ހިބަރުގެ ތުންގަނޑެއް ހެރިގެން މަރުވި އާދަމް އަބްދުއްރަހީމް (އިގޫ/ދާން)، ހިބަރު ހަމަލާދިނީ ސީދާ އޭނާގެ ހިތަށް. (ފޮޓޯ/އާދަމްގެ އިންސްޓަގްރާމް އެކައުންޓް)
ފީނަން އުޅުނު ޒުވާނެއްގެ މެޔަށް ހިބަރެއްގެ ތުންގަނޑު ހެރިގެން މަރުވެއްޖެ
ބ. މާޅޮހުން ފީނަން ނުކުމެ އުޅުނު ޒުވާނެއްގެ މެޔަށް ހިބަރެއްގެ ތުންގަނޑު ހެރިގެން މަރުވެއްޖެ އެވެ.
ވީ ގޮތް - މާޅޮހު ކައުންސިލްގެ ރައީސް އަބްދުﷲ ޝުޖާއު 'ދައުުރު' އަށް މިއަދު ވިދާޅުވީ އެ ޒުވާނާއަށް ހިބަރެއް ހަމަލާ ދިނީ މިއަދު ހަވީރުގެ ވަގުތެއްގައި ޑައިވް ނިންމާލާފައި ރަށަށް އައި މަގުމަތީގައި ދަރަވަންދޫ ކައިރިން ކޯ މަސްތަކެއް ފެނިގެން އަނެއްކާ ވެސް ފީނަން ފޭބިތަނުން ކަމަށެވެ.
"ހިބަރުގެ ތުން ވަދެފައިވަނީ ސީދާ ހަމަ ހިތަށް ކަމަށް ޑޮކްޓަރު ބުނަނީ. އޭދަފުށްޓަށް ގެނައި އިރުވެސް އެއްވެސް ހަރަކާތެއް ނެތް،" މިވަގުތު އޭދަފުށީގައި ހުރި ސުޖާއު ވިދާޅުވި އެވެ.
-
ހާދިސާ ހިނގިއިރު ޓޫރިސްޓަކާ އިތުރު ދިވެއްސަކު އޭނާއާ އެކު ހުރި.
ހިބަރުގެ ތުންގަނޑު ވަދެފައިވަނީ ސީދާ ހަމަ ޒުވާނާގެ ހިތަށް.
މަރުވި ޒުވާނާގެ ވަނަވަރު - އޭނާގެ ރަހުމަތްތެރިއަކު ނަން ނުޖަހާ ގޮތަށް 'ދައުރު'އަށް ކަށަވަރުކޮށް ދިން ގޮތުގައި މަރުވެފައި ވަނީ މާލެއަށް ނިސްބަތްވާ އާދަމް އަބްދުއްރަހީމް (އިގޫ/ދާން) އެވެ.
-
އާދަމް އަކީ "މޯލްޑައިވާޒް"ގެ ނަމުގައި މާޅޮހުގައި ޑައިވް ސެންޓަރެއް ހިންގާ ޒުވާނެއް
-
ޑައިވް ސެންޓަރު ހިންގާތާ 4 އަހަރުވެއްޖެ
-
މާލެއަށް ނިސްބަތްވާ އެ ޒުވާނާ ކައިވެންޏެއް ކޮށްފައެއް ނުވޭ
ފުލުހުންގެ ބަސް - ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު 'ދައުރު'އަށް ވިދާޅުވީ އެ ހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބުނީ މިއަދު ހަވީރު 4:20 ގައި ކަމަށެވެ.
އެނގުން މުހިންމު - އޭނާގެ ހަށިގަނޑު މިރޭ މާލެ ގެނައުމަށް ވަނީ ހަމަޖެހިފަ އެވެ.
ކޮމެންޓް (3)
އަހުމަދު އުބައިދު
ދިދަ ދަނޑި
ރަމްޒު