މިއަދުގެ އިގްތިސާދީ ކޮމިޓީގައި ހޮރައިޒަންގެ ޗެއާމަންގެ ހައިސިއްޔަތުން މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް ބައިވެރިވެވަޑައިގަންނަވަނީ (ފޮޓޯ/ ރައްޔިތުންގެ މަޖިލީސް)

ހޮރައިޒަން ތަމްސީލްކުރަން ކޮމިޓީއަށް ވަޑައިގަތީ ގާސިމް؛ މަސްލަހަތު ފުށުއަރާ

ފިޝަރީޒް މިނިސްޓަރު ވަނީ ހޮރައިޒަންގެ މައްސަލައިގެ ކަންކަން ސިއްރުކުރަން އެދިވަޑައިގެންފައި
4 އޮކްޓޯބަރު 2022
1

ގދ. ހޯނޑެއްދޫގައި މަސް ފެކްޓްރީއެެއް އަޅަން ޖޭޕީގެ ލީޑަރު، އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމްގެ ހޮރައިޒަން ފިޝަރީޒްއާ އެކު ސަރުކާރުން ވެފައިވާ އެއްބަސްވުމުގެ މައްސަލައާ ގުޅިގެން މިއަދު ބޭއްވި މަޖިލީހުގެ އިގްތިސާދީ ކޮމިޓީގެ ބައްދަލުވުމަށް އެ ކުންފުނީގެ ފަރާތުން ޖަވާބުދާރީ ވުމަށް، އެ ކޮމިޓީގެ މެންބަރެއްގެ ގޮތުގައި ވެސް އިންނަވާ، ގާސިމް  ހާޒިރުވުމުން ބައެއް މެންބަރުން ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ވީ ކިހިނެއް؟ - ހޮރައިޒަން ފިޝަރީޒްގެ ޗެއާމަންގެ ހައިސިއްޔަތުން ގާސިމް ކޮމިޓީއަށް ވަޑައިގަތުމުން ބައެއް މެންބަރުން ވަނީ ގާސިމްގެ އެ އަމަލަކީ މަސްލަހަތު ފުށުއަރާ ކަމެއް ކަމަށް ވިދާޅުވެ ނުރުހުން ފާޅުކުރައްވައިފަ އެވެ. އެގޮތުން:

  • މެންބަރުންގެ ކަންބޮޑުވުން ހުރުމުން ގާސިމަށް ކޮމިޓީގެ ބައިވެރިވެވިދާނޭ ކަމާ މެދު ކޮމިޓީއިން ވަނީ ގޮތް ނިންމާފައި 

  • ގޮތް ނިންމުން ކުރިއަށް ގެންދިޔައީ ސިއްރުކޮށްގެން 

  • އެހެން ނަމަވެސް ކޮމިޓީއިން ނިންމީ ގާސިމްއަށް ހޮރައިޒަން ފިޝަރީޒްގެ ފަރާތުން ކޮމިޓީއަށް ޖަވާބުދާރީ ވެވޭނޭ ކަމަށް

  • ގާސިމްގެ އަރިހުގައި ވިލާ ކުންފުނީގެ މިހާރުގެ މެނޭޖިން ޑިރެކްޓަރު އަދި ދަރިކަލުން ސިޔާދު ގާސިމް ވެސް ބައިވެރިވެވަޑައިގަތް

މައްސަލައިގެ ފެށުން - މަޑަވެލީ ދާއިރާގެ މެމްބަރު ހުސެއިން ފިރުޝާން ހުށަހެޅުއްވި މައްސަލައަކީ:

  • ސަރުކާރުން ވަނީ ހޯނޑެއްދޫން 13.5 ހެކްޓަރުގެ ބިން 2005 ވަނަ އަހަރު ހޮރައިޒަންއަށް ދޫކޮށްފައި

  • އެއްބަސްވުމުގެ ދަށުން އެ ރަށުގައި 3،000 ޓަނުގެ ކޯލްޑް ސްޓޯރޭޖަކާއި 160 ޓަނުގެ ބްރައިން ޓޭންކެއް އަދި 50 ޓަނުގެ ޕްލާންޓެއް ގާއިމުކުރަން ޖެހޭ

  •  އެ ބިން ދޫކުރިތާ 16 އަހަރު ވެގެން ދިޔަ އިރު ވެސް އެތަން އޮޕަރޭޝަނަށް ގެނެސްފައެއް ނުވޭ

ކޮމިޓީ ސިއްރު ކުރަން މިނިސްޓަރު އެދިވަޑައިގަތް

އެ މައްސަލައިގައި މިއަދު ބޭއްވި ކޮމިޓީއަށް ޖޭޕީގެ ސްލޮޓެއްގައި ފިޝަރީޒް މިނިސްޓަރު ކަމުގައި ހުންނެވި ޑރ. ހުސެއިން ރަޝީދު ހަސަން ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ. އެ ބައްދަލުވުން ސިއްރުކުރުމުގެ އިތުރުން ކޮމިޓީ ރިޕޯޓު ވެސް ސިއްރުކުރަން ވަޒީރު އެދިވަޑައިގެންނެވިއިރު، ސަބަބެއްގެ ގޮތުގައި އޭނާ ވިދާޅުވީ "ފަހުން މައްސަލަ ޖެހޭނެތީ" އެވެ.

ހޮރައިޒަންގެ މައްސަލަ ދިރާސާކުރާ އިގްތިސާދީ ކޮމިޓީގެ ބައްދަލުވުމުގައި ފިޝަރީޒް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ބައިވެރިވެވަޑައިގަންނަވަނީ (ފޮޓޯ/މަޖިލިސް)

ބުނީ ކީކޭ؟ - ކޮމިޓީގެ ޗެއާމަން އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު (ބިގޭ) ކޮމިޓީގައި މިއަދު އިއުލާން ކުރެއްވި ގޮތުގައި ހޮރައިޒަންގެ މައްސަލައިގައި ގޮތް ނިންމާ އެއްވެސް ކޮމިޓީ ބައްދަލުވުމެއްގައި މެންބަރު ގާސިމްއަށް ބައިވެރިއެއް ނުވެވޭނެ އެވެ.

ހޮރައިޒަންގެ މައްސަލަ ދިރާސާކުރާ އިގްތިސާދީ ކޮމިޓީ ބައްދަލުވުމުގެ ތެރެއިން (ފޮޓޯ/މަޖިލިސް)

ކޮމެންޓް (1)

ފާއިޒު

6 އޮކްޓޯބަރު 2022
ޤާސިމް އަށް ބައިވެރިވެވޭނެ ބިގޭ މޮޔަނުގޮވާ.
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް