މައުރޫފް ޖަމީލްގެ މައުރަޒު 'މޯލްޑިވިއަން ރިޒޯޓް އާކިޓެކްޗާ - އައިޑެންޓިޓީ، މެމަރީ އެންޑް ލެގަސީ' ގައުމީ އާޓް ގެލެރީގައި ކުރިއަށްދަނީ. (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

ލިވިން

މައުރޫފް ޖަމީލް މި ދައްކާލައްވަނީ ރާއްޖޭގެ ރިޒޯޓް އާކިޓެކްޗާގެ މުއްސަނދި ތާރީހު

ގައުމީ އާޓް ގެލެރީގައި މިހާރު ކުރިއަށްދާ 'މޯލްޑިވިއަން ރިޒޯޓް އާކިޓެކްޗާ - އައިޑެންޓިޓީ، މެމަރީ އެންޑް ލެގަސީ' މައުރަޒުގައި، ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރު ފުރުނު އިރު ރިޒޯޓުތަކުގެ އާކިޓެކްޗާއަށް އައިސްފައިވާ ބަދަލުތައް ވަރަށް ތަފުސީލުކޮށް ހުށަހަޅައިދޭ
59 މިނިޓު ކުރިން

ރާއްޖޭގެ އާކިޓެކްޗާ ދާއިރާއަށް ފާހަގަކޮށްލެވޭ ގިނަ އަދި ބޮޑެތި ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ކުރީގެ ކޮންސްޓްރަކްޝަން މިނިސްޓަރު މުހައްމަދު މައުރޫފް ޖަމީލްގެ ދެވަނަ އާކިޓެކްޗާ މައުރަޒު ގައުމީ އާޓް ގެލެރީގައި މިދިޔަ އަންގާރަ ދުވަހުގެ ރޭ ވަނީ ހުޅުވައިފަ އެވެ. 

މި މަހު 18ގެ ނިޔަލަށް ކުރިއަށްދާ މައުރަޒު ބިނާކޮށްފައިވަނީ މައުރޫފް ރާއްޖޭގެ ރިޒޯޓްތަކުގެ އާކިޓެކްޗާ ދިރާސާކުރައްވައި އަމިއްލަ އާކިޓެކްޗަރަލް ކުރެހުންތަކަކާ އެކު 2022ގައި އެކުލަވާލައްވާފައިވާ ފޮތެއްގެ މައްޗަށެވެ.

ރާއްޖޭގެ ޓުއަރިޒަމް ދާއިރާއަށް މިވީ 50 އަހަރު ތެރޭ ރިޒޯޓުތަކުގެ އާކިޓެކްޗާއަށް އައިސްފައިވާ ބަދަލުތައް ވަރަށް ތަފުސީލުކޮށް މި މައުރަޒުން ދައްކައިދެ އެވެ. 

މައުރޫފް ޖަމީލް މައުރަޒު ހުޅުވުމުގެ ހަފްލާގައި ވާހަކަދައްކަވަނީ. (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)
މައުރޫފް ޖަމީލްގެ މައުރަޒު 'މޯލްޑިވިއަން ރިޒޯޓް އާކިޓެކްޗާ - އައިޑެންޓިޓީ، މެމަރީ އެންޑް ލެގަސީ' ގައުމީ އާޓް ގެލެރީގައި ކުރިއަށްދަނީ. (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

މައުރޫފް 'މޯލްޑިވިއަން ރިޒޯޓް އާކިޓެކްޗާ - އައިޑެންޓިޓީ، މެމަރީ އެންޑް ލެގަސީ' ލިޔުއްވީ ރާއްޖޭގެ ޓުއަރިޒަމް ދާއިރާއަށް 50 އަހަރު ފުރުމުގެ މުނާސަބަތުގަ އެވެ. އޭނާ ވިދާޅުވިގޮތުގައި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓުއަރިޒަމް އިންޑަސްޓްރީ (މަޓީ) އިން އެ މަސައްކަތް ހަވާލުކޮށްގެން ފޮތް އެކުލަވާލެއްވުމަށް ފަހު، މައުރަޒެއް ބޭއްވުން މުހިއްމުކަން ވިސްނިވަޑައިގަތެވެ. އެއީ މައުރަޒަކުން ގިނަ ބަޔަކަށް މައުލޫމާތު ފަސޭހައިން ލިބި، ރާއްޖޭގެ ރިޒޯޓުތަކުގައި މުހިއްމު ރޯލެއް އަދާކުރާ އާކިޓެކްޗާގެ ތާރީހާ ބެހޭގޮތުން އާންމުން ހޭލުންތެރިވާން ފުރުސަތު ލިބޭނެތީ އެވެ.

މައުރަޒު ހުޅުވުމުގެ ހަފްލާގައި ޝަރަފުވެރި މެހެމާނު ރެއިންބޯގެ ސީއީއޯ އިބްރާހިމް ރަފީގް ވަނީ މައުރޫފް އެކުލަވާލެއްވި ފޮތް ނެރެދެއްވައިފަ އެވެ. 

މައުރޫފް ޖަމީލްގެ މައުރަޒު 'މޯލްޑިވިއަން ރިޒޯޓް އާކިޓެކްޗާ - އައިޑެންޓިޓީ، މެމަރީ އެންޑް ލެގަސީ' ގައުމީ އާޓް ގެލެރީގައި ކުރިއަށްދަނީ. (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)
މައުރޫފް ޖަމީލްގެ މައުރަޒު 'މޯލްޑިވިއަން ރިޒޯޓް އާކިޓެކްޗާ - އައިޑެންޓިޓީ، މެމަރީ އެންޑް ލެގަސީ' ގައުމީ އާޓް ގެލެރީގައި ކުރިއަށްދަނީ. (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

މައުރޫފް ވަނީ 1973 އިން ފެށިގެން ޓުއަރިޒަމް ދާއިރާގައި އެކި ގޮތްގޮތަށް އަދި އެކި ފެންވަރުގައި ބައިވެރިވެވަޑައިގެންފަ އެވެ. އެގޮތުން ފުރަތަމަ ފެއްޓެވީ ޓީޝާޓު ޕްރިންޓު ކުރެއްވުމުގެ މަސައްކަތެވެ. އަދި އެއަށް ފަހު ރިޒޯޓު ފަރުމާކުރުމުގައި ވަނީ އުޅުއްވާފަ އެވެ.

އާކިޓެކްޗާ ދާއިރާއަށް އިލްމީ އަދި ފަންނީ ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ މައުރޫފުގެ ފާހަގަކޮށްލެވޭ ހިދުމަތްތަކުގެ ތެރޭގައި ރާއްޖޭގެ އާކިޓެކްޗަރަލް ތާރީހު ދިރާސާ ކުރެއްވުން ހިމެނެ އެވެ. އޭނާ ވަނީ ރާއްޖޭގައި ހިރިގަލުން ބިނާކޮށްފައި ހުރި މިސްކިތްތައް ދިރާސާކުރައްވައި އެކަމާ ގުޅޭ މައުރަޒެއް ގައުމީ އާޓް ގެލެރީގައި މީގެ 10 ވަރަކަށް އަހަރު ކުރިން ބާއްވަވައިފަ އެވެ. 'ކޮރަލް ސްޓޯން މޮސްކްސް އޮފް މޯލްޑިވްސް، ދަ ވެނިޝިން ލެގަސީ އޮފް ދަ އިންޑިއަން އޯޝަން' މައުރަޒުގައި ދައްކާލީ މިހާރު ނެތިފައިވާ އަދި ނެތެމުންދާ، އިހު ޒަމާނުގެ ހިރިގަލު މިސްކިތްތަކުގެ ކުރެހުންތަކާއި މައުރޫފް ކުރެއްވި ދިރާސާތަކުގެ މައުލޫމާތެވެ. 

މައުރޫފް ޖަމީލްގެ މައުރަޒު 'މޯލްޑިވިއަން ރިޒޯޓް އާކިޓެކްޗާ - އައިޑެންޓިޓީ، މެމަރީ އެންޑް ލެގަސީ' ގައުމީ އާޓް ގެލެރީގައި ކުރިއަށްދަނީ. (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)
މައުރޫފް ޖަމީލްގެ މައުރަޒު 'މޯލްޑިވިއަން ރިޒޯޓް އާކިޓެކްޗާ - އައިޑެންޓިޓީ، މެމަރީ އެންޑް ލެގަސީ' ގައުމީ އާޓް ގެލެރީގައި ކުރިއަށްދަނީ. (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)
މައުރޫފް ޖަމީލްގެ މައުރަޒު 'މޯލްޑިވިއަން ރިޒޯޓް އާކިޓެކްޗާ - އައިޑެންޓިޓީ، މެމަރީ އެންޑް ލެގަސީ' ގައުމީ އާޓް ގެލެރީގައި ކުރިއަށްދަނީ. (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

'މޯލްޑިވިއަން ރިޒޯޓް އާކިޓެކްޗާ - އައިޑެންޓިޓީ، މެމަރީ އެންޑް ލެގަސީ' ގައި ތަފްސީލުކޮށް ފަސް ބަޔަކަށް ރިޒޯޓު އާކިޓެކްޗާއަށް އައިސްފައިވާ ބަދަލުތައް ދައްކާލަ އެވެ. އެއީ 1972 އިން ފެށިގެން2021ގެ ނިޔަލަށް އައިސްފައިވާ ބަދަލުތަކެވެ. މައުރޫފްގެ އާކިޓެކްޗަރަލް ކުރެހުންތަކުގެ އިތުރުން ރިޒޯޓުތަކުގެ ފްލޯ ޕްލޭންތަކާއި އިހުގެ ފޮޓޯތަކާއި ކުދި 3-ޑީ މޮޑެލްތައް ވެސް މައުރަޒުގައި ހިމެނެ އެވެ.

މައުރޫފް ޖަމީލްގެ މައުރަޒު 'މޯލްޑިވިއަން ރިޒޯޓް އާކިޓެކްޗާ - އައިޑެންޓިޓީ، މެމަރީ އެންޑް ލެގަސީ' ގައުމީ އާޓް ގެލެރީގައި ކުރިއަށްދަނީ. (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

އެއްޗެއް ދެމެހެއްޓުމުގެ ނުވަތަ 'ޕްރިޒަވޭޝަން'ގެ ތަފާތު ގޮތްތައް ހުރެ އެވެ. މައުރޫފް ވިދާޅުވި ގޮތުގައި އޭގެ ތެރެއިން އެންމެ އުނދަގޫ ކަމަކީ އަސްލު އެއްޗެއް، ހާއްސަކޮށް އިމާރާތެއް، އޭގެ ގޮތުގައި ރައްކާތެރިކޮށް ދެމެހެއްޓުމެވެ. ރާއްޖޭގެ ތާރީހު ދައްކުވައިދޭ އިމާރާތްތަކާއި އާކިޓެކްޗަރަލް މަސައްކަތްތައް ދެމެހެއްޓުން ނިހާޔަތަށް މުހިއްމުކަން އޭނާ ފާހަގަކުރެއްވި އެވެ. 

މައުރޫފް ޖަމީލްގެ މައުރަޒު 'މޯލްޑިވިއަން ރިޒޯޓް އާކިޓެކްޗާ - އައިޑެންޓިޓީ، މެމަރީ އެންޑް ލެގަސީ' ގައުމީ އާޓް ގެލެރީގައި ކުރިއަށްދަނީ. (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)
މައުރޫފް ޖަމީލްގެ މައުރަޒު 'މޯލްޑިވިއަން ރިޒޯޓް އާކިޓެކްޗާ - އައިޑެންޓިޓީ، މެމަރީ އެންޑް ލެގަސީ' ގައުމީ އާޓް ގެލެރީގައި ކުރިއަށްދަނީ. (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

ރާއްޖޭގެ ޓުއަރިޒަމް ސިނާއަތަކީ ވަރަށް ފުޅާ ދާއިރާއެެކެވެ. އެ ދާއިރާގެ ތާރީހާއި މަސައްކަތްތެރިންނާއި ގުދުރަތީ ވަސީލަތްތަކާއި ކެއިންބުއިމާއި އިގްތިސޯދީ ފައިދާތަކުގެ އިތުރުން 'ވަން އައިލަންޑް ވަން ރިޒޯޓު'ގެ ކޮންސެޕްޓު ވެސް ދުނިޔެއަށް ފުރަތަމަ މަޝްހޫރު ކުރީ ރާއްޖެއިންނެވެ.

ރިޒޯޓެއް ބިނާ ކުރުމުގައި ގިނަ ކަންތައްތަކެއް އެކުލެވޭ އިރު އެ ރިޒޯޓެއްގެ އާކިޓެކްޗަރަލް މަސައްކަތަކީ ތާރީހު ދައްކުވައިދޭ އެއް ނިޝާނެވެ. ރިޒޯޓެއްގެ އާކިޓެކްޗާއިން ގިނަގުނަ ވާހަކަތަކެއް ކިޔައިދެ އެވެ. މިކަހަލަ ތަފްސީލީ މައުރަޒަކުން އަންނަން އޮތް ޖީލުތަކަށް ނިހާޔަތަށް ފައިދާ ކުރާނެ އެވެ. 

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް