ނާޒިމް ސައްތާރު. (ދައުރު ފައިލް ފޮޓޯ/ އަބްދުﷲ ޔަޝާއު)

ނާޒިމް ސައްތާރުގެ ހުކުމް ތަންފީޒުކޮށް ނިމުމުން މިނިވަން ވެއްޖެ

އޭނާއަށް ހުކުމް ކުރީ ތިން މަހާއި 26 ދުވަހުގެ މުއްދަތަކަށް ގޭބަންދު ކުރަން
9 ޖެނުއަރީ 2023

އެއް ޖިންސުން ޖިންސީ ގުޅުން ހިންގި ކަމަށް އިއުތިރާފްވެފައިވާ ގާނޫނީ ވަކީލު ނާޒިމު އަބްދުއްސައްތާރު ތިން މަހާއި 26 ދުވަހުގެ މުއްދަތަކަށް ގޭބަންދު ކުރަން ކްރިމިނަލް ކޯޓުން ކުރި ހުކުމުގެ މުއްދަތު ހަމަވުމުން އޭނާ މިއަދު މިނިވަންވެއްޖެ އެވެ.

ވީ ކިހިނެއް؟ - މާލޭގެ އެޕާޓްމެންޓެއްގެ ކޮޓަރިއެއްގެ ތެރޭގައި ބަންގްލަދޭޝްގެ އެމްޑީ އަލަމްގީރްއާ އެކު ދިވެހި ފިރިހެނުންތަކެއް އެއް ޖިންސުން ގުޅުން ހިންގި ކަމަށް ބުނާ މައްސަލަ ފެންމަތިވީ އެ މަންޒަރު ފެންނަ ވީޑިއޯތަކެއް ބަޔަކު ލީކުކުރަން ފެށުމުންނެވެ. އެ ތަނުން ލީކުވީ ވީޑިއޯއެއްގައި ނާޒިމް ހިމެނެ އެވެ.

ތަފްސީލް - ނާޒިމް އިއުތިރާފު ވުމާ ގުޅިގެން ދައުލަތުން އެދުނީ އަސާސީ އަދަބުން އެއް ދަރަޖަ އުނިކުރުމުން އަންނަ ހަތް މަހާއި ހަ ދުވަހުގެ ޖަލު އަދަބު ނާޒިމަށް އިއްވައި ދިނުމަށެވެ. އެކަމަކު އޭނާ ކުރި ކުށަށް ރައްޔިތުންގެ ކިބައިން މައާފަށް އެދި ތައުބާވެފައިވާތީ އާއި ކުށުގެ ރެކޯޑެއް ނޯންނާތީ އޭނާއަށް އައީ ވަރަށް ލުއި ހުކުމެކެވެ.

އެ މައްސަލައިގައި ނާޒިމަށް ކަނޑައެޅި އަދަބު ކުޑަވެގެން ދައުލަތުން އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކުރި އެވެ. އެގޮތުން:

  • ކޯޓުން އެ މައްސަލަ ރަޖިސްޓްރީ ވެސް ކުރި 

  • ހުކުމް ތަންފީޒުކޮށް ނިމުމާ ހަމައަށް އެ މައްސަލައިގައި އަޑުއެހުމެއް ބާއްވާފައެއް ނުވޭ

ގުޅުން ހުރި ކަމެއް - އަލަމްގީރާ އެކީ އެއް ޖިއްސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯ ބޭނުންކޮށްގެން ބްލެކްމެއިލް ކުރި މައްސަލައިގައި ތިން މީހަކު ހައްޔަރުކުރި އެވެ. އެކަމަކު، ދައުވާ ކުރެވޭ ވަރަށް ހެކި ނެތިގެން، އެ އެންމެން ދޫކޮށްލުމަށް ފަހު ފުލުހުން ވަނީ މައްސަލަ ފައިލްކޮށްފަ އެެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް