އެމްއެމްޑަބްލިޔު މޯލްޑިވްސްގެ ވޮލަންޓިއަރުން ރޯދަމަހު ބިދޭސީން ރޯދަ ވީއްލުމަށް ކާބޯތަކެތި ބެހުމުގެ މަސައްކަތުގައި

ނިރުފެހިގެ އަލިފާން: ގެއްލުންވި އާއިލާތަކަށް 300،000ރ. ދެނީ

މީގެ ތެރެއިން ގިނަ ފައިސާ މިހާރު ވަނީ ހާލުގައި ޖެހުނު މީހުންނަށް ދީފައި
12 ޑިސެމްބަރު 2022

މ. ނިރުފެހިގޭގައި ހިނގި އަލިފާނުގެ ހާދިސާގައި މަރުވި މީހުންނާއި ހާލުގައި ޖެހުނު ބިދޭސީންނަށް އެހީގެ ގޮތުގައި 300،000 ރުފިޔާ، މިޝަން ފޯ މައިގްރެންޓް ވޯކާސް މޯލްޑިވްސް (އެމްއެމްޑަބްލިއުއެމް) އިން ދޭން ނިންމައިފި އެވެ.

ވީ ކިހިނެއް؟ - ގްރައުންޑް ފްލޯ ހިމެނޭ ގޮތުން ޑެކް އަޅައިގެން ތިން ބުރިއަށް ހަދާފައިވާ ރޭ ނިރުފެހި ގޭގައި އަލިފާން ރޯވީ މި މަހުގެ 9 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގަ އެވެ. ގިނަ އަދަދަކަށް ބިދޭސީން ދިރިއުޅެމުން އައި އެ ގޭގައި ރޯވި އަލިފާނުގައި 10 ބިދޭސީން ވަނީ މަރުވެފަ އެވެ. މަރުވި މީހުންގެ އިތުރުން، އިތުރު 13 ބިދޭސީ އަކު ވެސް އެ ހާދިސާގައި ހާލުގައި ޖެހުނެވެ.

ތަފްސީލް - ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ ހައްގުތަކަށް މަސައްކަތް ކުރާ ޖަމިއްޔާއިން އެހީގެ ފައިސާ އެއްކުރީ، އެ ޖަމިއްޔާއިން ހިންގި ފަންޑް ރައިޒިން ކެމްޕޭނަކުންނެވެ. އެމްއެމްޑަބްލިއުއެމް އިން ބުނިގޮތުގައި:

  •  ދެ ދުވަހުގެ މުއްދަތަށް ހިންގި އެ ކެމްޕޭނުގައި ޖުމްލަ 300،000 ރުފިޔާ ލިބުނު

  • މަރުވި އަދި ހާލުގައި ޖެހުނު 23 ބިދޭސީންނަށް މިހާތަނަށް 172،675 ރުފިޔާ ވަނީ މިހާރު ދީފައި

  • މަރުވި މީހުންގެ އާއިލާތަކަށް ގުޅައި، ބޭންކު މެދުވެރިކޮށް ބާކީ ފައިސާ ދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ޖަމިއްޔާއިން ބުނޭ

9 ނޮވެމްބަރު 2022 ވަނަ ދުވަހުގެ ރޭ ނިރުފެހި ގޭގައި ހިނގި އަލިފާނުގެ ހާދިސާގައި ފުރަތަމަ ރޯވި ގަރާޖު އަނދާފައި (ދައުރު ފޮޓޯ)

ބުނީ ކީކޭ؟ - އެމްއެމްޑަބްލިއުއެމް އިން ބުނިގޮތުގައި ފައިސާ އެއްކުރުމުގެ ހަރަކާތަށް ގިނަ ފަރާތްތަކެއްގެ އެހީތެރިކަމެއް ލިބުނެވެ. އޭގެ ތެރެއިން ބޭންކް އޮފް މޯލްޑިވްސް އިން ދިން ބޮޑު އެހީއަށް އެ ޖަމިއްޔާއިން ޝުކުރު އަދާކުރި އެވެ. އޭގެ އިތުރުން، ފޮރިން މިނިސްޓްރީ އާއި އިންޑިއާ އާއި ބަންގްލަދޭޝް ހައިކޮމިޝަން އަދި ނެޝަނަލް ޑިޒަސްޓާ މެނޭޖްމެންޓުން ދިން އެހީތެރިކަން ވެސް އެ ޖަމްއިއްޔާއިން ފާހަގަ ކުރި އެވެ.

އެނގުން މުހިންމު - މި ހާދިސާގައި މަރުވި އެންމެންގެ ހަށިގަނޑު  ވަނީ އެ މީހުންގެ ގައުމަށް ފަޮނުވާލާފަ އެވެ. މަރުވެފައި ވަނީ އިންޑިއާގެ އަށް މީހަކާއި ބަންގްލަދޭޝްގެ ދެ މީހެކެވެ. އެއީ:

  • އިންޑިއާގެ ފަސް ފިރިހެނުން އަދި ތިން އަންހެނުން

  • ބަންގްލަދޭޝްގެ އަންހެނަކާއި ފިރިހެނެއް

އިތުރު އާޓިކަލް

އިތުރު އާޓިކަލް