ކުރީގެ މެމްބަރު މުބީން ޕީޕީއެމްއަށް ސޮއިކުރެއްވި ފޯމު ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީންއާ މިރޭ ހަވާލުކުރައްވަނީ. (ފޮޓޯ/ޕީޕީއެމް)
ކުރީގެ މެމްބަރު މުބީން އަލުން ޕީޕީއެމްއާ ގުޅިވަޑައިގެންފި
ރައްޔިތުންގެ މަޖުލީހުގެ މިދިޔަ ދައުރުގައި ބިލެތްދޫ ދާއިރާގެ މެމްބަރުކަން ކުރެއްވި އަހްމަދު މުބީން، ޖުމްހޫރީ ޕާޓީ (ޖޭޕީ) ދޫކުރައްވައި އަލުން މިރޭ ޕީޕީއެމްއާ ގުޅިވަޑައިގެންފި އެވެ.
ވީ ކިހިނެއް؟ - މުބީން 2014ގައި މަޖިލީހަށް އިންތިހާބުވެވަޑައިގަތީ ވެސް ޖޭޕީގެ ޓިކެޓުގަ އެވެ. އެގޮތުން:
-
ދައުރުގެ ވަކި ހިސާބަކުން ޖޭޕީ ދޫކުރައްވައި ޕީޕީއެމްއާ ގުޅިވަޑައިގަތް
-
ޕީޕީއެމް ދޫކުރައްވައި އަލުން ޖޭޕީއާ ގުޅިވަޑައިގަތީ 15 ނޮވެމްބަރު 2018ގައި، އޭރުގެ ރައީސް އަބްދުﷲ ޔާމީން ރިޔާސީ އިންތިހާބުން ބަލިވުމުން
-
ޕީޕީއެމްގައި ހުންނެވުމަށް ފަހު މުބީން ޖޭޕީއަށް ބަދަލުވެވަޑައިގަތީ ޔާމީން ދޫކުރައްވައި ޖޭޕީ ވެސް ހިމެނޭ ގޮތަށް އޭރުގެ އިދިކޮޅު ފަރާތްތައް އަދި މިހާރު ސަރުކާރު ހިންގާ ކޯލިޝަންގެ ބައިވެރިއަކާ ގުޅިވަޑައިނުގަންނަވާނެ ކަމަށް ވެސް ވިދާޅުވުމަށް ފަހު
ތަފްސީލް - ޖޭޕީ ދޫކުރައްވައި މުބީން ވަނީ މިރޭ އަލުން ޕީޕީއެމްއާ ގުޅިވަޑައިގެންފަ އެވެ. އޭނާ ވަނީ ޕާޓީގެ މެމްބަޝިޕް ފޯމު ޕީޕީއެމްގެ ރައީސް، ކުރީގެ ރައީސް އަބްދުﷲ ޔާމީންއާ ހަވާލުކުރައްވައިފަ އެވެ.
ގުޅުން ހުރި ކަމެއް - މުބީންގެ އިތުރުން، ޖޭޕީގެ ކެމްޕެއިން އަދި އިންތިހާބުތަކާ ބެހޭ ކޮމިޓީގެ ޗެއާ އަބްދުލް ހަމީދު އަބްދުއްސަމަދު ވެސް ވަނީ މިރޭ ޖޭޕީ ދޫކުރައްވައި ޕީޕީއެމްއާ ގުޅިވަޑައިގެންފަ އެވެ.
ކޮމެންޓް (1)
ޙަސަންތަކުރުބޭ