އައްޑޫ އެކްސިޑެންޓުގައި މަރުވި އިބްރާހިމް ހުސައިން (ފޮޓޯ/އައްޑޫލައިވް)

އައްޑޫ އެކްސިޑެންޓުގައި އަނިޔާވި މީހާ މަރުވެއްޖެ

އެކްސިޑެންޓުވި އިރުއްސުރެ، އިބްރާހިމް އޮތީ ހޭ ނާރައި

މިދިޔަ އާދިއްތަ ދުވަހު އައްޑޫގައި ހިނގި އެކްސިޑެންޓުގައި ފަރުވާ ދެމުން ދިޔަ މީހާ ރޭ މަރުވެއްޖެ އެވެ.

ވީ ކިހިނެއް؟- ހިތަދޫ ލިންކު ރޯޑުގައި ދެ ސައިކަލު ޖެހި ހިނގި އެ އެކްސިޑެންޓުގައި، އެ ރަށު އިބްރާހިމް ހުސައިންއަށް ބޮޑެތި އަނިޔާތަކެއް ލިބުނެވެ. އެގޮތުން އޭނާގެ ބޮލަށް ލިބުނު އަނިޔާގައި ބޮލުގެ ނާށިގަނޑު ފަޅައިގެން ގޮސްފައިވާ އިރު، އޭރުން ފެށިގެން އޮތީ ހޭނާރަ އެވެ.

ތަފްސީލު- އުމުރުން 62 އަހަރުގެ އިބްރާހިމް މަރުވީ، އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް)ގައި ރޭ ދަންވަރުގެ ވަގުތެއްގަ އެވެ. އޭނާއަށް ފަރުވާ ދިނުމަށް ކުރިން މާލެ ގެނައި ނަމަވެސް އަނބުރާ އައްޑުއަށް ގެންދިޔައީ، ޑޮކްޓަރުން އުއްމީދު ކަނޑާލުމުން، އާއިލާގެ އެދުމުގެ މަތިންނެވެ.

މި އެކްސިޑެންޓުގައި އިތުރު ދެ މީހުންނަށް ވެސް އަނިޔާވި ނަމަވެސް އެ މީހުންގެ ހާލު ގޯހެއް ނޫނެވެ.

ކޮމެންޓް (1)

ނިޒާމް

6 އޮކްޓޯބަރު 2022
އެއްޑޫއަށް ނައިސްގެން އުޅޭ ތަރައްގީ
0 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް