އުރީދޫ އަށް 20 އަހަރު ފުރުމާ ގުޅިގެން ނެރުނު އިޝްތިހާރުން ހަނދާންކޮށްދިނީ ގުޅުންތައް ދެމެހެއްޓުމަށް އަބަދުވެސް ގުޅައި ހާލު ބެލުމުގެ މުހިއްމުކަން.
ހީނަރުވަމުންދާ ގުޅުންތައް ބަދަހިކުރަން ހަނދާންކޮށްދިނީ އުރީދޫ
އުރީދޫގެ 20 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ދެއްކި އިޝްތިހާރަކުން ދިނީ މާނަ ފުން މެސެޖެކެވެ.
އަހަރެމެން ދިރިއުޅެނީ އަބަދުވެސް ގުޅިފައިވާ މުޖުތަމައުއެއްގަ އެވެ. އެކަމަކު އެކަނިވެރިކަން އިހްސާސް ކުރެވޭ މިންވަރު ބޮޑެވެ. ލޯބި ހާމަކޮށްދީ، އަނެކާއަކީ އެކަނިވެރިއެއް ނޫންކަން ބުނެދޭން، މުށުތެރޭގައި އޮންނަ ފޯނު ނުހަނު ފަސޭހައިން ބޭނުންކޮށްލެވެ އެވެ. އެކަމަކު ދުރުގައިވާ ލޯބިވާ މީހާ އެ ފޯނުން ގުޅާލާނެ ވަގުތުކޮޅަަކަށް އިންތިޒާރު ކުރަން ޖެހިފައިވާ މީހުން ގިނަ އެވެ.
ގުޅާލައި ހާލު ބަލާލުން މި ދަނީ މަދުވަމުންނެވެ. ވަކިން ހާއްސަކޮށް އާއިލާގެ އެންމެ ގާތް މީހުންނާ ވަކިން ދިރިއުޅޭ މީހުންގެ މެދުގައި މި އެކަނިވެރިކަން ބޮޑެވެ.
އުރީދޫއަށް 20 އަހަރު ފުރުމާ ގުޅުވައިގެން ސޯޝަލް މީޑީއާގައި ނެރުނު މި އިޝްތިހާރުގައި ދައްކަނީ މީގެ އަނެއް ކޮޅެވެ. ލޯބިން އުޅޭ އާއިލާއެެކެވެ. އެކަކު އަނެކެއްގެ މެދުގައި ގުޅުން ބަދަހިވަނީ ލޯބިން ކުރާ ކޯލްތަކާއި ފޮނުވާ މެސެޖުތަކުންނެވެ.
އިޝްތިހާރުގައި އަންހެނަކު އަތިރިިމަތީ ޖޯއްޔެއްގައި އިންނަ އިރު އޭނާގެ ހަނދާންތައް ގެެންދަނީ ޅަ ދުވަސްވަރަށެވެ. ފިރިމީހާ ރަށުން ބޭރުގައިި އުޅޭތީ އިހުސާސްކުރެވުނު އެކަނިވެރިކަމުގެ ހަނދާންތަކަށެވެ.
އެކަމަކު ފިރިމީހާ ޗުއްޓީއެއްގައި ރަށަށް އައިސް އޭނާއަަށް ދޭ މޮބައިލް ފޯނާ އެކު، ފިރިމީހާއާ ދުރުގައި އުޅޭކަން އިހްސާސް ނުކުރެވެނީ ފޯނުން އަބަދު ފިރިިމީހާއާ ގުޅިފައިވާތީ އެވެ. މެސެޖާއި ކޯލުތަކުންނެވެ.
ދެމަފިރިންގެ ދަރިފުޅު ބޮޑުވެ ކައިވެނިކުރާ އިރު ދެމަފިރިން ކައިވެނި ހަފްލާގައި ތިބޭ މަންޒަރު ދައްކާލަ އެވެ. އަދި އަންހެން މީހާ ބުނެލަ އެވެ. "އަނެއްކާވެސް އެކަނިވީ މި." ކައިރީގައި ހުރި ފިރިމީހާ ޖަވާބުގައި ފޯނުން ފޮނުވަނީ ތިމަންނަ ހުއްޓާ އެކަނިވެރިއެއް ނުވާނެއޭ ބުނެލާ މެސެޖެކެވެ.
ދެން ދައްކަނީ އަނެއްކާވެސް ބަނދަރުމަތީގައި އިން އަންހެން މީހާ އެވެ. އަސްލު އަންހެން މީހާ އެތާ އިނީ އޭނާގެ ދަރިފުޅާއި މާމަ ދަރިފުޅާ އެކުގަ އެވެ. ދަރިފުޅުގެ ފިރިމީހާ ރަށަށް އަންނާތީ އޭނާ ބަލާ ގޮހެވެ. ދުރުގައި ހުރެފައި ދަނބިދަރިފުޅު އައިސް ކުޑަކުޑަ އާއިލާ ގައިގައި ބައްދާލަ އެވެ. ދަރިފުޅު ފެނުމުން މަންމަ ހާދަ އުފާވެއޭ އަންހެން މީހާ ބުނެ އެވެ.
"ހަޔާތަކީ ވަގުތީ އެއްޗެއް ކަމުގައިވީ ނަމަވެސް ހަޔާތުގެ މުހިއްމު ހިނދުކޮޅުތައް ހިތުގައި ދެމިގެންދޭ. ކޮންމެ ފޯނު ކޯލެއް، ކޮންމެ މެސެޖެއް އަދި ކޮންމެ ގުޅުމެއް ވެސް ލޯތްބެކޭ އެއްފަދައިން ދެމިގެންދޭ،" އިޝްތިހާރުގައި ބުނެ އެވެ.
ނިންމާލާ އިރު، ފިރިމީހާ ގާތުގައި ނެތަސް ދައްކާލަނީ އެ މީހުންގެ މެދުގައި އޮތް ލޯބީގެ ސަބަބުން އޭނާ ހުންނަނީ ހަޔާތާ މެދު ހިތްހަމަޖެހިގެން ކަމުގަ އެވެ. ފިރިމީހާ އޭނާއަށް އޭރު ދިން ފޯނު މުށުތެރޭގައި އަދިވެސް އޮވެ އެވެ.
މި އިޝްތިހާރުން އަހަރުމެންގެ މިހާރުގެ މުުޖުތަމައުއަަށް ހަނދާންކޮށްދެނީ އުފާވެރި ފުރިހަމަ ހަޔާތެއް ހޭދަ ކުރެވެނީ އެކަކު އަނެކަކާ ބާއްވާ ގުޅުމުން ކަމެވެ. މިއީ ގިނަ ބަޔަކަށް ކަމުދިޔަ އަދި ހިތާ ކުޅެލި އިޝްތިހާރެކެވެ.
ކޮމެންޓް (1)
ހަމްދޫ