ކ. ކާށިދޫގައި ހުންނަ އަތޮޅު މަދަރުސާ އެއް ދަންފަޅިއަށް ބަދަލުކޮށް އާ އިމާރާތުގައި ކިޔަވައިދޭން ފެށުން، 28 އޮގަސްޓް 2022 (ފޮޓޯ/އެޑިއުކޭޝަން)

އާ އިމާރާތާއެކު ކ. އަތޮޅު މަދަރުސާ އެއް ދަންފަޅިއަށް ބަދަލުކޮށްފި

28 އޯގަސްޓު 2022

ކ. ކާށިދޫގައި ހުންނަ އެ އަތޮޅު މަދަރުސާގެ އާ އިމާރާތް ބޭނުންކުރަން ފަށައި، އެ ސްކޫލުގައި މިއަދު އެއް ދަންފަޅިއަށް ކިޔަވައިދޭން ފަށައިފި އެވެ.

ވީ ކިހިނެއް؟ - އެ ސްކޫލުގައި 16 ކްލާސްރޫމްގެ ހަތަރު ބުރީގެ އިމާރާތަކާއި މަލްޓިޕާޕަސް ހޯލް އެއް އަޅަން ހަވާލުކުރީ ޖުލައި 2019 ގަ އެވެ. އެއީ އެ އަހަރު ޕީއެސްއައިޕީގެ ދަށުން ހަވާލުކުރި ފުރަތަމަ މަޝްރޫއު އެވެ.

ތަފްސީލް - އަހަރެއްގެ ތެރޭގައި އެ އިމާރާތުގެ މަސައްކަތް ނިންމަން، 35 މިލިއަން ރުފިޔާއަށް ހަވާލުކުރީ ޑަބްލިއު އެންޑް އޭ އޯވާސީސް ޕީޓީއީ ލިމިޓެޑް އާ އެވެ.

ކ. ކާށިދޫގައި ހުންނަ އަތޮޅު މަދަރުސާ އެއް ދަންފަޅިއަށް ބަދަލުކޮށް އާ އިމާރާތުގައި ކިޔަވައިދޭން ފެށުން، 28 އޮގަސްޓް 2022 (ފޮޓޯ/އެޑިއުކޭޝަން)

ސްކޫލުގެ އާ އިމާރާތުގައި ގާއިމުކުރި ވަސީލަތްތައް:

  • 16 ކްލާސްރޫމް

  • މަލްޓިޕާޕަސް ހޯލެއް

  • އިލެކްޓްރިކަލް ރޫމެއް

  • ދެ ޗޭންޖިން ރޫމް

  • 25 ދަރިވަރުންގެ ފާހާނާ

  • ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ހާއްސަ ދެ ފާހާނާ

  • ސްޓޯ ރޫމް އަދި އެހެނިހެން: 10

  • ތިން ރޭމްޕް

ބުނީ ކީކޭ؟ - އެޑިއުކޭޝަން މިނިސްޓްރީން ބުނީ، އެ ސްކޫލުގެ އާ އިމާރާތް މިއަދު ބޭނުންކުރަން ފަށާފައިވާ ކަމަށެވެ. އަދި އާ އިމާރާތް ބޭނުންކުރަން ފެށުމާއެކު، ކުރިން ދެ ދަންފަޅިއަށް ކިޔަވައިދެމުން އައި ސްކޫލު މިހާރު އެއް ދަންފަޅިއަށް ބަދަލުކޮށްފައިވާ ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް