އާ ޅެން ފޮތް ނެރުމުގެ ހަފުލާގައި މުހައްމަދު ފައިސަލް: މިފަހަރުގެ ގިނަ ޅެން ހެއްދެވީ ކޮވިޑް-19ގެ ދުވަސްވަރު

ލިވިން

'އިން ބިޓްވީން ޑްރީމްސް': ފައިސަލްގެ ދެވަނަ ޅެން ފޮތް

ޗައިނާގައި ހުންނަވާ ރާއްޖޭގެ ސަފީރުކަމުގެ މަގާމު ވެސް ފުރުއްވި މުހައްމަދު ފައިސަލްގެ އާ ޅެން ފޮތުގައި 70 އަށް ވުރެ ގިނަ ޅެން ހިމެނޭ
17 ސެޕްޓެމްބަރު 2025

އެއީ ޗައިނާގައި ހުންނަވާ ރާއްޖޭގެ ކުރީގެ ސަފީރެވެ. މިހާރު ވެސް މަސައްކަތްކުރައްވަނީ ފޮރިން މިނިސްޓްރީގަ އެވެ. އެކަމަކު ސްކޫލް ދައުރުން ފެށިގެން ވެސް އޭނާގެ ޝައުގުވެރިކަން ގުޅިފައި އޮތީ ޅެންވެރިކަމާ އެވެ.

މިދިއަ ހޮނިހިރުދުވަހު ނެރުނު 'އިން ބިޓްވީން ޑްރީމްސް' އަކީ މުހައްމަދު ފައިސަލްގެ ދެވަނަ ޅެން ފޮތެވެ. އެ ފޮތުގައި 70އަށް ވުރެ ގިނަ ޅެން ހިމެނޭއިރު އޭގެ ތެރެއިން ގިނަ ޅެންތައް ހެއްދެވީ ކޮވިޑް-19ގެ ދުވަސްވަރެވެ.

ޅެން ފޮތުގައި ފައިސަލް ސޮއިކުރައްވަނީ

އާ ޅެން ފޮތް ބަހާލައިފައި ވަނީ ހަތް ބަޔަކަށެވެ. ކޮންމެ ޅެމަކުން ވެސް ކިޔައިދެނީ ހަޔާތުގައި ކުރެވޭ އާދަޔާ ހިލާފު ހިތާމަ އާއި އުފާވެރިކަމާ ދެމެދު އުފެދޭ އިހްސާސްތަކެވެ. މިއިން ކޮންމެ ހިނދުކޮޅެއްގައި ވެސް މުހިއްމު ފިލާވަޅެއް ދަސްކޮށްދޭކަން ޅެންތަކުގައި ސިފަކުރެއްވި އެވެ. 

'އިން ބިޓްވީން ޑްރީމްސް' ހާއްސަކޮށްފައި ވަނީ ފައިސަލް ގާތް އެކުވެރިއެއް ކަމަށްވާ މަރުހޫމް މުރުތަލާ ހަމީދަށެވެ. މުރުތަލާއަކީ ފައިސަލްގެ އަވަަށްޓެރިއެކެވެ. އަދަބީ ކަންކަމުގައި، އިނގިރޭސި އާއި ދިވެހި ބަހުން ވެސް، ވަރަށް މަތީ ފެންވަރުގެ ވިސްނުން ގެންގުޅުއްވި ބޭފުޅެކެވެ.

ޅެން ފޮތް ނެރުމުގެ ހަފުލާގައި ފައިސަލް އާއި އޭނާގެ އާއިލާ
މި ޅެން ފޮތް ހަދިޔާކުރެއްވީ މިހާރު އަވަހާރަވެފައިވާ ގާތް ރަހުމަތްތެރިޔަކަށް

ފައިސަލް ގަބޫލުކުރައްވާ ގޮތުގައި އޭނާގެ މި އާ ޅެންތައް ކޮންމެ މީހަކަށް ވެސް އެ މީހެއްގެ އަމިއްލަ ދިރިއުޅުމާ ގުޅުވާލެވިދާނެ އެވެ. އެ ޅެންތަކުގައި ވަނީ އާދައިގެ ބަސްތަކެއް ފަށުވި ގެތުމަކުން ގަތާލައްވައިފަ އެވެ.

އާ ޅެން ފޮތް ނެރުމުގެ ހަފުލާގައި ފައިސަލް ވާހަކަ ދައްކަވަނީ

ފައިސަލްގެ ފުރަތަމަ ޅެން ފޮތް 'އެމްޓީ ވޯޑްސް: ޕޮއެމްސް ފްރޮމް ދަ ނައިންޓީސް' އަަށް ވެސް އިނގިރޭސި ޅެމަށް ލޯބިކުރާ މީހުންގެ ސަމާލުކަން ލިބުނެވެ. ބޭރުގެ އެކި ފަރާތްތަކުން ވެސް އޭގެ ބައެއް ޅެންތައް ބޭނުންކުރި އެވެ. 

ފައިސަލްގެ އާ ޅެންތަކަށް ވެސް ގިނަ ބައެއްގެ ލޯތްބާއި ޝައުގުވެރިކަން ދަމައިގަތުން ކައިރި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް