ސްޓެލްކޯ ހެޑް އޮފީސް (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ސްޓެލްކޯ

ސިސްޓަމް ޓެސްޓުތަކެއް ހަދާތީ މާދަމާ ހެނދުނު މާލެ، ހުޅުމާލެ އިން ކަރަންޓު ކެނޑިދާނެ

ކަރަންޓު ކެނޑޭނެ ކަމަށް ސްޓެލްކޯ އިން ލަފާކުރަނީ ހެނދުނު 7 އާއި 9 އާ ދެމެދު

ސްޓެލްކޯގެ ސިސްޓަމް ޓެސްޓުތަކެއް ހެދުމުގެ މަސައްކަތް މާދަމާ ކުރަން ނިންމާފައިވާތީ، އެ މަސައްކަތް ކުރާ ވަގުތު މާލެ އާއި ހުޅުމާލެ އިން ކަރަންޓުގެ ހިދުމަތް މެދުކެނޑިދާނެ ކަމަށް އެ ކުންފުނިން މިރޭ ބުނެފި އެވެ.

ކަރަންޓު ކެނޑޭނެ ކަމަށް ލަފާކުރަނީ މާދަމާ ހެނދުނު 7 އާ 9 އާ ދެމެދު އެވެ.

ކީއްވެ؟ - ސްޓެލްކޯ އިން ކުރި ޓްވީޓެއްގައި ބުނީ، މާދަމާ ކުރާ ސިސްޓަމް ޓެސްޓުތަކަކީ އެ ކުންފުނިން ދޭ ހިދުމަތް އިތުރަށް ފުރިހަމަ ކުރުމަށް ކުރަން ޖެހޭ ޓެސްޓުތަކެއް ކަމަށެވެ.

ގުޅުންހުރި - މިދިޔަ އަންގާރަ ދުވަހު ވެސް މާލެ އާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ވަނީ ކަރަންޓު ކެނޑިފަ އެވެ. އެ ދުވަހު ކަރަންޓު ދިޔައީ ޓެކްނިކަލް މައްސަލައެއް ދިމާވެގެން ކަމަށް ސްޓެލްކޯ އިން ބުންޏެވެ. ނަމަވެސް ދިމާވީ ސީދާ ކޮން މައްސަލައެއް ކަމެއް ނުބުނެ އެވެ.

މާލެ އާއި ހުޅުމާލެ އިން މާދަމާ ކަރަންޓު ކެނޑިދާނެ ކަމަށް ބުނެފައިވާއިރު މާލޭ ފިފްތު ޕަވާ ޕްރޮޖެކްޓުގެ ދަށުން ދެ އަވަށުގެ ކަރަންޓު ވިއުގަ ވަނީ ގުޅާލައިފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް