އައިމިނަތު ނަޝީދާ- ނަޝީ ކޭކްސް

ލިވިން

އިންޑިއާގެ ކޭކް މުބާރާތެއްގައި ނަޝީދާ ވާދަކުރަނީ

އިންކްރެޑިބަލް އިންޑިއާ ކޭކް މެގަޒިންގެ ފަރާތުން ބާއްވާ އެވޯޑްގައި މިހާރު ވަނީ އާންމުންގެ ވޯޓަށް ހުޅުވާލާފައި
28 ނޮވެމްބަރު 2025

އިންކްރެޑިބަލް އިންޑިއާ ކޭކް މެގަޒިންގެ ފަރާތުން ބާއްވާ އިންޑިއާ އެންޑް އިންޓަނޭޝަނަލް ކޭކް އެވޯޑްސްގައި ނަޝީ ކޭކްސްގެ އައިމިނަތު ނަޝީދާ ވެސް ވާދަކުރެ އެވެ.

ނަޝީދާ އަޅާފައިވާ ކޭކެއް

ރާއްޖޭގެ އެންމެ ގިނަ ދުވަސްވީ އެއް ކޭކު ޑިޒައިނަރު އަދި އެންމެ މީރުކޮށް ބަޓާ ކޭކް އަޅާ އެކަކު ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ ނަޝީދާ މި ދާއިރާގައި މަސައްކަތްކުރަމުން އަންނަތާ 40 އަހަރު ވެއްޖެ އެވެ.

އަހަރަކު އެއް ފަހަރު ބާއްވާ މި އެވޯޑްގައި ނަޝީދާ ވާދަކުރަނީ ވެޑިން ކޭކް އިންޓަނޭޝަނަލް އާޓިސްޓްގެ ބައިގަ އެވެ.

ނަޝީ އިންޑއާގެ މި މުބާރާތުގައި ވާދަކުރަނީ ވެޑިން ކޭކް ކެޓަގަރީން

މި މުބާރާތުގައި އާއްމުކޮށް ހުޅުވާލައިގެން ވޯޓުލާން ވަނީ ހަމަޖެހިފަ އެވެ. އެގޮތުން 10 ޑިސެމްބަރުއާ ހަމައަށް ވޯޓުލެވޭނެ އެވެ.

ކޭކް އެޅުމާއި ޑިޒައިން ކުރުމުގެ އިތުރުން ކޭކް އެޅުމުގެ ކޯސްތައް ވެސް ނަޝީދާ ހިންގަ އެވެ.  އެގޮތުން އިނގިރޭސިވިލާތުގެ މަޖައްލާއެއް ކަމަށްވާ 'ޑިލިޝަސް'ގައި ނަޝީދާގެ ކޭކް ޑިޒައިންތަކާ ބެހޭ ޓިއުޓޯރިއަލްއެއް ވަނީ ހިމަނައިފަ އެވެ. އެ މަޖައްލާގެ މެއި 2023ގެ އަދަދުގެ ބޭރުގަނޑުގައި ވެސް އޭނާ ފީޗާކުރި އެވެ. 

ކޭކް އެޅުމުގެ ދާއިރާއިން ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ގިނަ އެވޯޑްތަކެއް މިހާރު ވެސް ނަޝީދާއަށް ލިބިފައިވެ އެވެ. އޭނާ އެދެނީ އިންޑިއާގެ އެވޯޑްގައި އޭނާއަށް އާންމުން ވޯޓު ދިނުމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް