ދުވާލު ވަގުތަށް ރައިދާގެ މި މޭކަޕް ވަރަށް ނަލަ
އޮފީހަށް ނުވަތަ ކޮފީއަކަށް ވިއަސް ރައިދާގެ މި މޭކަޕް އަކީ ކޮންމެ ހަފްލާއަކަށް އެކަށީގެންވާ ސްޓައިލްއެއް
14 އޭޕްރީލު 2025
މޭކަޕް ކުރުމުގެ އެކި ގޮތްގޮތް މިހާ ގިނަ ޒަމާނެއްގައި ވެސް ފެންނަ 'ކްލެސިކް' އެއް ސްޓައިލްއަކީ 'ނެޗުރަލް' އަދި ގޮތްބޮޑު ނޫން މޭކަޕެވެ. މިއީ ކޮންމެ މުނާސަބަތަކަށް އަދި ކޮންމެ ހެދުމަކާ ވެސް ގުޅުވާލެވޭ ލުކްއެކެވެ. މަޝްހޫރު މޭކަޕް އާޓިސްޓު އައިޝަތު ރައިދާ އިބްރާހިމް މި ވީޑިއޯގައި ވަރަށް ހިތްގައިމު މޭކަޕެއް ފަސޭހައިން ކުރާނެ ގޮތް ދައްކާލަ އެވެ.
ރާއްޖޭގެ ބިއުޓީ ދާއިރާގައި 10 އަހަރުގެ ތަޖުރިބާ ހުރި ރައިދާ މި ވީޑޯގައި ދައްކައިދެނީ ދުވާލުގެ ހަފްލާއަކަށް މޭކަޕް ކޮށްލާނެ ގޮތެވެ. މިއީ މިނަށްވުރެން ގޮތް ބޮޑު ނޫން އަދި މީހާގެ އަސްލު ސިފަ ނުގެއްލޭނެ ސްޓައިލްއެކެވެ.
ލައިފްސްޓައިލް ޝޮޕްގެ ޕްރޮޑަކްޓްތައް ބޭނުންކޮށްގެން ކުރާ މި މޭކަޕް އޮފީހަށް ނުވަތަ ކޮފީއަކަށް ދާން ވެސް ވަރަށް މުނާސަބެވެ.