ބައިސްކޯފުން އިންތިޒާމްކޮށްގެން 29 އޮކްޓޯބަރު 2022 ގައި ހުޅުމާލެ ދުވާ ޓްރެކްގައި ބޭއްވި ޗަނާޗާ ޝޯ (ދައުރު ފޮޓޯ/ އަބްދުﷲ ޔަޝާއު)
އާ އަހަރަށް ހަވާއެރުވުމާ އެކު މިއުޒިކް ޝޯއެއް
އާ އަހަރަށް މަރުުހަބާ ކިޔުމަށް މި އަހަރުވެސް ހަވާ އެރުވުމާ އެކު މިއުޒިކް ޝޯއެއް ބާއްވަން ނިންމައިފި އެވެ.
ތަފްސީލް - ދިވެހި މިއުޒީޝަނުންގެ އިތުރުން އިންޑިއާގެ ލަވަކިޔުންތެރިޔާ ޕާވްނީ ޕާންޑޭ ވެސް ޕާފޯމް ކުރާނެ މިއުޒިކް ޝޯ އިންތިޒާމު ކުރަނީ ޔޫތު މިނިސްޓްރީ އިންނެވެ. އެގޮތުން:
-
ޑިސެމްބަރު މަހުގެ 31 ވާ ހޮނިހިރު ދުވަހުގެރޭ 8:30 އިން ފެށިގެން އެ ޝޯ ހުޅުމާލޭ ސިންތެޓިކް ޓްރެކުގައި ކުރިއަށްދާނެ
-
'މޯލްޑިވްސް ވާއު ފެސްޓް'ގެ ނަމުގައި ބާއްވާ ޝޯ ގައި ޕާފޯމް ކުރާނެެ ދިވެހި މިއުޒިކް ބޭންޑުތަކުގެ ތެރޭގައި ހަބޭސް، ހަބޭސް ފިއުޝަން އަދި ލެވިޓޭޝަން ބައި ހަބޭސް ހިމެނޭ
ޕާވްނީ ޕާންޑޭ
-
ޒީޓީވީ އިން ގެނެސްދޭ 'ސާ ރޭ ގާ މާ ޕާ ލިޓްލް ޗެމްޕްސް' ގައި ބައިވެރިވި
-
އޭގެ ފަހުން 'އިންޑިއަން އައިޑަލް'ގައި ވެސް ބައިވެރިވި
-
މިހާރު އުމުރުން 30 އަހަރުގެ ޕާވްނީ މަޝްހޫރުވީ ފިލްމު 'ރައީސް' ގައި ހިމެނޭ 'ލައިލާ މެ ލައިލާ' ލަވައިން
ގުޅުން ހުރި - މިދިޔަ އަހަރުގެ އާ އަހަރު ޝޯ އަށް ބޮލީވުޑްގެ ލަވަކިޔުންތެރިޔާ އަންކިތު ތިވާރީ ރާއްޖެ ގެނަ އެވެ.
ކުރީގެ ސަރުކާރުން ވަނީ ބޭރުގެ ފަންނާނުން ގެނެސް، ވަރަށް ކުލަގަދަކޮށް އާ އަހަރުގެ ޝޯ ބާއްވައިފަ އެވެ. އާ އަހަރުގެ ޝޯތަކަށް ގެނައި އިންޑިއާ ފަންނާނުންގެ ތެރޭގައި ޕްރިޔަންކާ ޗޯޕްރާ، ރާހަތު ފަތޭ އަލީ ހާން، މިކާ ސިންގް އަދި އަރްމާން މަލިކު ހިމެނެ އެވެ.
އޭގެ އިތުރުން، ޕާކިސްތާނުގެ މަޝްހޫރު ލަވަކިޔުންތެރިޔާ އާތިފް އަސްލަމް އާއި އެމެރިކާގެ ފަންނާނު އޭކަން ވެސް ރާއްޖޭގައި ޝޯ ދީފައިވެ އެވެ.