ރައީސް ސޯލިހް ބިލު ތަސްދީގު ކުރައްވަނީ(ފޮޓޯ/ ރައީސް އޮފީސް)

ނިކަމެތިންނަށް ކަރަންޓު ބިލުން ލުއި ދޭން ލާޒިމްކުރާ ބިލު ރައީސް ތަސްދީގު ކުރައްވައިފި

ތަނަވަސްކަން ނެތް ފަރާތްތަކަށް ހިދުމަތް ގުޅައިދިނުމުގަ އާއި ހިދުމަތް ކަނޑާލުމުގައި އަދި ބިލް ދެއްކުމުގައި ލުއި ގޮތްތަކެއް ލިބޭނެ

ނިކަމެތިންނަށް ކަރަންޓަން ބިލުން ލުއި ދޭން ލާޒިމްކޮށް، މަޖިލީހުން ފާސްކުރި ހަކަތައިގެ ބިލު ރައީސް ސޯލިހް ތަސްދީގު ކުރައްވައިފި އެވެ.

ބިލުގެ ފެށުން - ހަކަތަ އުފައްދައި ފޯރުކޮށްދިނުމާ ގުޅޭ އުސޫލުތައް އެކަށަ އަޅައި ހިދުމަތް ހޯދާ ފަރާތްތަކުގެ ހައްގުތައް ހިމާޔަތް ކުރުމުގެ މަގުސަދުގައި ސަރުކާރުގެ ފަރާތުން އެ ބިލު މަޖިލީހަށް ހުށަޅީ 6 ޑިސެމްބަރު 2019ގަ އެވެ. އެ ބިލް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުއްވީ:

  • އިނގުރައިދޫ ދާއިރާ މެންބަރު ހަސަން އަހުމަދު

ކޮމިޓީ މަރުހަލާގައި ގެނައި އިސްލާޙުތަކަާ އެކު ބިލު މަޖިލީހުން ފާސް ކުރީ މިދިޔަ މަހު21 ގަ އެވެ. ބިލް ފާސްވީ،45 މެންބަރުންގެ ވޯޓުންނެވެ.

ބިލުގައިވާ ގޮތުގައި ހިދުމަތް ހޯދުމަށް ފައިސާ ދެއްކުމުގެ ތަނަވަސްކަން ނެތް ފަރާތްތަކަށް ހިދުމަތް ގުޅައިދިނުމުގަ އާއި ހިދުމަތް ކަނޑާލުމުގައި އަދި ބިލް ދެއްކުމުގައި ލުއި ގޮތްތަކެއް އިންތިޒާމް ކުރަން ޖެހެ އެވެ.

އެ ބިލުގައި ނިކަމެތިން ކަނޑައަޅާނެ އުސޫލުތަކުގެ ގޮތުގައި ބުނެފައި ވަނީ:

  • ނިކަމެތިންގެ ދަފްތަރެއް އެކުލަވާލުން

  • އެ ދަފްތަރު ބަލަހައްޓާނީ ކޮންމެ ރަށެއްގެ ކައުންސިލް މެދުވެރިކޮަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީއިން

ނިކަމެތިންނަށް ދޭނީ ކިހާ ވަރެއްގެ ލުއިތަކެއް ކަމެއް ބިލުގައި ބަޔާންކޮށްފައި ނުވާއިރު އެ ލުއިތައް ކަނޑައަޅަން ޖެހެނީ ހަދާ ގަވާއިދުތަކުންނެވެ.

ކަރަންޓު ހިދުމަތުން އަގު ކަނޑައެޅުން

މީހުން ދިރިއުޅޭ ރަށްރަށުގައިދޭ ކަރަންޓުގެ ހިދުމަތުން ނެގޭނެ އެންމެ މަތީ މަގު ކަނޑައަޅާނީ އެ ގާނޫނުގެ ދަށުން ހަދާ ގަވައިދުގައިވާ ގޮތުގައި މަތިން ޔުޓީލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން ކަމަށް ބިލުގައި ބުނެފައިވެ އެވެ. އެގޮތުން ބުނެފައި ވަނީ:

  • އެ އޮތޯރިޓީން ކަނޑައަޅާ އަގަށް ވުރެ ކުޑަ އަގެއްގައި ކަރަންޓު ވިއްކުމަށް ކައުންްސިލުން ކަނޑައެޅިދާނެ

  • އެ އޮތޯރިޓީން ކަނޑައަޅާ އަގަށް ވުރެ ކުޑަ އަގެއް ކަނޑައަޅާ ނަމަ، އަގުގެ ފަރަގު ހިދުމަތް ފޯރުކޮށްްދޭ ފަރާތަށް ދައްކާނެ އިންތިޒާމް އެ ކައުންސިލުން ހަމަޖައްސަން ވާނެ

  • އަގުގެ ފަރަގު ދައްކަން ޖެހޭ ހާލަތެއްގައި އެ ރަށަކަށް ނުވަތަ ސިޓީއަކަށް ދައުލަތުގެ އަހަރީ ބަޖެޓުގެ ފައިސާ ހަރަދު ނުކުރެވޭނެ

ޔުޓިލިޓީ އޮތޯރިޓީން އަގު ކަނޑައެޅުމުގައި ބަލަން ޖެހޭ ކަންތައްތައް ވެސް ބިލުގައި ހިމަނާފައިވެ އެވެ. އެގޮތުން:

  • ކަރަންޓު އުފެއްދުމާއި ފޯރުކޮށްދިނުމަށް ކުރަން ޖެހޭ ހަރަދާއި ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލަށް ބެލުން

  • އާންމު ރައްޔިތު މީހާގެ ދިރިއުޅުމުގެ ހާލަތައް ވެސް ރިއާޔަތް ކުރަން ޖެހޭ

އިތުރަށް ކިޔާލަން -

އިތުރު އާޓިކަލް

އިތުރު އާޓިކަލް