކ. ތުލުސްދޫގައި ސްނޯކްލިންއަށް ގޮސް އުޅުނު ފަތުރުވެރިއެއްގެ ގައިމަތިން ލޯންޗެއް ގޮސް، އެ މީހާ މިއަދު މަރުވެއްޖެ އެވެ.

ވީ ކިހިނެއް؟ - އެ ރަށު ކައުންސިލްގެ ރައީސް އަސްލަމް މުސާ ވިދާޅުވީ އެ ހާދިސާ ހިނގީ މިއަދު ހެނދުނު ކަމަށާއި ފަތުރުވެރިޔާ ސްނޯކްލިންއަށް ނިކުމެ އުޅުނީ އެ ރަށުގެ އިރުއިތުރު ކަނޑުއޮޅިއާ ދިމާއަށް ކަމަށެވެ.

ތަފްސީލް - އަސްލަމް ވިދާޅުވި ގޮތުގައި، އެ ފިރިހެން މީހާގެ ގައިމަތިން ލޯންޗު ދިއުމުގެ ސަބަބުން:

  • އޭނާގެ އެއް އަތް ނެތް 

  • ބަނޑުގެ ބައިތައް ކެހި، ގޮހޮރުން ބައެއް ވެސް މަދު

"އެމްއެންޑީއެފްގެ އެހީތެރިކަމާ އެކު އަތް ހޯދުމުގެ މަސައްކަތް ކުރަމުން ދަނީ. ފަތުުރުވެރިޔާ މިވަގުތު އޮތީ ހެލްތު ސެންޓަރުގައި،" އަސްލަމް ވިދާޅުވި އެވެ.

މި ހާދިސާގައި މަރުވީ ކޮން ގައުމެއްގެ މީހެއް ކަމެއް އަދި ސާފެއް ނުވެ އެވެ.

ބުނީ ކީކޭ؟ - އަސްލަމް ވިދާޅުވީ ފަތުރުވެރިޔާ ސްނޯކްލިން އަށް ގޮސް އުޅުނު ސަރަހައްދަކީ އާންމުކޮށް ގިނަ އަދަދެއްގެ އުޅަނދު ދަތުރުކުރާ ސަރަހައްދެއް ކަމަށެވެ.

"ބެލެވެނީ މާ ބޮޑަށް ކަނޑާ ވީ ފަރާތަށް ނިކުމެވުނީ ކަމަށް،" އޭނާ ވިދާޅުވި އެވެ.

މަރުވި ފަތުރުވެރިޔާއާ އެކު އިތުރު ބަޔަކު އެ ރަށަށް ޗުއްޓީއަށް ގޮސް އުޅޭ ކަމަށާއި މި ހާދިސާގެ ސަބަބުން އެ މީހުންނަށް ވަރަށް ބޮޑަށް އަސަރުކޮށްފައިވާ ކަމަށް ވެސް ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.

ފުލުހުން އަންނަނީ މި ހާދިސާ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް (3)

އަބްދުﷲ

29 ޖެނުއަރީ 2023
ހާދަ ދެރައޭ! ހާދަ ހާދަ ދެރައޭ
0 0

ނައިމްބެ

29 ޖެނުއަރީ 2023
ހާދަ ބޮޑުކޮށް ތިކޮށްލީ....
0 0

ދޮންމީހާ

29 ޖެނުއަރީ 2023
މިހުންނަނީ ވަރަށްވެސް ދެރަ ކަންކަން. ފަރުވާ ކުޑަކަން އިނގެނީ!! ފަތުރުވެރިން މިހާ ގިނަ ހިސާބުތަކުގަ ކުޑަކޮށް ބަލާލައިގެން ދުއްވާ ނަމަ ދޯ؟
3 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް