"ނަވިއޯސް އަމާރީލިސް" ކ. ރަސްފަރީ ފަރަށް އަރާފައި. ބޯޓުގެ ސަބަބުން ތިމާވެއްޓަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދާނެ. (ދައުރު ފޮޓޯ)

އީޕީއޭ

މޫސުން ގޯސްވެ، ރަސްފަރީ ފަރަށް ލިބުނު ގެއްލުން ބަލަން ހުރަސްތަކެއް ކުރިމަތި ވެއްޖެ

އީޕީއޭއިން ބުނީ ބޯޓަށް ރާއްޖެއިން ފުރޭނީ ރަސްފަރީއަށް ލިބުނު ގެއްލުންތައް ދެނެގަނެ ބަދަލުގެ ގޮތުގައި ދޭން ޖެހޭ ފައިސާ ދިނުމުން ކަމަށް
8 ސެޕްޓެމްބަރު 2021

ކ. ރަސްފަރީ ފަރަށް އެރި ނަވިއޯސް އަމާރީލިސް ބޯޓުގެ ސަބަބުން ލިބުނު ގެއްލުންތައް ބަލާ އަދިވެސް ނުނިމޭ ކަމަށާއި އެހެންވެ އެ ބޯޓު ފުރުމުގެ ހުއްދަ އަދިވެސް ނުދޭ ކަމަށް އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން މިއަދު ބުނެފި އެވެ.

ވީ ކިހިނެއް؟ - ޕެނަމާގައި ރެޖިސްޓްރީކޮށްފައިވާ ނަވިއޯސް އަމާރީލިސް، މިދިޔަ މަހުގެ 16 ވަނަ ދުވަހު އިންޑިއާގެ ޓުޓިކޮރިން އިން ފުރައިގެން ދެކުނު އެފްރިކާ އަށް ދަތުރު ކުރަމުންދަނިކޮށް ބޯޓުގެ އިންޖީނުގެ ތިން ވަނަ ޔުނިޓު މާބޮޑަށް ހޫނު ގަދަވެގެން ނިއްވާލަން ޖެހުމުން، އޮޔާދާން ފެށީ އެވެ. އޭރު އެ ބޯޓު އޮތީ ރަސްފަރީ ކައިރީ އެވެ.

ރަސްފަރީ ފަރަށް ބޯޓު އެރި ގޮތް ދައްކައިދޭ އިންފޮގްރެފިކެއް. (ދައުރު އިންފޮގްރެފިކް/މުސްތަފާ މުހައްމަދު)

ގާތްގަނޑަކަށް 17 ވަރަކަށް ގަޑިއިރު އޮޔާ ގޮސް، ހިމާޔަތްކޮށްފައިވާ ރަސްފަރީ ފަރުގެ އެކި ހިސާބުގައި ޖެހެމުން ޖެހެމުން ގޮސް ބޯޓު އެންމެ ފަހުން ފަރަށް އުރުނީ، ޖެހިގެން އައި ދުވަހުގެ ހެނދުނު 7 ޖަހަން އުޅެނިކޮށެވެ.

  • ބޯޓު ފަރަށް އެރިތާ 10 ދުވަސްފަހުން، ބޯޓު ފުންކުރެވުނީ މިދިޔަ މަހުގެ 29 ވަނަ ދުވަހު.

އީޕީއޭގެ ބަސް - ބޯޓު ފަރަށް އެރުމުން، ފަރަށް ލިބުނު ގެއްލުންތައް ބެލުމުގެ މަސައްކަތް އީޕީއޭ އިން ފެށި ނަމަވެސް މޫސުން ގޯސްވުމުގެ ސަބަބުން އެ މަސައްކަތަށް ހުރަސް އެޅިފައިވާ ކަމަށެވެ. އެހެންވެ، އެ މަސައްކަތް ނިންމާލެވޭނެ ދުވަހެއް ނޭނގޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"ބޯޓު އޮތީ ރާއްޖޭގައި. ސާވޭ ނިމި، ޖޫރިމަނާ ކަނޑައަޅާ، ފައިސާ ދައްކާ ނިމުނީމާ ފުރޭނީ،" ނައީމް ވިދާޅުވި އެވެ.

އެނގުން މުހިއްމު -  ރަސްފަރީ ފަރަކީ ހިމާޔަތްކޮށްފައިވާ ސަރަހައްދަކަށް ވާއިރު، ބޮޑު ޖޫރިމަނާއެއް ދައްކަންޖެހޭނެ ކަމަށް ލަފާކުރެވެ އެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް