ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ މަރުވި އަބްދުﷲ ރަޝީދު: އޭނާ ހައްޔަރު ކުރި ފުލުހުން ބޯޑީ ކެމެރާ ބޭނުންކޮށްފައެއް ނުވޭ.

އަބްދުﷲ ރަޝީދު ހައްޔަރުކުރި ފުލުހުން ބޮޑީ ކެމެރާ ބޭނުމެއް ނުކުރޭ

ފުލުހުން ބުނީ މިއަދު އޭނާގެ ހަށިގަނޑު މާލެ ގެނެސްފައިވާ ކަމަށް

ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ އިއްޔެ މަރުވި އަބްދުﷲ ރަޝީދު ހައްޔަރުކުރި ފުލުހުން ބޮޑީ ކެމެރާ ބޭނުންކޮށްފައި ނުވާ ކަަމަށް ފުލުހުން މިއަދު ބުނެފި އެވެ.

މައްސަލައިގެ ފެށުން - ފުލުހުން އިއްޔެ ހިންގި އޮޕަރޭޝަނެއްގައި ގދ. ހޯޑެއްދޫން ހައްޔަރުކޮށްގެން ގެންދިޔަ އެ ރަށަށް ނިސްބަތްވާ އަބްދުﷲ ރަޝީދު، 43، އިއްޔެ މެންދުރުގެ ވަގުތެއްގައި ވަނީ މަރުވެފަ އެވެ. ފުލުހުން ބުނި ގޮތުގައި، އޭނާގެ މެއަށް ތަދެއް އަރައި ފިޓު ޖެހުމުގެ އަލާމާތްތަކެއް ފެނުމުން ގދ. މަޑަވެލީ ހެލްތު ސެންޓަރަށް ގެންދިޔަ އިރު ވެސް ވަނީ މަރުވަފަ އެވެ.

ތަފްސީލު - ފުލުހުން މިއަދު މި މައްސަލައާ ގުޅިގެން މީޑިއާތަކަށް ފޮނުވި ކުރު މެސެޖްގައި ބުނީ، "އަބްދުﷲ ރަޝީދު ހައްޔަރުކުރުމުގައި ހަރަކާތްތެރިވި ފުލުހުން ބޮޑީ ކެމެރާ ބޭނުންކޮށްފައި ނުވޭ" ކަމަށެވެ.

ފުލުހުން ބުނި ގޮތުގައި، އޭނާގެ ހަށިގަނޑު ރޭގެ ވަގުތެއްގައި ވަނީ މާލެ ގެނެސްފަ އެވެ.

ފުލުހުން ރޭ ބުނީ، މަރުގެ ސަބަބުތައް ދެނެގަތުމަށް އޮޓޯޕްސީ ހެދުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެ މައްސަލަ ނެޝަނަލް އިންޓަގްރިޓީ ކޮމިޝަނާއި ހިއުމަން ރައިޓްސް ކޮމިޝަނުގެ ސަމާލުކަމަށް ގެނެސް، ތަހުގީގުކުރަން އެދިފައިވާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ގުޅުން ހުރި ކަމެއް - ހޯޑެއްދޫ ޕީޕީއެމްގެ ސްޓިއަރިން ކޮމިޓީގެ ރައީސްކަން ވެސް ކުރައްވަމުން ގެންދެވި އަބްދުﷲ ރަޝީދުގެ މި ކުއްލި މަރާ ގުޅިގެން އެ ޕާޓީން މަޖިލީހަށް މިއަދު ހުށަހެޅި ކުއްލި މައްސަލަ ވަނީ ބޭރުކޮށްލައިފަ އެވެ. އެ ޕާޓީގެ ނައިބު ރައީސް، ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ތުހުމަތުކުރެއްވި ގޮތުގައި އަބްދުﷲ ރަޝީދު މަރުވެފައި ވަނީ ފުލުހުންގެ އިހުމާލުންނެވެ.

ކޮމެންޓް (3)

ސިކުނޑި

26 އޮކްޓޯބަރު 2022
ޝައްކެއްވެސް ނެތް ފުލުހުންގެ އިހުމާލެއް އެބައޮތް! ފުރަތަމަ ކަމަކީ އެކަށީގެންވާ ހެއްކާއި ގަރީނާނެތި ހައްޔަރު ކުރުން! ދެވަނަ ކަމަކީ ސިއްހީ ފަރުވާ ފޯރުކޮށްދެވޭނެ ވަސީލަތެއްނެތި އޮޕަރޭޝަން ހިންގުން! ތިންވަނަ ކަމަކީ އޮޕަރޭޝަން ހިންގުމުގައި ކަނޑައަޅާފައިވާ މިންގަނޑާއި ޚިލާފުވުން! މިމައްސަލާގައި ދައުވާ ކުރަންޖެހޭނެ! އަންޕްރޮފެޝަނަލް ބައެއްގެ ތެރޭގައި އޮންނަ ޕްރޮފެޝަނަލް ސްޓޭންޑަރޑް ޔުނިޓުން މައްސަލަ ބަލަން ފުރުސަތު ދީގެން ނުވާނެ!
2 0

ޙަސަނާ

27 އޮކްޓޯބަރު 2022
@ސިކުނޑި މައޔިތާގެ ފާފަފުއަސަވާސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރައްވާށި. ދިވެހިރާއްޖެ އޮތްގޮތުން ފުލުހުން ހިންގާ ކޮންމެ އޮޕަރޭށަނެއްގަ ސިއްހީ ފަރުވާދެވޭނެ ގޮތްހަމަޖައްސައިގެން ނުއުޅެވޭނެ. ޜާއްޖޭގަ ތަފާތުކުއްވެރިން ވަރަށްގިނަ. ފޭކުޖެއްސުމަކީވެސް ވަރަށް އާއްމުކަމެއް. ފުލުހުންގަސްތުގަ މީހަކު މަރުވާވަރަށް އަނިޔާވެރިނުވާނެ. ފުލުހުންވެސް އެކުރާކަމެއް އެ ކުރަނީ އަހަރުމެން ގެދަރިންނާ އަހަރުމެނަށްޓަކާ. ހަމަތިބެފަގޮސް ބަޔަކުހައްޔަރުކުރަނީކީނުން. ކުށެއްސާބިތު ނުވެއްޖެއްޔާ ދޫވެސްކޮށްލަނީ. ގައުމަށް މިވާގޮތްމިވަނީ ކީއްވެގެންކަން ވިސްނާލާ.
0 6

ޮއޓޮޕްސީ

27 އޮކްޓޯބަރު 2022
@ޙަސަނާ ކަލޭ ހީވާނީ ތީ ފުލުހެއްހެން .އަނެއްކާ އެތާވެސް ހުރިހެން ވަރަށް ހޯވޭ..ވަރަށް އަނިޔާވެރި ބައެއް ތީ..ގައިގާ ތެޅިން ނީނަސް އަނިޔާ ހުރޭ..އެއީ ބަވާ އަމައާ އަޅުވާ އަވަގުރާނަ ގޮވާ..އެއީވެސް އަނިޔާ.ބައެއް މީހުންގެ ހިޔަށް ވަރަށް އަސާރު ކުރާނެ އެމީހެއްގެ މައިން ބަފައިންނާ އަނބި ދަރިންނާ އެޅުވީމަ..އެގޮތުން ދެވުނު އަނިޔާ އަކާ ވަރަށް ވައްތަރު..އެކަހަލަ އަނިޔާ ހުދު އަހަރެނާ ވެސް ލިބިފަ އެބަހުރި ތިބުނާ ރަށގަޅު ފުލުހުންގެ ފަރާތުން..
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް