ޑޮކްޓަރުކަން ކިޔަވާ ދަރިވަރުންގެ ކްލިނިކަލް ޓްރެއިނިން ފެށުމަށް އޭޑީކޭ އާއި އެމްއެންޔޫއާ ދެމެދު މިދިޔަ ސެޕްޓެމްބަރުގައި އެއްބަސްވުމެއްގައި ސޮއިކުރުމުގެ ތެރެއިން. (ފޮޓޯ/އެމްއެންޔޫ)

އެމްއެންޔޫގެ ސިއްހީ ދާއިރާގެ ކޯސްތަކުގެ ދަރިވަރުންނަށް އޭޑީކޭގައި އިތުރު ތަމްރީނު ދެނީ

އެމްއެންޔޫން ހިންގާ ސިއްހީ ދާއިރާގެ ކޯސްތަކުގައި ތައުލީމު ހާސިލުކުރާ ދަރިވަރުންނަށް އޭޑީކޭގައި ތަމްރީނު ޕްރޮގްރާމްތައް ހިންގުމަށް ވަނީ ހަމަޖެހިފައި
6 ޑިސެމްބަރު 2022

ގައުމީ ޔުނިވަސިޓީ (އެމްއެންޔޫ)ގައި ސިއްހީ ދާއިރާގެ އެކި ކޯސްތަކުގައި ކިޔަވާ ދަރިވަރުންނަށް އޭޑީކޭ ހޮސްޕިޓަލުގައި ތަމްރީނު ފޯރުކޮށްދިނުމަށް އެ ޔުނިވަސިޓީ އާއި އޭޑީކޭއާ ދެމެދު މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ވީ ކިހިނެއް؟ - އެމްއެންޔޫގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، މި އެމްއޯޔޫގައި ސޮއިކުރެއްވީ:

  • އެމްއެންޔޫގެ ވައިސް ޗާންސެލަރު ޑރ. މުހައްމަދު ޝަރީފް 

  • އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް

ތަފްސީލް - މި އެއްބަސްވުމުގެ ދަށުން، އެމްއެންޔޫން ހިންގާ ސިއްހީ ދާއިރާގެ ކޯސްތަކުގައި ތައުލީމު ހާސިލުކުރާ ދަރިވަރުންނަށް އޭޑީކޭގައި ތަމްރީނު ޕްރޮގްރާމްތައް ހިންގުމަށް ވަނީ ހަމަޖެހިފަ އެވެ. މިހާރު ވެސް އޭޑީކޭ އިން އެމްއެންޔޫގެ ދަރިވަރުންނަށް އެކި ކަހަލަ ތަމްރީނު ޕްރޮގްރާމްތައް ހިންގަމުން އަންނައިރު، މިއަދު އެއްބަސްވީ އެފަދަ އިތުރު ޕްރޮގްރާމްތައް އެ ދަރިވަރުންނަށް ހިންގުމަށެވެ.

ގުޅުން ހުރި ކަމެއް - އެމްއެންޔޫގައި ޑޮކްޓަރުކަން ކިޔަވާ ދަރިވަރުންގެ އަމަލީ ތަޖުރިބާ އޭޑީކޭ ހޮސްޕިޓަލުގައި ފުރިހަމަކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ވެސް އެ ދެ ފަރާތުން ވަނީ މިދިޔަ ސެޕްޓެމްބަރުގައި އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. 

އެނގުން މުހިއްމު - ހޮސްޕިޓަލުގައި މަސައްކަތްކޮށްގެން ދަރިވަރުން ދަސްކުރަން ޖެހޭ ބައިތައް ކުރިއަށްގެންދިއުމަށް ރާއްޖޭގެ އެކި ހޮސްޕިޓަލުތަކާ އެކު އެމްއެންޔޫން މަސައްކަތް ކުރެ އެވެ. އެގޮތުން، އެ ޔުނިވަސިޓީން ހިންގާ ސިއްހީ ދާއިރާއާ ގުޅުން ހުރި ގިނަ ކޯސްތަކުގެ ޕްރެކްޓިކަލް ބައިތައް ކުރިއަށް ގެންދަނީ ހޮސްޕިޓަލުތަކުގަ އެވެ.

ގައުމީ ޔުނިވާސިޓީ

ޕްރޮފައިލް ޕޭޖް

އިތުރު އާޓިކަލް

އިތުރު އާޓިކަލް