ޖިންސީ ގޯނާއާ ދެކޮޅަށް މާލޭގައި ބޭއްވި މުޒާހަރާއެއްގެ ތެރެއިން: ޕްރީ ސްކޫލް ދަރިވަރަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ވަނީ ފެންމަތިވެފައި (ދައުރު ފޮޓޯ/ މާޝާ ނައީމް)
މާލޭގައި ޕްރީސްކޫލް ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަނީ
މާލޭގައި ހިންގާ ޕްރީސްކޫލް ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ބުނާ މައްސަލައެއް ފެންމަތިވެއްޖެ އެވެ.
ވީ ކިހިނެއް - ޕްރީ ސްކޫލް ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތުވާ މައްސަލައެއް ފުލުހުންނަށް ވަނީ ހުށަހަޅައިފަ އެވެ.
ފުލުހުންގެ ބަސް - ފުލުހުންގެ ތަރުޖަމާނަކު 'ދައުރު'އަށް ވިދާޅުވީ، އެ މައްސަލަ މިހާރު ތަހުގީގު ކުރަން ފަށާފައިވާ ކަމަށެވެ.
އިތުރު ތަފްސީލެއް ފުލުހުންގެ ފަރާތަކުން ނުދެ އެވެ.
ޕްރީސްކޫލްގައި އެވްރޭޖްކޮށް އުޅޭނީ ތިން އަހަރާއި ހަ އަހަރުގެ ކުދިންނެވެ. ނަމަވެސް އެ މައްސަލާގައި ޖިންސީ ގޯނާ ލިބުނު ކަމަށް ބެލެވެނީ ކޮން އުމުރެއްގެ ކުއްޖަކަށް ކަމެއް އަދި ކަށަވަރެއް ނުވެ އެވެ.
ގުޅުން ހުރި - އިއްޔެ އުތުރުގެ ރަށަކުން11 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ މައްސަލައެއް ވެސް ވަނީ ފެންމަތިވެފަ އެވެ. އަދި އެ މައްސަލާގައި އުމުރުން 37 އަހަރުގެ މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. އަދި އެ މީހާއަކީ އެ ކުއްޖާގެ ބޮޑުބޭބޭ ކަމަށް ވަނީ ތުހުމަތު ކުރެވިފަ އެވެ.
އުތުރަށް ކިޔާލަން -