ނިރުފެހިގޭގެ އަލިފާނުގެ ހާދިސާއަށް ފަހު: މިއީ މިހާތަނަށް ހިނގި އެންމެ ހިތާމަވެރި އަލިފާނުގެ ހާދިސާ (ދައުރު ފޮޓޯ/މުޒައްޔިން ނާޒިމް)

ނިރުފެހި އަލިފާނުގެ ހާދިސާ: 33 މީހުން އަދިވެސް ވަގުތީ ބޯހިޔާވަހިކަމުގައި، 135،000ރ. ހަރަދުވެއްޖެ

ނިރުފެހި ގޭގައި ދިރިއުޅެމުން ދިޔަ މީހުންގެ އިތުރުން އެ ގެއާ އިންވެގެން ހުރި ގެތަކުގެ ބައެއް މީހުންނަށް ވެސް އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުން
13 ނޮވެމްބަރު 2022
2

މ. ނިރުފެހި ގޭގައި ހިނގި އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު 33 މީހަކު އަދިވެސް ތިބީ ވަގުތީ ބޯހިޔާވަހިތަކުގައި ކަމަށާއި، އެ މީހުންނަށް މިހާތަނަށް 135،000 އަށް ވުރެ ގިނަ ރުފިޔާ ހަރަދުވެއްޖެ ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް (އެންޑީއެމްއޭ) އިން މިރޭ ބުނެފި އެވެ.

އެނގުން މުހިންމު - މިހާތަނަށް ރާއްޖޭގައި ހިނގި އެންމެ ހިތާމަވެރި އަލިފާނުގެ ހާދިސާގައި ނިރުފެހި ގޭގައި އުޅުނު މީހުންގެ ތެރެއިން 10 ބިދޭސީއަކު ވަނީ މަރުވެފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ އިންޑިއާގެ އަށް މީހަކާއި ބަންގްލަދޭޝްގެ ދެ ރައްޔިތެކެވެ.

ތަފްސީލް-  އެންޑީއެމްއޭއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ:

  • ބޯހިޔާވަހިކަން ފޯރުކޮށްދެމުން އަންނަނީ 15 ބިދޭސީންނާއި 18 ދިވެހިންނަށް

  • ބިދޭސީންގެ ތެރޭގައި ހިމެނެނީ ހަތް އަންހެނުންނާއި އަށް ފިރިހެނުން (ބަންގްލަދޭޝް އެކަކާއި އިންޑިއާ މީހުން)

  • ދިވެހިންގެ ތެރޭގައި 12 އަންހެނުންނާއި ހަ ފިރިހެނުން (ހަތް ކުޑަކުދިން ހިމެނޭ)

މި ހާދިސާއާ ގުޅިގެން އެންޑީއެމްއޭގެ ބެލުމުގެ ދަށުގައި ތިބި މީހުންގެ ތެރޭގައި ހިމެނެނީ އަނދާ ހުލިވި ނިރުފެހި ގޭގައި ދިރިއުޅެމުން ދިޔަ މީހުންނާއި އެ ގެއާ އިންވެގެން ހުރި ގެތަކުގައި ދިރިއުޅެމުން ދިޔަ ބައެއް މީހުންނެވެ.

ނިރުފެހިގޭގައި ހިނގި އަލިފާނުގެ ހާދިސާއަށް ފަހު: މިގެ ތަޅާލުމުގެ މަސައްކަތް އަންނަނީ ކުރަމުން  (ދައުރު ފޮޓޯ/މުޒައްޔިން ނާޒިމް)

އެންޑީއެމްއޭ އިން ބުނީ އޭގެ ތެރޭގައި ތިބި ކުޑަކުދިން ސްކޫލަށް ދާން ބޭނުންވާ އެހީތެރިކަން ސްކޫލްތަކާއި އެޑިޔުކޭޝަން މިނިސްޓްރީ މެދުވެރިކޮށް މިހާރު ހަމަޖެހިއްޖެ ކަމަށެވެ. މި ހާދިސާއާ ގުޅިގެން ބޯހިޔާވަހިކަން ގެއްލުނު ބިދޭސީންގެ ދިރިއުޅުން އަލުން އާރާސްތުކުރުމުގެ މަސައްކަތް ރެޑް ކްރެސެންޓާ ގުޅިގެން ކުރަމުން އަންނަ ކަމަށް ވެސް އެ އޮތޯރިޓީން ބުންޏެވެ.

އިތުރަށް ކިޔާލަން: 

ކޮމެންޓް (2)

ނަސީމް

14 ނޮވެމްބަރު 2022
ކީއްވެތަ އަދިވެސް ތިކަން ހިނގި ގޮތް ނޭނގެނީ؟
0 0

ފަރޫ

14 ނޮވެމްބަރު 2022
ވަރަށް ރަނގަޅު
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް