ބިންސޫ: ކޮރެއާގެ އުފެއްދުމެއް

ފުޑް

ބިންސޫ: ކޮރެއާގެ މި ރަހައިން މެއަށް ފިނިކަން

ރައްޓެހިންނާ އެކު ބިންސޫއެއް ކާލަން ދިއުމަކީ މިހާރު މާލޭގައި އެންމެ ހިނގާ އެއް ކަންތައް
3 އޯގަސްޓު 2025
1

ބިންސޫ ކޮރެއާގެ މީރު ފޮނި ރަހަަ އެންމެ ފަހުން ރާއްޖޭގެ ތޮށިގަނޑުން އެތެރެވެެއްޖެ އެވެ.

ބިންސޫއަކީ އަސްލު ކޯއްޗެއް ހެއްޔެވެ؟ އައިސް ކްރީމެއްގެ ގޮތްގަނޑު މީގައި ހުއްޓަސް މިއީ އަސްލު އައިސް ކްރީމެއް ނޫނެވެ.

ބިންސޫ އަކީ ކޮރެއާގެ އުފެއްދުމެކެވެ. މީތި ތައްޔާރުކޮށްފައި ހުންނަނީ ބޯތައްޓެއްގައި އުސްތުނބަށެވެ. މީގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ޝޭވްޑް އައިސް އާއި ކިރާއި ކޮންމެވެސް ފްލޭވާއެއްގެ ޓޮޕިންއެކެވެ.

ޗޮކްލެޓް، ތައިލެންޑްގެ މީރު ރަހައެއް ކަމުގައިވާ މެންގޯ ސްޓިކީ ރައީސް، މަޗާ، ސްޓްރޯބެރީ އެންޑް ކްރީމް ކަހަލަ ފްލޭވާތަކުގެ ބިންސޫ ހަދާފައި ހުރެ އެވެ.

ބިންސޫ ތައްޔާރުކުރުމަށް ކިރު އަޅައިގެން އައިސްގައި ރަހަ ލައްވަނީ އޭގައި ބޭނުން ކުރާ ޓޮޕިން އިން

ޝޭވްޑް އައިސް މީގައި ހިމެނޭތީ ކާލާ އިރު ކުރެވެނީ ސްނޯކޮޅެއް ކާލާކަމުގެ އިހްސާސެވެ. އަނގަޔަށް ވިރިގެންގޮސް މެޔަށް ފިނިކޮށްދެ އެވެ. އައިސް ކްރީމެއް ކާލުމުގެ ހިތްހަމަޖެހުން ލިބެ އެވެ. 

ޕޯޝަން ސައިޒް އެއް ބަޔަކަށް ތަންކޮޅެއް ބޮޑު ވެދާނެ އެވެ. އެކަމަކު ފޮނިއެއްޗެހި ކާހިތްވާ ބައެއް މީހުންނަށް މީތި ހަމަ ހެޔޮވަރެވެ.

މާލޭގެ ލޮނުޒިޔާރަތްމަގުގައި ހުންނަ ލޯންގް ބީޗް ކެފޭގައި މި ޑިޒާޓް މަގުބޫލެވެ. ގުރޫޕް ހަދާފައި ގޮސް އެންމެން ކަނީ މި އެވެ.

ބިންސޫ ދިވެހިންގެ ތެރޭގައި މަގުބޫލުކަން ހޯދައިގެން އުޅޭ ސަބަބެއް އެބައޮތެވެ. އެއް ކަމަކީ ކޮރެއާގެ ސަގާފަތްތައް މުޅި ދުނިޔެއަށް ހަލުވިކޮށް ފެތުރެމުންދާ ގޮތަށް ދިވެހިރާއްޖެއަށް ވެސް އެތެރެވަމުންދާތީ އެވެ. ކޮރެއާ ޑްރާމާ، ކޭ-ޕޮޕް، ކޮރެއާގެ ކާނާ އަދި ރަހަތައް ދިވެހިން ވެސް އަޖުމަ ބަލާހިތްވެ އެވެ. މީގެ އިތުރުން މިއީ ވަރަށް އެސްތެޓިކް ޑިޒާޓެކެވެ. އިންސްޓަގްރާމް ފީޑަށް ރީއްޗެވެ.

ރައްޓެހިންނާ އެކު ބިންސޫއެއް ކާލަން ދިއުމަކީ މިހާރު މާލޭގައި އެންމެ ހިނގާ އެއް ކަންތައް

އަނެއް ކަމަކީ ދިވެހިންގެ ތެރޭގައި ފުޑީސް އިތުރުވުމެވެ. އައު ކެއުންތަކާއި ރަހަތައް ތައާރަފުވެ އެ ރަހަތައް އަޖުމަބަލާ ހިތްވާ މީހުން ގިނައީ އެވެ.

ކޮންމެ ސަބަބާކާ ހެދި ނަމަވެސް ބިންސޫ މިއީ ހަމަ ޓްރައިކޮށްނުލާ ދޫކޮށްލާ ވަރު އެއްޗެއް ނޫނެވެ.


ކޮމެންޓް (1)

ހަމްދު

4 އޯގަސްޓު 2025
ހަމައެކަނި ގުރޫޕް ހަދާފައެއްނޫން. އެކަނިވެސް މިހާރު ތި ބިންސޫ އަކާއި ދިމާލަށް އެބަދެވޭ.
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް