ސްޓެލްކޯ ކުރިމަތި (ދައުރު ފޮޓޯ، އަބްދުﷲ އަނޫފް ޖުނައިދު)

ސްޓެލްކޯ

މާލޭގެ ބޮޑު ބަޔަކުން ކަރަންޓު ކެނޑިއްޖެ

12 އޮކްޓޯބަރު 2021

ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން މާލޭގެ ބޮޑު ބަޔަކުން ކަރަންޓު ކެނޑިއްޖެ އެވެ.

ވީ ކިހިނެއް؟ - މާލެއިން ކަރަންޓު ކެނޑުނީ މެންދުރު 12:10 އެހާކަންހާއިރު އެވެ. އެނގިފައިވާ ގޮތުގައި ހުޅުމާލެ، މާފަންނު، އަދި ގަލޮޅުގެ އެކި ހިސާބުތަކުން ވެސް ވަނީ ކަރަންޓު ކެނޑިފަ އެވެ.

ބުނީ ކީކޭ؟ - ސްޓެލްކޯ އިން ކުރި ޓުވީޓެއްގައި ބުނީ ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިފައިވާ ކަމަށެވެ. އަދި ދިމާވި މައްސަލަ ހައްލު ކުރެވި، ބައެއް ސަރަހައްދުތަކަށް މިހާރު ކަރަންޓު ދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ސްޓެލްކޯ އިން ބުންޏެވެ.

"ދިމާވާނެ ދަތިތަކަށް ކަސްޓަމަރުންގެ ކިބައިން ނިހާޔަތަށް މާފަށް އެދެން" އެ ޓުވީޓުގައިވެ އެވެ.

އާންމުންގެ ކަންބޮޑުވުން - މާލޭގެ ބޮޑު ބަޔަކުން ކަރަންޓް ކެނޑުނީ ސްކޫލުތަކަށް ކުދިން ގެންދާ ގަޑިއާ ދިމާކޮށެވެ. ކަރަންޓު ކެނޑިފައިވާ މާފަންނު ދެކުނުގައި ދިރިއުޅޭ ރައްޔިތަކު 'ދައުރު' އަށް ބުނީ، ކަރަންޓު ކެނޑުމުން ކުދިން ސްކޫލަށް ފޮނުވަން ދަތިވެފައިވާ ކަމަށެވެ.

އެނގުން މުހިންމު - މާލެއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް މާލެ އާއި ހުޅުމާލޭގެ އިންޖީނުގެ ކަރަންޓުގެ އެއް ވިއުގައަކުން ވަނީ ގުޅާލައިފަ އެވެ. އެއާއެކު ސްޓެލްކޯއިން ދޭ ހިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުވެ، އެކަމުގެ ފައިދާތައް ރައްޔިތުންނަށް ލިބޭނެ ކަމަށް ސްޓެލްކޯ އިން ބުނެ އެވެ. 

ސްޓެލްކޯއިން  ކުރިން ބުނީ، މާލެ އާއި ހުޅުމާލޭގެ އިންޖީނުގެ އެއް ވިއުގައަކުން ގުޅާލުމުން ކަރަންޓުގެ ޑިމާންޑާ އެއްވަރަށް ކަރަންޓު ފޯރުކޮށްދެވޭނެ ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް