މާފަރު އެއާޕޯޓް (ފޮޓޯ/މޯލްޑިވިއަން)
މާފަރު އެއާޕޯޓް ބޮޑުކުރަން 27 މިލިއަން ޑޮލަރަށް އެމްޓީސީސީއާ ހަވާލުކޮށްފި
ނ.މާފަރު އެއާޕޯޓްގެ ރަންވޭ ބޮޑުކޮށް، އެ އެއާޕޯޓް އިތުރަށް ތަރައްގީކުރުމުގެ މަޝްރޫއު 27.2 މިލިއަން ޑޮލަރު (419.1 މިލިއަން ރުފިޔާ)އަށް އެމްޓީސީސީއާ މިއަދު ހަވާލުކޮށްފި އެވެ.
ވީ ކިހިނެއް؟ - ހައުސިން މިނިސްޓްރީން މިއަދު ބުނި ގޮތުގައި، އަބޫދާބީ ފަންޑުގެ ލޯނެއްގެ ދަށުން ކުރިއަށްގެންދާ އެ މަޝްރޫއުގައި އެމްޓީސީސީއާ އެކު މިއަދު އެއްބަސްވީ މާފަރު އެއާޕޯޓްގެ ދެވަަނަ ފޭސް ތަރައްގީކުރުމަށެވެ.
ތަފްސީލް - އެ މަޝްރޫއުގެ ދަށުން ކުރާނީ:
-
ރަންވޭ 650 މީޓަރަށް ދިގުކޮށް، ސްޓްރިޕް ފުޅާކުރުމަށް ބިން ހިއްކައި ތޮށިލުން؛ އޭރުން ބޮއިން 777ގެ ބޯޓްތައް ޖެއްސޭނެ
-
ޓެކްސީވޭ ފުޅާކުރުން
-
އޭޖީއެލް އަޕްގްރޭޑް ކުރުން
-
ޕަވަ ސިސްޓަމް އަޕްގްރޭޑް ކުރުން
ފާހަގަކޮށްލެވޭ ކަމެއް - އެމްޓީސީސީން އެ މަޝްރޫއު ނިންމަން ޖެހެނީ 365 ދުވަހުގެ ތެރޭގަ އެވެ. އެއީ އެއް އަހަރު ދުވަހެވެ.
އެނގުން މުހިންމު - އެ މަޝްރޫއަށް ޖީއެސްޓީގެ ގޮތުގައި ދައްކަން ޖެހޭ 25.1 މިލިއަން ރުފިޔާ ދައްކަނީ ބަޖެޓުންނެވެ. އެ މަޝްރޫއު ހިންގާނެ ފަރާތެއް ހޯދުމަށް މި ސަރުކާރުން މަސައްކަތް ކުރާތާ މިހާރު ވަނީ ދެ އަހަރެއްހާ ދުވަސްވެފަ އެވެ.
މާފަރު އެއާޕޯޓް:
-
2،200 މީޓަރުގެ ރަންވޭއެއް
-
އެއާބަސް އޭ320 އަދި ބޮއިންގް 737 މަރުކާގެ ބޯޓްތައް މިހާރު ޖެއްސޭ
-
އެ އެއާޕޯޓް ތަރައްގީކުރީ އަބޫދާބީ ފަންޑުގެ ލޯނެއްގެ ދަށުން
-
އެ އެއާޕޯޓަށް ސީދާ ރާއްޖެއިން ބޭރުން ބޯޓްތައް ޖައްސާ
-
ބޭރުގެ ޖެޓްތައް ގިނަ އަދަދަކަށް ހިދުމަތް ހޯދާ އެއާޕޯޓެއް