ނަދީމް މަރުގެ މައްސަލައިގައި ދައުވާ އުފުލި މީހުން: ތޫނު އެއްޗެއް ބޭނުންކޮށްގެން މީހަކު މެރުމުގެ ދައުވާ އުފުލި މަފާޒު (ކ-2).

ނަދީމް މަރާލި މައްސަލަ މަފާޒުގެ މައްޗަށް ސާބިތެއް ނުވި

ކިންގެ ހެކި ބަހުގައި ހުރި ފުށުއެރުންތަކުގެ އިތުރަށް، ނަދީމަށް ހަމަލާދިން ވަޅި އާއި ހަމަލާދިން ވަގުތު ބޭނުންކުރި މާސްކުން މަފާޒުގެ ޑީއެންއޭ ވެސް ފެނިފައެއް ނުވޭ
14 ނޮވެމްބަރު 2022
5

ޓާމިނަލް ކެފޭ ތެރޭގައި ހުއްޓާ ތޫނު އެއްޗަކުން ބޮޮލަށް ހަމަލާދީ މަރާލި ނަދީމް އަބްދުއްރަހީމްގެ މަރުގެ މައްސަލައިގައި ގަސްތުގައި މީހަކު މެރުމުގެ ދައުވާ އުފުލި މުހައްމަދު މަފާޒުގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

މައްސަލައިގެ ފެށުން - ޖުލައި 2017ގައި ނަދީމް މަރާލީ، ސައިކަލުތަކެއްގައި އައި ބައެއްގެ ތެރެއިން މޫނު ނިވާކޮށްގެން ތިބި ދެ މީހަކު ޓާމިނަލް ކެފޭ ތެރެއަށް ވަދެ، އޭނާގެ ބޮލަށް ވަޅިން ހަމަލާ ދީގެންނެވެ. އެ މައްސަލައިގައި ދައުލަތުން  ދައުވާކުރި މީހުންނަކީ:

  • މުހައްމަދު މަފާޒު ހުސެއިން ސަލީމް، ގ. ޝާރާޒް

  • އަލީ ނިފާޒު، ލ. ގަން/ވިދާތަރި

  • ހުސެއިން ޝާމީން، ރ. އިންނަމާދޫ/ސަމަންތާ

  • މުހައްމަދު ކަރަމް ސުހައިލް، ގއ. ގެމަނަފުށި/ހަވާސް

  • ކުޑަކުއްޖެއް (އޭނާގެ މައްސަލަ ކުރިއަށްދަނީ ޖުވެނައިލް ކޯޓުގައި)

މަފާޒަށް ތޫނު އެއްޗެއް ބޭނުންކޮށްގެން މީހަކު މެރުމުގެ ދައުވާ ކުރިއިރު، ދެން ތިބި މީހުންގެ މައްޗަށް ކުރީ ގަސްތުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ އެވެ. 

ތަފްސީލް - ނަދީމް މަރާލި މައްސަލައިގައި އޭނާގެ ބޮލަށް ވަޅިން ހަމަލާދިން ކަމަށް ފުލުހުން ތުހުމަތު ކުރަނީ މަފާޒަށެވެ. މިކަމަށް އޭނާ ވަނީ އިންކާރުކޮށްފަ އެވެ. އަޑުއެހުންތައް ނިންމާލިތާ އަށް މަސް ފަހުން ހުކުމް އިއްވަން މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި، މައްސަލަ ބައްލަވާ ގާޒީ އަހުމަދު ފާއިޒުު ރަޝާދު ފަހަގަކުރެއްވި ގޮތުގައި:

  • ސިއްރު ހެކިންގެ ތެރެއިން ދެ ހެއްކެއްގެ ހެކި ބަސް އަނބުރާ ގެންދިޔަ

  • އެ ދެ ހެކިން ބުނީ މަފާޒު ފެނުނު ކަމަށް ބުނީ "ހީވި ހީވުމެއްގެ މައްޗަށް" ކަމަށް

  • ދެ ހެކިން ވެސް އެދުނީ އަލުން ހެކިބަސް ނަގައިދޭން

  • ދައުލަތުން ބުނީ މިއީ ބިރު ދައްކައި ނުފޫޒު ފޯރުވައިގެން ކުރި ކަމެއް ކަމަށް

  • މިކަން ސާބިތުކޮށްދޭން އިންޓެލިޖެންސް ރިޕޯޓެއް ހުށަހެޅި

ނަދީމްއަށް ހަމަލާ ދިން ތަނުން މަފާޒުގެ މޫނު ފެނުނު ކަމަށް ބުނީ ހެކިބަސް އަނބުރާ ގެންދިޔަ ދެ ސިއްރު ހެކިވެރިންނެވެ. މަފާޒުގެ މޫނު ފެނުނު ކަމަށް އިތުރު ހެއްކަކު ހެކިބަސް ދީފައެއް ނުވެ އެވެ.  އޭގެ އިތުރުން، މި މައްސަލައިގައި ހެކިބަސް ދޭން ތިބި ސިއްރު ހަތަރު ހެއްކަކު ވަނީ ހެކިބަސް ދޭން ބޭނުން ނުވާ ކަމަށް ކޯޓަށް އަންގާފަ އެވެ.

މި ހުރިހާ ކަމަކީ ވެސް ބިރުދައްކައި ނުފޫޒު ފޯރުވައިގެން ކުރި ކަންކަން ކަމަށް ބުނެ ދައުލަތުގެ ވަކީލުން ވަނީ އެ މީހުން ތަހުގީގަށް ދީފައިވާ ބަޔާނަށް ރިއާޔަތްކޮށް ހުކުމް ކުރައްވަން ގާޒީ އަރިހުން އެދިވަޑައިގެންފަ އެވެ.

ނަމަވެސް، ދައުލަތުން ބުނާ ބުނުމެއްގެ މައްޗަށް ނުފޫޒު ފޯރުވި ކަމަށް ކަނޑަނޭޅެނެކަން ގާޒީ ފާއިޒު ފާހަގަކުރެއްވި އެވެ. އޭނާ ވިދާޅުވީ މި މައްސަލައިގައި ފުލުހުންނާއި ޕީޖީ އޮފީހުން ބުނާ ވާހަކަތައް ސާބިތުކޮށްދޭން އެކަށީގެންވާ މަސައްކަތެއް ކޮށްފައި ނުވާ ކަމަށެވެ.

ހެކިންގެ ހެކި ބަހުގައި ހުރި ފުށުއެރުންތަކުގެ އިތުރަށް، ނަދީމަށް ހަމަލާދިން ވަޅި އާއި ހަމަލާދިން ވަގުތު ބޭނުންކުރި މާސްކުން މަފާޒުގެ ޑީއެންއޭ ވެސް ފެނިފައެއް ނުވެ އެވެ. 

ކޮމެންޓް (5)

ެިރިކޫ

14 ނޮވެމްބަރު 2022
ސުބުހާނަﷲ ދޮގު ހެކި ދިނުމުގައި ހުރި ނުބައިކަން މި މީހުންނަށް އަޅެ ނޭނގެނީތ؟
0 0

ހުމޫދު

14 ނޮވެމްބަރު 2022
ލޮލަށް ފެނުން ހެކިން ކޮބާތަ؟
0 0

އަންމީ

14 ނޮވެމްބަރު 2022
އާނ. މި ދުނިޔޭގައި ނުލިބޭނެ އިންސާފެއް
0 0

މަފާޒް

14 ނޮވެމްބަރު 2022
ނުފެންނާނެ އާނ! މިނޫންވެސް ދުވަހެއް އެބައޮތް! އިންޝަﷲ އެދުވަހަކުން ބުނެވޭނެ އެއްޗެއް ނޯންނާނެ! އަމިއްލަ ގުނަވަންތައްވެސް ހެކިބަސް ދޭނެ!
0 0

އެސްބީ

14 ނޮވެމްބަރު 2022
އެންމެ ދައުވާއެއް ދޯ ކުރީ ވެސް...
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް