މާލެއަށް ބޯކޮށް ވާރޭވެހުނު ދުވަހެއްގެ އަންހެނަކާއި ކުޑަކުއްޖަކު މަގުމަތިން ހިނގާފައި ދަނީ. (ދައުރު ފައިލް ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

މޫސުން

މޫސުން ގޯސް؛ މުޅި ރާއްޖެ ރީނދޫ އެލާޓުގައި

ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައި ޖެހޭނެ ކަމަށް ލަފާކޮށްފައި ވާއިރު، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވާނެ
16 އޮކްޓޯބަރު 2021

މިއަދު ހަވީރު 4:30 ވަންދެން ރާއްޖޭގެ ހުރިހާ ހިސާބަކަށް ވައި ގަދަވެ، މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓު) އިން މުޅި ރާއްޖެއަށް ރީނދޫ އެލާޓް ނެރެފި އެވެ.

ވީ ކިހިނެއް؟ - ހަފްތާ ބަންދުގައި މުޅި ރާއްޖެއަށް މޫސުން ގޯސްވާނެ ކަމަށް މެޓުން ވަނީ ލަފާކޮށްފަ އެވެ. އެގޮތުން، ހުރިހާ ހިސާބަކަށް ވެސް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ކުރިން ވެސް އޮތީ ބުނެފަ އެވެ.

ތަފްސީލް - މޫސުމަށް ސަމާލުވުމަށް އަންގައި މެޓުން ނެރުނު އެލާޓުގައި ބުނީ، މިއަދު ހެނދުނު 8:30 އިން ހަވީރު 4:30އަށް މުޅި ރާއްޖެއަށް ވެސް މޫސުން ގޯސްވާނެ ކަމަށް ބެލެވޭ ކަމަށެވެ. އެގޮތުން:

  • ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައި ޖެހޭނެ

  • ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވާނެ

  • ކަނޑުތައް އާންމު ގޮތެއްގައި ގަދަވާނެ

މޫސުން ގޯސްވެ ގަދަ ވަޔާއި ވިއްސާރައިގެ ސަބަބުން ލިބިދާނެ ގެއްލުންތައް މަދު ކުރުމަށް ސަމާލުކަން ދިނުމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވެސް ވަނީ އަންގައިފަ އެވެ.

ރައްކާތެރިކަމުގެ އިރުޝާދު:

  • ފެންބޮޑުވެދާނެ ކަމަށް ރައްކާތެރިވުން

  • ގެއަށް ފެން ނުވަންނާނެހެން ވެލި ބަސްތާ ޖަހައި ދުރާލާ ތައްޔާރުވުން

  • ފެން ޖެހިގެން ހަލާކުވާނެ ކަހަލަ އެއްޗެހި އެހެން ތަނަކަށް ބަދަލުކުރުން

  • ގަދަ ވައިގައި ފުރާޅު އެއްލާލަފާނެ ކަމަށް ބެލެވޭ ނަމަ، އެހެން ނުވާނެ ގޮތަކަށް ހައްޔަރުކުރުމަށް

  • ގަދަ ވައިގައި އެއްލާލަފާނެހެން ހީވާ އެއްޗެހި ބަނދެ ރައްކާތެރިކުރުމަށް

  • ގެދޮރުގެ ރައްކާތެރިކަން ބެލެހެއްޓުމަށް

އެނގުން މުހިންމު - ރާއްޖެއަށް މޫސުން ގޯސްވެފައި ވަނީ ރާއްޖެ ސަރަހައްދުގައި އުފެދިފައިވާ ލޯޕްރެޝާ ޓްރަފަކާ ގުޅިގެން ކަމަށް މެޓު އޮފީހުން ވަނީ ބުނެފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް