ތައުލީމު

އަމީނިއްޔާގެ ކުރީގެ ޕްރިންސިޕަލް ވެލިކަލާ އަވަހާރަވެއްޖެ

އޭނާ އަކީ ގިނަ ދަރިވަރުންގެ ލޯތްބާއި އިހްތިރާމް ލިބިވަޑައިގެންނެވި ބޭފުޅެއް

ރާއްޖޭގައި ގިނަ ދުވަސްތަކެއް ހިދުމަތްތައް ކުރެއްވި، އަމީނިއްޔާ ސްކޫލުގެ ކުރީގެ ޕްރިންސިޕަލް ކުސުމް ވެލިކަލާ އިއްޔެ އަވަހާރަ ވެއްޖެ އެވެ.

ވީ ކިހިނެއް؟ - އަމީނިއްޔާގައި ގިނަ އަހަރު ވާންދެން ހިދުމަތް ކުރެއްވި ވެލިކަލާ އަކީ ގިނަ ދަރިވަރުންނާއި ޓީޗަރުންގެ ލޯތްބާއި އިހްތިރާމް ލިބިވަޑައިގެންނެވި ޕްރިންސިޕަލެކެވެ. އެހެންވެ، ސްރީ ލަންކާގެ އެ ޓީޗަރު އަވަހާރަވި ހަބަރާއެކު އޭނާގެ ކުރީގެ ދަރިވަރުންނާއި ޓީޗަރުން ދަނީ ތައުޒިޔާ ކިޔަމުންނެވެ.

ބުނީ ކީކޭ؟ - އަމީނިއްޔާ ސްކޫލުން ބުނި ގޮތުގައި، ވެލިކަލާ ވަނީ އެތައް ހާސް ދަރިވަރުންނާއި ޓީޗަރުންނަށް މަގުދައްކައިދީ، ކުރިއަށްދާން ހިތްވަރުދީ، އެއްބާރުލުން ދީފަ އެވެ. އޭނާއަކީ އަމީނިއްޔާ ސްކޫލުގެ ފެންވަރު މަތިކުރުމަށް، މުހިއްމު ރޯލެއް އަދާކުރެއްވި ބޭފުޅެއް ކަމަށް ވެސް އެތަނުން ބުންޏެވެ.

ވެލިކަލާ އަކީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީގެ ވެސް ޕްރިންސިޕަލް އެވެ. އެހެންވެ، އޭނާގެ ވަކިވުން، މިނިސްޓަރު ފާހަގަ ކުރެއްވީ ހިތާމައާ އެކުގަ އެވެ.

އައިޝަތު އަލީ ވިދާޅުވި ގޮތުގައި:

  • ދިވެހި އަންހެން ކުދިންގެ ތައުލީމުގައި ވެލިކަލާގެ ހިއްސާ ބޮޑު

  • އެހެންވެ، ތައުލީމީ ދާއިރާއަށް އޭނާއަކީ އަގުހުރި ބޭފުޅެއް

"މި ހިތާމަވެރި ދަނޑިވަޅު، އާއިލާއަށް ތައުޒިޔާ ކިޔަން،" ސޯޝަލް މީޑިއާގެ ޕޯސްޓެއްގައި މިނިސްޓަރު ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް