ފުޖީފިލްމުން އަލަށް ތައާރަފު ކުރާ ފުޖީފިލްމް ޖީއެފްއެކްސް 100 އާރްއެފްއަކީ މީޑިއަމް ފޯމެޓް ފޮޓޯގްރަފީއަށް އިންގިލާބީ ބަދަލެއް ގެންނާނެ ކެމެރާއެއް
ގިނަ ބަޔަކު އިންތިޒާރު ކުރަމުން އައި ފުޖީފިލްމުގެ ވަރުގަދަ ލުއި ކެމެރާ އަންނަ މަހު ނެރެނީ
ފުޖީފިލްމުން އަލަށް ތައާރަފު ކުރާ ފުޖީފިލްމް ޖީއެފްއެކްސް 100 އާރްއެފްއަކީ މީޑިއަމް ފޯމެޓް ފޮޓޯގްރަފީއަށް އިންގިލާބީ ބަދަލެއް ގެންނަ މޮޅު ކެމެރާއެކެވެ. 'އަލްޓްރާ ލައިޓްވެއިޓް' އަދި 'ކޮމްޕެކްޓް ބޮޑީ'އެއްގެ މި ކެމެރާގައި 102 މެގަޕިކްސެލްގެ ބާރުގަދަ ސެންސަރެއް ހިމެނެ އެވެ. ޕްރޮފެޝަނަލް ފޮޓޯގްރަފަރަކަށް ވިޔަސް ނުވަތަ ފޮޓޯގްރަފީއަށް ޝައުގު ހުންނަ މީހެއް ކަމުގައިވިއަސް މި ކެމެރާ ބޭނުންތެރިވާނެ އެވެ.
ފުޖީފިލްމް ޖީއެފްއެކްސް 100 އާރް އެފްގެގެ މައިގަނޑު ސިފަތަކުގެ ތެރޭގައި:
-
102 މެގަޕިކްސެލް މީޑިއަމް ފޯމެޓް ސެންސަރެއް ހުރެ އެވެ. އަދި ކޮންމެ ޑީޓެއިލްއެއް ސާފުކޮށް ނަގައިދެ އެވެ.
-
ފިކްސްޑް 35 އެމްއެމް އެފް/4 ލެންސްއަކާއި 28 މިލިމީޓަރުގެ ފުލް ފްރޭމްގެ ސަބަބުން ސާފު، 'ޑިސްޓޯޝަން ފްރީ' ފޮޓޯތަކެއް ލިބޭނެ އެވެ.
-
ބަރުދަނުގައި އެންމެ 735 ގްރާމާ އެކު މި ކެމެރާ ކުޑަވެފައި ލުޔެވެ. މިއީ މީޑިއަމް ފޯމެޓްގެ އެންމެ ލުއި ކެމެރާ އެވެ.
-
'އެޑްވާންސްޑް އޭއައި އޮޓޯފޯކަސް' ހިމެނޭ މި ކެމެރާއިން ސަބްޖެކްޓް އަވަހަށް އަދި ފަސޭހަކަމާ އެކު ޓްރެކްކޮށް ފޮޓޯ ނަގައިދެ އެވެ.
-
ފުޖީފިލްމް ޖީއެފްއެކްސް 100 އާރްއެފްގައި ނުވަ ވައްތަރެއްގެ އެސްޕެކްޓް ރޭޝިއޯ ޑަޔަލް ދެމެދު ބަދަލުކޮށްލެވޭނެ އެވެ.
-
ކެމެރާގައި ހިމެނޭ '5-އެކްސިސް އައިބީއައިއެސް ސްޓެބިލައިޒޭޝަން'ގެ ސަަބަބުން އެންމެ ހަލަބޮލި އަދި އުނދަގޫ ހާލަތުތަކުގައި ވެސް ޝޮޓް އެއްވަރަށް 'ސްޓެޑީ'ކޮށް ނަގާލެވޭނެ އެވެ.
ފުޖީފިލްމް ޖީއެފްއެކްސް 100 އާރްއެފް އިންގިލާބީ ކެމެރާއަކަށް ވަނީ ކިހިނެއް؟
އާންމުކޮށް ލިބެން ހުންނަ މީޑިއަމް ފޯމެޓް ކެމެރާތަކާ ހިލާފަށް ފުޖީފިލްމް ޖީއެފްއެކްސް 100އާރްއެފް އަކީ އަތަށް ލުއި، ފަސޭހައިން ގެންގުޅެވޭ ޕްރޮފެޝަނަލް ލެވެލް އިމޭޖް ކޮލިޓީ ފޯރުކޮށްދެ ކެމެރާއެކެވެ.
ފުޖީފިލްމްގެ 'ލެޖެންޑަރީ' ކުލަތައް ކެމެރާއިން ސީދާ ލިބެ އެވެ. ކޮލިޓީކޮށް، ހިތްގައިމު 'ކޮންޓްރާސްޓް' އަދި 'ޑައިނަމިކް ރޭންޖް'އެއް ލިބެ އެވެ.
މީގެ އިތުރުން މިއީ ޕްރޮފެޝަނަލް ފޮޓޯގްރަފަރުންނަށާއި ފަންނުވެރި މަސައްކަތް ކުރާ މީހުންނަށް ވެސް ވަރަށް އެކަށީގެންވާ ކެމެރާއެކެވެ. ވެޑިން ފޮޓޯގްރާފަރުންނާއި ޑޮކިއުމެންޓްރީ ޝޫޓު ކުރާ މީހުން އަދި މަތީ ފެންވަރުގެ 'އިމޭޖް ކޮލިޓީ' ހޯދަން މަސައްކަތް ކުރާ ފައިން އާޓް ފޮޓޯގްރާފަރުންނަށް މި ކެމެރާ ވަރަށް އެކަށީގެންވެ އެވެ.
ފުޖީފިލްމް ޖީއެފްއެކްސް 100 އާރްއެފް އަކީ 'ސްޓްރީޓް ފޮޓޯގްރަފީ،' 'ޓްރެވަލް' އަދި 'ލޭންޑްސްކޭޕްސް' ފޮޓޯގްރަފީއަށް ވެސް ވަރަށް ފައްކާ ކެމެރާއެކެވެ.
ފުޖީފިލްމްގެ މި ކެމެރާއަކީ ފާއިތުވި އަހަރުތަކުގައި ނެރުނު ބާވަތްތަކާ އަޅާބަލާ އިރު މިހާތަނަށް ނެރޭ އެންމެ ހިތްގައިމު ކެމެރާ އެވެ. ކޮންމެ ވައްތަރެއްގެ ފަންނުވެރި މަސައްކަތެއް ކުރާ މީހަކަށް ވެސް މި ކެމެރާ ވަރަށް އެކަށީގެންވެ އެވެ.
ފުޖީފިލްމް ޖީއެފްއެކްސް 100 އާރްއެފް އަންނަ މަހު ބައިނަލްއަގްވާމީ ގޮތުން ގަންނަން ލިބެން ހުންނާނެ އެވެ.