ގާސިމް ނިލަންދޫ ކައުސިލްގެ ރައީސް އާއި އެ ރަށުގެ ޑަބްލިއުޑީސީގެ މެންބަރުންނާ އެކު. (ފޮޓޯ/ޖޭޕީ)

ގާސިމް ނިލަންދޫގެ ތަރައްގީއަށް އެހީވަނީ

އެހީވާން ނިންމި ކަންތަކުގެ ތެރޭގައި މޫދަށް އެރޭ ސަރަހައްދަކާއި ވޮލީ ކޯޓެއް ތަރައްގީކުރުން ހިމެނޭ

ފ. ނިލަންދޫގެ ތަރައްގީއަށް އެހީތެރިވެދެއްވާނެ ކަމަށް ވިޔަފާރިވެރިޔާ އަދި ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހިމް އިއްޔެ ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރުކަން ވެސް ކުރައްވާ ގާސިމްގެ މި ނިންމެވުން ހާމަކުރެއްވީ، އިއްޔެ މާމިގިލީގައި ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހުމަދާއި އެ ރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ (ޑަބްލިއުޑީސީ)ގެ މެންބަރުންނާ އެކު ބޭއްވި ބައްދަލުވުމެއްގަ އެވެ.

ތަފްސީލު - ޖުމްހޫރީ ޕާޓީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެ ބައްދަލުވުމުގައި، ނިލަންދޫގައި މިހާރު ހިންގަމުން ގެންދާ ތަރައްގީގެ އެކި މަޝްރޫއުތަކާއި ޑަބްލިއުޑީސީގެ މަސައްކަތްތަކާ ގުޅޭ ގޮތުން ގާސިމް މަޝްވަރާކުރެއްވި ކަމަށެވެ. 

"މި ބައްދަލުވުމުގައި ލީޑަރު ގާސިމް އިބްރާހިމް ވަނީ ރަށުގެ ތަރައްގީގެ ބައެއް މަސައްކަތްތަަކަށް އެހީތެރިވެދެއްވަވަން ނިންމަވާފައި،" އެ ބަޔާނުގައިވެ އެވެ.

ގާސިމް އެހީ ދެއްވަން ނިންމެވި ކަންކަމުގެ ތެރޭގައި ހިިމެނެނީ، ޖޭޕީން ބުނި ގޮތުގައި:

  • ރަށުގެ މޫދަށް އެރޭ ސަރަހައްދު ތަރައްގީކުރުން

  • ވޮލީ ކޯޓު ތަރައްގީކުރުން

  • އަދިވެސް އެފަދަ ބައެއް މަސައްކަތްތައް ހިމެނޭ

އެ ބައްދަލުވުމުގައި ނިލަންދޫން ބައިވެރިވި ބޭފުޅުން ވަނީ، ޖޭޕީން ބުނި ގޮތުގައި، ގާސިމް އެ ރަށުގެ ތަރައްގީގެ އެކިއެކި މަސައްކަތްތަކުގައި ވެދެއްވާ އެހީތެރިކަމާއި ބަހައްޓަވާ ގާތް ކަމަށް ޝުކުރު އަދާކުރައްވާފަ އެވެ.

އެނގުން މުހިންމު - މީގެ ކުރިން ދެ ފަހަރެއްގެ މަތިން ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި ގާސިމް އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެ ކަމަށް ބެލެވުނު ނަމަވެސް އަދި މިހާތަނަށް އޭނާ ރަސްމީކޮށް ގޮތެއް ނުނިންމަވަ އެވެ. ގާސިމް މީގެ ކުރިން ވިދާޅުވެފައި ވަނީ، އިންތިހާބާ މެދު އެއްޗެއް ވިދާޅުވާން އަދި މާ އަވަސް ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް